ޚަބަރު

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމަށް ޑިމޮކްރެޓްސްގެ އަލީ އާޒިމް ކުރިމަތި ލައްވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމަށް ދަ ޑިމޮކްރެޓްސްގެ ފަރާތުން, އަލީ އާޒިމް ކުރިމަތި ލައްވައިފިއެވެ.

Ads by STELCO

މަޖިލީހުގެ ރައީސްކަމަށް ކުރިމަތިލައްވާފައިވަނީ އާޒިމްގެ އިތުރުން, އެމްޑީޕީގެ ފަރާތުން އަސްލަމެވެ.

މަޖިލީހުގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެމަނިކުފާނު އިސްތިއުފާ ދެއްވާފައިވަނީ އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ދެފަހަރެއްގެ މަތިން ވައްދާފައިވަނިކޮށެވެ.

މަޖިލީސް މިހާރު އެކުލެވިގެންވާ ގޮތަށް ބަލާއިރު, އެމްޑީޕީގެ ސުޕަ މެޖޯރިޓީ އެބައޮތެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!