Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އެމްޑީޕީގެ ރައީސް ކަމަށް އަލްހާން ކުރިމަތިލައްވަނީ

އެމްޑީޕީގެ ރައީސް ކަމަށް އަލްހާން ކުރިމަތިލައްވަނީ

އެމްޑީޕީގެ ރައީސް ކަމަށް އެޕާޓީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ކުރިމަތިލައްވަން ގަސްތުކުރައްވާކަން ހާމަކުރައްވައިފިއެވެ.

"އެކްސް"ގައި އަލްހާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ ހުސްވެފައިވާ ޕާޓީގެ ރައީސް ކަމުގެ މަޤާމަށް ކުރިމަތިލާން ގަސްތުކޮށްފައިވާ ކަމަށެވެ. މިކަމާއި ގުޅޭ އިތުރު ތަފްސީލެއް އަލްހާނެ ދީފައި ނުވެއެވެ.

https://twitter.com/alhanfahmy/status/1724283454697709584?s=61&t=2K4YfqQMJ9sOSJ6Aon__0A

Advertisement
Allied — Dhen Online (box)

ގިނަ ދުވަސްތަކެއް އެމްޑީޕީއާއި ދުރުގައި ހުންނެވުމަށްފަހު އަލްހާން އަލުން އެމްޑީޕީއާއި ގުޅިވަޑައިގެންނެވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައިއެވެ.

އަލްހާން އެމްޑީޕީން ވަކިވީ ރައީސް ނަޝީދު ވެރިކަމުގައި އެމްޑީޕީ ރިޕޯމް ކުރުމަށް ކުރި މަސައްކަތްތަކުގަ އުފެދުނު ހަމަނުޖެހުންތަކެއްގައެވެ.

އަލްހާން އެންމެ ފުރަތަމަ މަސައްކަތްކުރީ ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް އުފެއްދެވި ޑީއާރުޕީގައެވެ. އޭގެ ފަހުން އެމްޑީޕީ، ޖުމްހޫރީ ޕާޓީ އަދި ޕީޕީއެމްގައި ވެސް އަލްހާން މަަސައްކަތް ކުރިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް