ޑރ. މުޢިއްޒު ހުވާ ކުރައްވާތީ މާދަމާ ރޭ މާލޭގައި ހަވާ އަރުވަނީ
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާތީ މާދަމާ ރޭ ހަވާ އަރުވަން ނިންމައިފިއެވެ.
މުއިއްޒު ހުވާ ކުރެއްވުމާ ގުޅިގެން ހަވާ އެރުވުމަށް ހަމަޖެހިފައި ވަނީ މާދަމާ ރޭ 21:00 ގައި އިއްޒުއްދީން ޖެޓީ އާއި ދިމާލުންނެވެ.
އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އިންތިޚާބީ ނައިބްރައީސް ހުސައިން މުޙައްމަދު ލަޠީފް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިތުމަށްޓަކައި އަވަށްޓެރި ޤައުމުތަކަށާއި، ރާއްޖެއާ ގުޅުން އޮންނަ އެކި ޤައުމުތަކަށް ވަނީ ދައުވަތު ފޮނުވާފައެވެ.
އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރެއްވުމުގެ ޖަލްސާ އޮންނާނީ މާދަމާ ހަވީރު 16:45 ގައި ޖުމްހޫރީ މައިދާނުގައެވެ. ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ޖުމްހޫރީ މައިދާން ތައްޔާރުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
ބޭރު ގައުމު ތަކަށް ދައްކަންތޭ ރާއްޖޭގެ ރައްޔިތުން ރައީސް މީހާ ހޮވަނީ ބޮޑު ނާޗަރަނގީ އެއް ކުޅޭ ގޮތަށް ދެއްކުންތެރިކަން ކުރިއަށް ނެރެގެން ދައުލަތުގެ ބަޖެޓުން 200 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތިކަން ކުރާއިރު އިސްލާމީ މަރުކަޒު ބުޑުގައި ބޯވައެއް އޮންނަ ހެން އެތިބެނީ ސަލާމް ޖަހާ ޕާރޓޭން މިކަން މުއިއްޒު އަށް ބޭރުމީހުން ނަށް ފޮރުވަން ބޭނުމެއް ނޫން އެކަމަކު ހުވާ ކުރާ ރަސްމިއްޔާތު މިނިވަން ދުވަހުގެ ރަސްމިއްޔާތަށް ވުރެން ޚަރަދު ބޮޑުކޮށް ގެންދިއުމުގެ
ފަލަސްތީނު ރައްޔިތުން އެމެރިކާ އާެއި އިޒްރޭލު ވެގެން މަރަމުންދަނީ މިގައުމުގެ ހާކިމާ އެމެރިކާ އާއި އިންޑިއާ ބޮޑުން ތައް ދައުލަތުގެ ބަޖެޓުން ބޮޑެތި ޚަރަދުކޮށްގެން ނާޗަރަނގީ ތަޅަނީ ހުވާ ކުރަން ނަމުގައި ވަރަށް ރަނގަޅު މުސްލިމުންގެ ބަދަހި ކަމަށް އެގައުމުތަކުގެ ބޮޑުން ދެނީ ބީރުކަންފަތެއް މިވަރަށް މުނާފިޤު ވެވޭނީދޯ..