Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އައު ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ވަޒީރުން މިރޭ ހުވާ ކުރައްވާނެ

އައު ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ވަޒީރުން މިރޭ ހުވާ ކުރައްވާނެ
އިންތިޚާބީ ރައީސް ޑރ. މުއިއްޒުގެ ކެބިނެޓް މިރޭ ހުވާކުރައްވާގޮތަށް ހަމަޖެހިއްޖެއެވެ. މިކަން އިންތިޚާބީ ރައީސްގެ އޮފީހުން ވަނީ ކަށަވަރުވެސް ކޮށްދީފައެވެ. މިރޭ އިންތިޚާބީ ރައީސްގެ ކެބިނެޓް ހުވާކުރައްވާ، ފަތްކޮޅު ހަވާލުކުރުމަށް ހަމަޖެހިފައިވާއިރު، މިއަދު ހަވީރު އިންތިޚާބީ ރައީސްއާއި އިންތިޚާބީ ނައިބު ރައީސް ހުވާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޑރ. މުއިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވަނީ 22 މިނިސްޓްރީއެވެ. އެ މިނިސްޓްރީތަކާއި، އައްޔަން ކުރެވޭ ވަޒީރުން ތިރީގައި މިވަނީއެވެ.
  • އިކޮނިމިކް މިނިސްޓްރީ: މުހައްމަދު ސައީދު
  • ޓޫރިޒަމް މިނިސްޓްރީ: އިބްރާހިމް ފައިސަލް ހައުސިން މިނިސްޓަރު: ޑރ. ހައިދަރު އަހުމަދު
  • ހެލްތު މިނިސްޓަރު: ޑރ. އަބްދުﷲ ހަލީލް
  • އެޑިއުކޭޝަން މިނިސްޓަރު: ޑރ. އިސްމާއިލް ޝަފީއު ޕްލޭނިން އެންޑް އެންވަޔަރަމަންޓް މިނިސްޓްރީ: ތޯރިގު އިބްރާހިމް
  • ޖެންޑާ މިނިސްޓްރީ: ޑރ. އައިޝަތު ޝިހާމް ޓްރާންސްޕޯޓް މިނިސްޓްރީ: މުހައްމަދު އަމީން (ކެޕްޓަން އަމީން)
  • ފޮރިން މިނިސްޓްރީ: މޫސާ ޒަމީރު
  • ޑިފެންސް މިނިސްޓްރީ: ގައްސާން މައުމޫން
  • ލޯކަލް ގަވަރުނަންސް މިނިސްޓްރީ: އާދަމް ޝަރީފް އުމަރު
  • ފިޝަރީޒް މިނިސްޓަރު: އަހުމަދު ޝިޔާމް
  • ހޯމް މިނިސްޓަރު: ޑރ. އަލީ އިހުސާން
  • ހަޔާ އެޑިއުކޭޝަން މިނިސްޓަރު: ޑރ. މަރިޔަމް މާރިޔާ
  • އިސްލާމިކް މިނިސްޓަރު: ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
  • ސްޕޯޓްސް މިނިސްޓަރު: ޑރ. އަބްދުﷲ ރާފިއު
  • ފިނޭންސް މިނިސްޓަރު: ޑރ. މުހައްމަދު ޝަފީގު.
  • ގައުމިއްޔަތު މިނިސްޓްރީ: އާދަމް ނަސީރު އިބްރާހިމް
  • ޔޫތު އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ: އިބްރާހިމް ވަހީދު (އަސްވާޑު)
  • އެގްރިކަލްޗަރަލް މިނިސްޓްރީ: ޑރ. އައިޝަތު ރަމީލާ
  • އިންފްރާންސްޓެކްޗާ އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީ: ޑރ. އަބްދުﷲ މުއްތަލިބު
ޑރ. މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ ކެބިނެޓްގައާއި ކުންފުނިތަކުގައި ތިއްބަވާނީ އެމަނިކުފާނުގެ ބަސްވިކޭ ބޭފުޅުން ކަމުގައެވެ. އަދި އެހެން މީހަކު ބުނުމުން އެގޮތަށް އަމަލުކުރާނެ މީހަކު ކުންފުނިތަކަށް ނުލައްވާނެ ކަމުގައިވެސް މުއިއްޒު ވިދާޅުވެފައި ވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް