ޚަބަރު

ޕީޕީއެމްގެ ތަރުޖަމާނު ކަމުން އިސްތިއުފާ ދިން ވާހަކަ ހީނާ ދޮގުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ މަޢުލޫމާތު ދެއްވަނީ. ފޮޓޯ: ޕީޕީއެމް

ޕީޕީއެމްގެ ތަރުޖަމާނު ކަމުން ހީނާ ވަލީދު އިސްތިއުފާ ދެއްވާފައިވާ ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގުކުރައްވައިފިއެވެ.

ޕީޕީއެމްގެ ރައީސް, ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ޕާޓީ ހިންގުމަށް އެކުލަވާލާފައިވާ ވަގުތީ ސްޓިއަރިން ކޮމިޓީ ކަމަށް ބުނެ ޕީޕީއެމް އޮފީހުގައި މިރޭ ވަނީ ނޫސްވެރިންގެ ބައްދަލުވެއް ބާއްވާފައެވެ. އެއީ ރައީސް  ޔާމީންގެ ފަރާތްޕުޅުން ހާއްސަ މެސެޖުތަކެއް ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް ކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ.

ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންވެރިންގެ ބައްދަލުވުމެއްގައި ހީނާ އިސްތިއުފާ ދެއްވި ކަމަށް ވިދާޅުފައިވަނީ, ރައީސް ވަހީދުގެ ސަރުކާރުގައި ރައީސް އޮފީހުގެ ތަރުޖަމާނަކަށް ހުންނެވި އައްބާސް އާދިލް ރިޒާއެވެ.

"ތިބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ ތަރުޖަމާނު ހީނާ އިސްތިއުފާދެއްވާފައިވާކަން" އައްބާސް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ޕީޕީއެމްގެ ވަޓްސްއެޕް ގްރޫޕްގައި ސުވާލުކުރުމުން ހީނާ ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ. އަދި އެހެން ވިދާޅުވީ ކާކުތޯ ވަނީ އައްސަވާފައެވެ.

މިރޭގެ ނޫސްވެރީންގެ ބައްދަލްވުން ބޭއްވީ ޕީޕީއެމްގެ އެންމެ އިސް ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންތަކެއް ނޫނެވެ.

Ads by Allied Insurance
  1. ހަރާމްކޯރުންނޭ

    ރައީސް ޔާމީން ޒިންދާބާދު 2028 ޒިންދާބާދު މަޖްލީހަށް ޕީޕީއެމްއިން ކުރިމަތިލާނީ ވަކިންނޭ ހެވޭއެންމެ ގޮނޑި އެއް ނުލިބުނަސް އެއިރަށް އިނގޭނެއޭ ޕީޕީއެމް އަށް ވަފާތެރިން ދެން މުއިއްޒު އެމެން ނަށް ރިޝްވަތު ދީގެން ޕީއެންސީ އަށް ގެންގޮސްފިނަމަ ދެން މުއިއްޒު އަށް ހުންނާނީ ދެވަނަ ދައުރު ކަށަވަރުގެ ދެވަނަ ދައުރު ގިރައިގެން ބޮވިފައޭ ޕީޕީއެމް އިން ކެނެރީގެ ނަޝީދު އެއީ ސިންގާ އެއް އޭނާ ފުއްލާ އަކަށް ބަދަލު ކޮށް މިނިކާވަގަށް ކާންދިނީ ދެން މުއިއްޒު ކުޑަކުއްޖެކޭދޯ މުއިއްޒު ވަނީ ޕީޕީއެމް އަށް ހަރާމްކޯރުވެ ބަތާހަރާމީވެފައޭ މުއިއްޒު ވަނީ ޕީޕީއެމް އަށް ހަރާމްކޯރުވެ ބަތާހަރާމީވެފައޭ މުއިއްޒު ވަނީ ޕީޕީއެމް އަށް ހަރާމްކޯރުވެ ބަތާހަރާމީވެފައޭ މުއިއްޒު ވަނީ ޕީޕީއެމް އަށް ހަރާމްކޯރުވެ ބަތާހަރާމީވެފައޭ މުއިއްޒު ވަނީ ޕީޕީއެމް އަށް ހަރާމްކޯރުވެ ބަތާހަރާމީވެފައޭ މުއިއްޒު ވަނީ ޕީޕީއެމް އަށް ހަރާމްކޯރުވެ ބަތާހަރާމީވެފައޭ މުއިއްޒު ވަނީ ޕީޕީއެމް އަށް ހަރާމްކޯރުވެ ބަތާހަރާމީވެފައޭ