ޚަބަރު

ރައީސް ޑރ. މުޢިއްޒު ހުންނެވީ ޢަބްދުއްރަޙީމްގެ އަތްދަށުވެފައި: ޑރ. ޖަމީލް

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުންނެވީ އެމަނިކުފާނުގެ ސްޕެޝަލް އެޑްވައިޒަރުކަމުގެ މަޤާމުގައި ހުންނެވި ޢަބްދުއްރަޙީމްގެ އަތްދަށުވެފައިކަމަށާއި ރައީސް މުޢިއްޒު ހުންނެވީ "ޖާހިލެއްގެ" ދަށުވެފައިކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

Ads by MWSC

އޮންލައިން ނޫހެއްކަމަށްވާ "އަދަދު" ގެ  އެތެރެފުށް ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޖަމީލް ވިދާޅުވީ، އިންސާނަކަށް ދުނިޔެ މަތީގައި ހެދޭނެ އެންމެ ބޮޑު ގޯހަކީ "ޖާހިލެއްގެ" އަތްދަށުވުން ކަމަށާއި، ޢިލްމާއި ޙިލްމަކީ ދެ އެއްޗެއް ކަމަށެވެ. ނަމަވެސް އެ ޢިލްމެއް ލިބި ކިޔަވައިގެން ހުރި މީހަކު ވިޔަސް ނުވަތަ ނުކިޔަވާ ހުރި މީހަކުވިޔަސް ޖާހިލެއްގެ އަތްދަށުވުން އެއީ އެމީހަކަށް ހެދޭނެ އެންމެ ބޮޑު ގޯސް ކަމަށް ޖަމީލް ވިދާޅުވިއެވެ.

"ކިޔަވައިގެން ހުރި މީހަކަށްވިޔަސް ހެދޭނެ އެންމެ ބޮޑު މިސްޓޭކަކީ ޖާހިލެއްގެ އަތް ދަށުވުން، އިނގޭތޯ، ޖާހިލެއްގެ އަތްދަށުވުން، ޖާހިލެއްގެ އަތްދަށުވުމަށްވުރެ ބޮޑު ގޯހެއް އިންސާނެއް ނުކުރާނެ،" ޖަމީލު ވިދާޅުވި އެވެ.

ޢަބްދުއްރަޙީމްއަށް ފާޑުވިދާޅުވަމުން ޖަމީލް ވިދާޅުވީ، ރައީސް ޑރ. މުޢިއްޒު ވެރިކަމަށް ގެންނަން އެންމެ ބޮޑަށް މަސައްކަތްކުރެއްވި ބޭފުޅުންގެ ތެރޭގައި ޢަބްދުއްރަޙީމް ހިމެނޭނެކަމަށާއި، ރައީސް ޑރ. މުޢިއްޒުގެ ކެމްޕޭންތައް ކުރިއަށް ގެންދެވީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެންކަމަށެވެ.

ނަމަވެސް ވެރިކަން ލިބިވަޑައިގެންނެވުމާއެކު ރައީސް ޔާމީންއަކީ ނެތް ބޭފުޅަކަށް އެ ލީޑަރޝިޕުން ހަދާފައިވާކަމަށް ޖަމީލް ވިދާޅުވިއެވެ. މި ސަރުކާރުން ވެރިކަމަށް އައުމަށް ކެމްޕޭންކޮށް މަސައްކަތްތައް ކުރަމުންދިޔައީ ރައީސް ޔާމީންއަކީ އެންމެ އިސް ލީޑަރުކަމަށް ދެކިގެން ކަމަށްވާއިރު، އޭރު ރައީސް ޔާމީން ޖަލުގައި ހުންނެވުމުން، އިންތިޚާބުގައި ބައިވެރިވެވަޑައިގަންނަވަން ޤާނޫނީ ހުރަހެއް އޮތްކަމަަށް އެބޭފުޅުންނަށް ފެނިވަޑައިނުގެންނެވިކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.

އަދި ހަމައެއާއެކު، ޤާނޫނީ ގޮތުން ރައީސް ޔާމީން އަށް ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަމުގެ ވާހަކަ ދައްކަވަން އޭރު އެއްވެސް ބޭފުޅަކަށް ކެރިވަޑައިގެން ނުގެންނެވި ކަމަށް ފާހަގަކުރައްވަމުން ޖަމީލް ވިދާޅުވީ ވެރިކަން ލިބިވަޑައިގަތުމާއެކު އެބޭފުޅުންގެ ކުލަ ބަދަލުވެއްޖެކަމަށާއި އެއީ ރައީސް ޔާމީން އަށް ބޭވަފާތެރިވުންކަމަށެވެ.

"އެކަމަކު ބައްލަވާ އިނގޭތޯ، މިވެރިކަން ހަމަ ލިބުމާ އެކީގައި މުޅި އެތި ބަދަލުވެގެން މިދިޔައީ މިހާރު ރައީސް ޔާމީންއަށް ބައެއް ކަންތައްތައް ކުރެވިގެން ނުވޭ، ރައީސް ޔާމީންއާ މަޝްވަރާ ކުރައްވާކަށް ބޭނުމެއް ނުވޭ ރައީސް ޔާމީން މީގެ ތެރެއަށް ވަދެގެން ނުވޭ،" ޖަމީލް ވިދާޅުވި އެވެ.

ޖަމީލް އިތުރަށް ވިދާޅުވީ، ވެރިކަމަށް އިންތިޚާބުވެވަޑައިގެންނެވުމާއެކު، ރައީސް ޑރ. މުޢިއްޒުއާއި ރައީސް ޔާމީން އާ އެއްވެސް ގުޅުމެއް ނެތްކަމަށާއި، އެއްވެސް އިޙްތިރާމެއްވެސް އެމަނިކުފާނަށް "ލީޑަރޝިޕުން" ނުކުރައްވާ ކަމަށެވެ. އަދި ރައީސް ޔާމީންގެ ފޯނުކޯލުތަކަށް ޖަވާބު ނުދެއްވާކަމަށްވެސް ޖަމީލް ވިދާޅުވިއެވެ. ޖަމީލް ސިފަކުރައްވާ ގޮތުގައި މިހުރިހާ ކަމެއްގެ އަސްލު ގުޅިފައިވަނީ ޢަބްދުއްރަޙީމްއާއެވެ.

"އަޅުގަނޑު މިހުރީ ބުނާނެ އެއްޗެއް ނޭނގިފައި، މި މިންވަރަށް މިކަން ފޮނުވައިލީ ހަމަ ސީދާ އަބްދުއްރަހީމް ބުނާ ގޮތަށް، އަބްދުއްރަހީމްއަކީ މުއިއްޒުގެ މުރުޝިދު، މުއިއްޒުގެ ޒައީމު،"

ރައީސް މުއިއްޒުއަށާއި އަބްދުއްރަހީމްއަށް ބޮޑެތި ފާޑުކިޔުންތަކެއް ޑރ. ޖަމީލު އަމާޒު ކުރައްވާފައިވާއިރު، އަބްދުއްރަހީމްއަކީ ރައީސް މުއިއްޒުއަށް ވެރިކަން ކާމިޔާބު ކޮށްދެއްވުމަށް އެންމެ ބޮޑު މަސައްކަތެއް ކުރެއްވި އެއް ބޭފުޅާ އެވެ. އަބްދުއްރަހީމް ވަނީ ކެމްޕޭނު ދުވަސްވަރު، ރައީސް މުއިއްޒު އާއެކު ހުރިހާ ރަށަކަށްހެން ވަޑައިގެންފަ އެވެ.

އޭގެ އިތުރުން އަބްދުއްރަހީމްއަކީ ޕްރޮގުރެސިވް ކޯލިޝަނުން އިންތިހާބު ބޮއިކޮޓު ކުރުމަށް ރައީސް ޔާމީން އެދިވަޑައިގެންނެވި އެދިވަޑައިގަތުމާ ހިލާފަށް އިންތިހާބުގައި ވާދަކުރުމަށް ނިންމި ނިންމުމުގެ ފަހަތުގައި ވެސް އެންމެ އިސްކޮށް ހުންނެވި ބޭފުޅާ އެވެ.

ނަތީޖާއެއްގެ ގޮތުން އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ސަރުކާރު ބަދަލުވި މަރުހަލާގައި އިންތިގާލީ އޮފީހުގެ އެންމެ އިސްވެރިޔާގެ މަގާމު ވެސް ފުރުއްވީ އަބްދުއްރަހީމް އެވެ. އަބްދުއްރަހީމްއަކީ މިހާރު ރައީސް މުއިއްޒުއަށް ހާއްސަ ލަފާ އަރުވާ، ސްޕެޝަލް އެޑްވައިޒަރެވެ.

ރައީސް ޔާމީން ޕީޕީއެމްއާއި ދުރަށް ވަޑައިގެންނެވިކަން ހާމަކުރައްވާފައިވާއިރު، އެމަނިކުފާނު އެ ނިންމެވުން ނިންމެވީ އެމަނިކުފާނުގެ މަޝްވަރާ ޕީޕީއެމްގެ ލީޑާޝިޕްގެ ބޭފުޅުން ނުނަންގަވާތީ ކަމަށާއި އެއީ ރައީސް ޔާމީނަށް ފަސޭހަ ނިންމުމެއް ނޫން ކަމަށް ޖަމީލްވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

Ads by Allied Insurance
  1. ބަލާތި

    މުއިއްޒު އެއީ މުނާފިގެކޭ އަޭނާ ހެޔޮނުވާ7ނެ މިރާއްޖޭގެ ވެރިކަމުގައި ބަހައްޓަން ހެތޮނުވާނެއޭ މުއިއްޒު އެއީ މުނާފިގެކޭ އަޭނާ ހެޔޮނުވާނެ މިރާއްޖޭގެ ވެރިކަމުގައި ބަހައްޓަން ހެތޮނުވާނެއޭ މުއިއްޒު އެއީ މުނާފިގެކޭ އަޭނާ ހެޔޮނުވާނެ މިރާއްޖޭގެ ވެރިކަމުގައި ބަހައްޓަން ހެތޮނުވާނެއޭ

  2. ވަގުންނޭ

    މުއިއްޒު އެއީ ރުނޑިކާޅެކޭ މުއިއްޒު އެއީ ރުނޑިކާޅެކޭ މުއިއްޒު އެއީ ރުނޑިކާޅެކޭ މުއިއްޒު އެއީ ރުނޑިކާޅެކޭ މުއިއްޒު އެއީ ރުނޑިކާޅެކޭ މުއިއްޒު އެއީ ރުނޑިކާޅެކޭ މުއިއްޒު އެއީ ރުނޑިކާޅެކޭ މުއިއްޒު އެއީ ރުނޑިކާޅެކޭ މުއިއްޒު އެއީ ރުނޑިކާޅެކޭ މުއިއްޒު އެއީ ރުނޑިކާޅެކޭ މުއިއްޒު އެއީ ރުނޑިކާޅެކޭ މުއިއްޒު އެއީ ރުނޑިކާޅެކޭ

  3. ޖާހިލޭ

    ޢަދުރަެ ފަސް އެނބުރި ނުބަލާނެ ނޫންތޭ އޭނާގެ އާއިލާގެ 7700 މީހުންނަށް ސަރުކާރުގެ ވަޒީފާ ތައް ވަޒީރުންގެ ފެންވަރުގައޭ ދީފައި އެތިބީ ރައްޔިތުން ފެލައިގެން ނަގާ ފައިސާއިން ހުރިހާ ޚަރަދެއް އޭނާ އާެއި މުއިއްޒު އަށް ކުރީމާ ރައްޔިތުން ފަކީރުންނަށް ރައީސް އިބޫ ދިން 8 ހާސް ފްލެޓްވެސް އަދުރޭ އަށް ވިއްޔާ ލިބުނީ ފަސް އެނބުރި އަދުރޭ ނުބަލާތި ދައުލަތުގެ ޚަޒާނާ މަޅާނުލެވެނީސް ރަނގަޅޭ ރަނގަޅޭ އަދުރޭ ތިއަށް މަމެން ކިޔަނީ ޖާހިލު ސިޔާސަތޭ އިނގޭތޭ ޖާހިލޭ ޖާހިލޭ

  4. ފުވައްލަކު ޖަމީލު އުޅެނީ ވަޒީފާ ނުލިބިގެން ކަލޭގެ މަޒީ ވަކި ރަގަޅުތޯ މާގިނަ ވާހަކަ ދައްކަން ނޫޅުއްވާތި، ކަލޭވެސް ތިޔަހުރީ މީހެއްގެ ދަށުގައި ތާށިވެފައި ނުންތޯ !

  5. ޖަމީލުވެސް މާބޮޑާވެގެން ނިއުޅޭތި ތިމާގެ ފަތިފުތްވެސް ނިއުޅާލަން ޖެހިދާނެ !