ޚަބަރު

ރާއްޖޭގެ މައްސަލަތަކަށް ބިނާކުރަނިވި ހައްލު ހޯދުމުގެ ހިތްވަރު ރައީސް މުޢިއްޒުގެ ކިބައިގައި އެބަހުރި: ސައީދު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރާއްޖެއަށް ދިމާވެފައިވާ މައްސަލަތަކަށް ބިނާކުރަނިވި ހައްލު ހޯދުމުގެ ހިތްވަރު ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ކިބައިގައި އެބަހުރި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ސައީދު މިހެން ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރާ ދެކޮޅަށް, ސަރުކާރު ކޯލިޝަންގެ ޕީޕީއެންގެ ރައީސް، ރައީސް ޔާމީން ނުކުންނަވާ   އާ ޕާޓީއެއް ހައްދަވަން ނިންމަވާފައިވާ ދަނޑިވަޅެއްގައެވެ.

ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ވެސް އިކޮނިމިކް މިނިސްޓަރުކަން ކުރެއްވެވި ސައީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ, މާތް ﷲގެ ވާގިފުޅާއެކު ރައީސް ޑރ. މުއިއްޒުގެ ސަރުކާރު ދާނީ ކުރިއަށް ކަމަށެވެ. އަދި ރާއްޖެއަށް ދިމާވެފައިވާ މައްސަލަތަކަށް ބިނާކުރަނިވި ހައްލު ހޯދުމުގެ ހިއްވަރު ރައީސް ޑރ. މުއިއްޒުގެ ކިބައިގައި ހުންނެވި ކަމަށްވެސް ވިދާޅުވިއެވެ.

ސައީދު އިތުރަށް ވިދާޅުވީ, ގޮންޖެހުމެއްގެ ތެރެއިން ޕީޕީއެމާއި ޕީއެންސީ މިހިސާބަށް ގެނެސްދެއްވުމުގައި ރައީސް މުއިއްޒުގެ ހާއްސަ އެޑްވައިޒަރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ގެ ލީޑާޝިޕް ފާހަ ކުރައްވާ ކަމަށެވެ.

"އަދި އެތައް ގޮންޖެހުމެއްގެ ތެރެއިން ޕީޕީއެމް ޕީއެންސީ މިހާހިސާބަށް ގެނެސްދެއްވުމުގައި އަބްދުއްރަހީމް އަބްދުﷲގެ ލީޑާޝިޕް ފާހަގަ ކުރަން." ސައީދު ވިދާޅުވިއެވެ.

ޕީޕީއެމް ޕީއެންސީގެ ތެރޭގައި އުފެދިފައިވާ ނުތަނަވަސްކަމުގައި ޕީޕީއެމްގެ ރައީސް ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕާޓީން ވަކިވެވަޑައިގެން އާޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އިސްމަގާމުތަކުގައި ތިއްބެވި ބޭފުޅުން ގެންދަވަނީ ރައީސް ޑރ. މުއިއްޒުގެ ދިފާއުގައި ވާހަކަ ދައްކަވަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!