ޚަބަރު

ޕީޕީއެމް އޮފީސް ހުސްކުރަން އަންގައިފި, ރައީސް ޔާމީންގެ އައު ޕާޓީގެ އޮފީސް އެ އިމާރާތަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕްރޮގްރަވިސް ޕާޓީ އޮފް މޯލްޑިވްސް. ޕީޕީއެމްގެ މައި އޮފީސް ހުސްކުރަން އަންގައިފިއެވެ.

Ads by STELCO

މިކަން ޔަގީންކޮށްދެއްވީ ޕީޕީއެމް އިން ވަކިވެވަޑައިގަތުމަށް ނިންމަވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފައްދަވާފައިވާ ސްޓިއަރިން ކޮމިޓީގައި އިސްކޮށް ހުންނެވި ކުރީގެ މިނިސްޓަރު މަލީހް ޖަމާލެވެ.

ޕީޕީއެމްގެ މައި އޮފީސް ހިންގަނީ އާޓިފިޝަލް ބީޗް ކުރިމައްޗަށްވާ ގޮތަށް ހުންނަ ހ. ހުރަފާއެވެ.

މަލީހް މިއަދު ނޫސްވެރިން ތިއްބަވާ ވަޓްސްއަޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ޕީޕީއެމްގެ އޮފީސް ހިންގާ އިމާރާތް ހުސްކުރަން ގޭގެ ވެރިފަރާތުން އަންގާފައިވާ ކަމަށެވެ.

އެތަނުގައި ޕީޕީއެމްގެ އޮފީސް ހަދައި ހުޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ޕީޕީއެމްގެ ކުރީގެ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް ޔާމީނާ މައްސަލަ ޖެހުނު ހިސާބުންނެވެ.

މަލީޙް އިތުރަށް ވިދާޅުވެފައިވަނީ, މިހާރު މަސައްކަތް ކުރަމުން އަންނަނީ ރައީސް ޔާމީން އުފެއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ޕާޓީގެ އޮފީސް, ޕީޕީއެމް އޮފީސް އިމާރާތަށް ބަދަލު ކުރުމަށް ކަމަށެވެ.

Ads by HDC
  1. އާސަރުކާރުން ވަޒީފާ ނުލިބިގެން ބަޔަކު ތެޅިފޮޅެނީ ! ރައީސު ކަން ނުލިބުނީމާ ޕާޓީ އުފެއްދުން !

  2. މަލީހު ހީކުރަނީ 2028 ހުގަ ވެރިކަން ލިބިދާނެކަމަށްތަ؟

  3. ރޔާމީންގެ އައުޕާޓީއެއް އުފައްދާވާހަކަ ދެއްކީމަ މަ ހަމަ ހިނި އަންނަނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސި ރަނގަޅަށް ކިޔާލުން ބުއްދިވެރި ތިއުޅެނީ މަލހުއާއި ޖަމީލު ބެއާ ދެމީހުން ޕާޓީއެއް ހަދައިގެން މިގއުމު ކަފުޖހޭތޯ؟