ޚަބަރު

އިސްތިއުނާފަކީ ބަރޯއަކަށް ކަރުދާސް އަޅައިގެން އުފުލަން ޖެހޭ ވަރަށް ކުރަން ޖެހޭ ކަމެއް ނޫން, ދިގު ދެންމީ ވެރިކަމުގެ ދަހިވެތިކަމުގައި: އަބްދުއްރަޙީމް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުރި ޙުކުމް, އިސްތިއުނާފް ކުރަން ހައި ކޯޓަށް ހުށަހަޅަން, އެމަނިކުފާނުގެ ލޯޔަރު, ޑރ. ޖަމީލު އަޙްމަދު ލަސްކުރެއްވީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ދަހިވެތިކަމުގައި ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުالله ތުހުމަތު ކުރައްވައިފިއެވެ.

Ads by Hajj Corporation

އަބްދުއްރަޙީމް މިމޭރުމުން ތުހުމަތު ކުރައްވާފައިވަނީ, ސަރުކާރު ކޯލިޝަންގެ މައި ޕާޓީ, ޕީޕީއެމްއިން ރައީސް ޔާމީން ވަކިވެ ވަޑައިގެން އަމިއްލަ ޕާޓީއެއް އުފައްދަވަން މަސައްކަތް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ. ރައީސް ޔާމީންގެ ޕާޓީގެ ކަންކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަމުން އަންނަނީ ޑރ. ޖަމީލެވެ.

މިރޭ ސަންގް ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ބައިވެރިވެ ވަޑައިގެން މި ސަރުކާރުގެ ސީނިއަރ މިނިސްޓަރުކަން ވެސް ކުރައްވަމުން ގެންދަވާ އަބްދުއްރަޙީމް ވަނީ ޑރ. ޖަމީލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް އިސްތިއުނާފް ނުކޮށް ދިގު ދަންމާލީ ޑރ. ޖަމީލުގެ ރޭވުމެއްގެ ތެރެއިން ކަމަށް ތުހުމަތު ކުރެއްވިއެވެ.

"ރައީސް ޔާމީނަށް ހުކުމް ކުރެއްވި ދުވަހު ޖަމީލް ވިދާޅުވި, ތިމަންނަމެންނަށް އޮތީ 24 ގަޑިއިރޭ, ކީއްވެގެންތޯ ދެ މަސް ވަންދެން އިސްތިއުނާފް ދިގު ދަންމާލީ. ރާއްޖޭގައި ހުރި އެންމެ ފުންނާބު އުސް ލޯޔަރު ކަމަށް ދައުވާ ކުރައްވާ." އަބްދުއްރަޙީމް ވިދާޅުވީ

"އަޅުގަނޑުމީ ޤާނޫނީ މީހެއް ނޫން. ބަރޯއަކަށް އަޅައިގެން ކަރުދާސް އުފުލަން ޖެހޭ ވަރަށް ކުރަން ޖެހޭ ކަމެއް ނޫން ކަމަށް ޤާނޫނީ ބޭފުޅުން ވިދާޅުވީ, އެއަށްވުރެ މާ ފަސޭހަކޮށް, މާ ކުރުކޮށް އެކަން ކުރެވޭނެ ކަމަށް އެ ބޭފުޅުން ވިދާޅުވަނީ"

އަބްދުއްރަހީމް ވިދާޅުވީ, ޑރ. ޖަމީލު އެގޮތަށް ކަންތައް ކުރެއްވީ ރައީސް ޔާމީން ޖަލުގައި ބާއްވައިގެން ޕީޕީއެމް/ޕީއެންސީގެ ޓިކެޓް ހޯދަން ވެގެން ކަމަށެވެ. އަދި އެމަނިކުފާނަކީ ވެރިކަމަށް ދަހިވެތިވެފައިވާ ބޭފުޅެއްގެ ގޮތުގައި ސިފަ ކުރެއްވިއެވެ.

Ads by HDC
  1. ތަމެންދޯ

    މުއިއްޒު އާއި އަދުރޭ މެންގެ ސިޔާސީ އުރަތްޕެއް ނެތް ކަމޭ މިއިން އެގިގެންދަނީ 1 ހާސް ވޯޓް ރިޔާސީ އިންތިޚާބުން ނުލިބުނުއިރު އަދި ޕީޕީއެމްއާއި އެކު ކޯލިޝަން ނަހަދަން ގާސިމް ނިންމާ އަނެއްކާ ރައީސް ޔާމީނަށް ވޯޓްދިން ރައްޔިތުން ވެރިކަން މުއިއްޒު އާއި ހަވާލުކުރުމުން ރައްޔިތުންނަށް މުއިއްޒު އާއި އަދުރޭ ޚިޔާނާތް ތެރިވެފައި ދެން ރައްޔިތުންގާތަށް ވޯޓް ހޯދަން އަންނަން އުޅެނީ ބޮޑުސޭޓް މެދުވެރިކޮށް ވޯޓް ގަންނަން ވެގެން ކަން މަމެންނަށް ޔަގީނޭ ލަދުހަޔާތް ކޮބާތޭ

    • ޙުއްތު

      ކީކޭތޯ ތިކިޔަނޫ

    • ޢަޒްރާ

      އުރަތްޕެއް ހުންނަ މީހަކީ 2018 ގަ ރ ޔާމީން ނޫން ގޮތެއް ކޔަމުން އިބޫ ވެރިކަމަށް ގެންނަން މަސައްކަތްކުރި ޖަމީލުއާއި މަލީހު ކިތަށްފަހަރު ވަގަށްގޮވި ޖަމީލު ވަކީލުކަން ކުރެއްވިޔަސް ޖަމީލަކަށް ނޭނގުނު ދުލުން ބުނެފި ބަހެއް ފަހުން ނުބުނާކަމަކަށް ނެހެދޭނެކަން

  2. ކަލަގޮވާ

    ޖުމްހޫރީ މިއީ ނުރައްކާ ބަޔެކެވެ. ރައީސް ސޯލިހަށް ލަނޑުދީފައި މިހާރު އެއުޅެނީ ރައީސް މުއިއްޒަށް ލަނޑެއް ދެވޭތޯއެވެ. ސިތާސީ ކަންކަމާ އުޅޭވަރެއްގެ ވޯޓެއްވެސް ލިބުނު ބަޔެއް ވެސް ނޫނެވެ. ގާސިމްގެ މަކަރު ހުންނާނެއެވެ. ކައިރި ނުކުރާތި!

    • އެ އުޅެނީ މަޖިލިސް ނުލިބޭނެ ކަން އެނގިގެން. ރައީސް ޔާމީނުގެ ލޯޔަލް ސަޕޯޓަރުން މުޢިއްޒަށް ދެން ވޯޓެއް ނުދޭނެ. ކުޑަ ކުއްްޖަކަށް ވެސް މިހާރު މުޢިއްޒަކީ ބަހުގެ އިތުބާރު ނެތް މީހެއްކަން އެނގޭނެ.

      • ގޯތި ފޭރޭ ވަގުން އަދުރޭ ޔާ މުއިޒްް ތީ ގޯތި ނުދީ ލާހިކައެއްނުން މަޖިލިސް ގޮޑި ކާމިޔާބު ކުރާކަން އެއްމެ ވޯޓެން ވެސް ނުލިބޭނެ ވެރިކަމަން އައީ ދޮގުހަދާގެން ރައްޔިތުން ގުބޯ ހައްދާގެން

  3. ރެއްކަބޭ

    މިކަހަލަ ފުންނާބުއުސް ވަރަށް ގިނަލޯޔަރުން ރާއްޖޭގައި އުޅޭ. މީގެތެރޭގައި ކުރީގެ ރައީސް މައުމޫނު ވަކީލުކަމާއި، ގާޒީކަމުގެ ސަނަދު ދެއްވާފައިވާ ބޭފުޅުންނަކީ އެންމެ ކުޅަދާނަ އެންމެ ފުންނާބުއުސް ފަރާތްތައް. ކިތަންމެ މޮޅަށްކިޔަވާފައިތިބޭ ވަކީލުންވެސް އެބޭފުޅުންހާ ފުންނާބު އުހެއްނުވާނެ. އެއީ އެބޭފުޅުންނަކީ ރައީސްގެ ނުފޫޒް ކޯޓުގައި ހިންގާދޭ ފަރާތްތައްކަމުގައިވާތީ. އެފާރާތްތަކުގެ ޖިބަށް ބޮޑުކުރިވަރަކަށް ފުންނާބުވެސް އުސްވާނެ. ޖަމީލަކީވެސް އެފަދަބޭފުޅެއް.

  4. ނަޞީރު

    އަދުރޭމެންގެހުރި ހިޔަޅުކަން އެހެންމީހުންގެ ބޮލުގަ މިއަދު ކިތަމެވަރަކަށް އަޅުވަން މަސައްކަތްކުރިނަމަވެސް ޤަބޫލުކުރާނެ މީހަކުނެތް މަސްބަހާ އުޞޫލުންދޯނިބޭނިމަސްފުނީގަހުރި ފަލަމަސްކޮޅުއަޅަނީ ކެޔޮޅުގާތަށް ފަޅުވެރީންނާ އޮޑިވެރިޔާއަށް ބަނޑުފެޅި ހަލާކުވެފަހުރި މަސް؟ތިއައީ ވ.؟