މޫސުމީ ގެއްލުމަށް ބަދަލުދޭ ފަންޑު އެކުލަވާލުމަކީ ރާއްޖެއަށް ލިބުނު އުންމީދެއް: ޠާރިޤް
މޫސުމީ ގެއްލުމަށް ބަދަލު ދޭ 'ލޮސް އެންޑް ޑެމޭޖު' ފަންޑެއް އެކުލަވާލުމަކީ ރާއްޖެފަދަ ޤައުމުތަކަށް ލިބިގެންދިޔަ އުންމީދެއްކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވެފައިވަނީ ކޮޕް28 ސަމިޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކޮޕް28 ސަމިޓް ކުރިއަށްދަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީގައެވެ. މި ސަމިޓް 12 ޑިސެމްބަރާއި ހަމައަށް ކުރިއަށްދާނެއެވެ. މިއަހަރުގެ ސަމިޓްގައި 160 ގައުމެއްގެ ވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
މި ސަމިޓްގައި ވާހަކަދައްކަވަމުން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވަނީ ކޮޕް ސަމިޓްގެ ތެރެއިން ރާއްޖޭގެ އަޑު އުފުލުމަށް ލިބުނު ފުރުސަތަށް ޝުކުރު އަދާކުރައްވާފައެވެ. ވަޒީރު ވަނީ މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ފަންޑެއް ކަނޑައެޅުމަކީ ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށާއި އަދި މޫސުމީ ބަދަލުތަކުން އަސަރުކުރާ ޤައުމުތަކަށް ލިބިގެންދިޔަ އުންމީދެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
"ރާއްޖެ ފަދަ އެސްއައިޑީއެސް (ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް)އަށް މިއީ ވަރަށް މުހިންމު ވަގުތެއް،" މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވިއެވެ.
މޫސުމީ ބަދަލުތަކުން ރާއްޖެއަށް ބޮޑެތި އަސަރުތުތަކެއް ކުރަމުންދާއިރު މިފަދަ ޤައުމުތަކުގެ ދިރިހުރުން ގުޅިފައިވަނީ ބޮޑެތި ގައުމުތަކުން ނިންމާ މިފަދަ ނިންމުންތަކުގެ ސަބަބުންކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ކުރިއަރާފައިވާ ޤައުމުތަކުން މި ފަންޑަށް އެހީތެރިވުވުމުގެ މުހިންމު ކަމުގެ މައްޗަށްވެސް ވަނީ އަލުއަޅުވާލައްވާފައެވެ. ރާއްޖެއަކީ އަބަދުވެސް މޫސުމަށް އަންނަ ބަދަލުތަކުގެ ވާހަކަ ދައްކައި ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކުގައިވެސް މި މައްސަލައިގައި އަޑުއުފުލަމުންދާ ޤައުމެއްކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މޫސުމީ ގެއްލުމަށް ބަދަލު ދޭ 'ލޮސް އެންޑް ޑެމޭޖު' ފަންޑު އެކުލަވާލުމަށް ނިންމި ނިންމުމަކީ، ކޮޕް ސަމިޓުގެ ތާރީޚުގައިވެސް، ފުރަތަމަ ދުވަހު މިފަދަ ނިންމުމެއް ނިންމި ފުރަތަމަ ފަހަރެވެ.
ކޮޕް28 ސަމިޓްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް ބައިވެރިވެވަޑައިގަންނަވައެވެ. އެމަނިކުފާނުގެ އަރިހުގައި، ދިވެހިރާއްޖޭގެ މަތީ ފަންތީގެ ވަފްދެއްވެސް ވަނީ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގެންފައެވެ. މިސަމިޓް ވެގެންދާނީ، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް ރާވާފައިވާ ކަންކަމާ ގުޅޭ މަޢުލޫމާތު ބައިނަލްއަޤްވާމީ މައިދާނުގައި ހިއްސާކުރުމަށް ލިބޭ އަގުހުރި ފުރުޞަތަކަށް ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރުންގެ ނައިބުން ކުރަނީ ކޮން ކަމެއްތޭ އެމެން ކުރާނެ ކަމެއް ނެތަސް އަދި އިށީންނާނެ ގޮނޑިގަނޑެއް މޭޒެއް ނެތަސް އެމެންނަށް މަގާމް ތައް ދެމުން އަދުރޭ ދައުލަތުގެ މާލިއްޔާގައި ހުރި ފައިސާ އަކީ އޭނާގެ މަައިންބަފަައިގެން ތަރިކަ މުދާ ކަމަށް ހަދައިގެން މިކަން ކުރަނީއޭ އަނެއް ކޮޅުން ރައީސް މީހާ އޭނާގެ އަންހެނުން ގޮވައިގެން ގޮސް ރާއްޖޭން ބޭރުގައި މަޖާކުރަނީ މަމެންކޮސްވޭ ރައްޔިތުން އެއްވެސް އިތުބާރެއް ނުކުރާ އެލިސަން ޖަނާ ރައީސްގެ އެޑްވައިޒަރަކށްވީމާ އެއީ ބޮޑުވަގެކޭ އޭނާ ދަރާނެތް މީހަކު މާލޭގައި ނެތޭ