Wednesday, 4 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އައްޑޫ ސިޓީގައި ގުރޫޕް މާރާމާރީއެއް، ޒަޙަމްވި މީހެއްގެ ޙާލު ސީރިއަސް

އައްޑޫ ސިޓީގައި ގުރޫޕް މާރާމާރީއެއް، ޒަޙަމްވި މީހެއްގެ ޙާލު ސީރިއަސް

އައްޑޫ ސިޓީ ހިތަދޫގައި ރޭ ދެ ގްރޫޕެއްގެ ދެމެދު ހިނގި މާރާމާރީއެއްގައި ޒަހަމްވި މީހެއްގެ ހާލު ސީރިއަސްކަމަށް ފުލުހުން މަޢުލޫމާތުދެއްވައިފިއެވެ.

ފުލުހުން ވިދާޅުވީ، އެ މާރާމާރީގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލާފައިވާކަމަށާއި އެއީ 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލްގައި އޭނާއަށް ފަރުވާދެމުން އަންނަ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މީގެ އިތުރުން، އަނިޔާވި ޒުވާނާ މާލެ ފޮނުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ވެސް ވަނީ ވިދާޅުވެފައެވެ.

މަޢުލޫމާތު ލިބޭގޮތުގައި ރޭ ހިނގި މި މާރާމާރީއަކީ ދެ ގްރޫޕުގެ ދެމެދު ކުރިމަތިލުމަކާއި ގުޅިގެން ހިނގި ކަމެކެވެ. އަދި އެ ދެ ގްރޫޕުން ވެސް ތިބީ ތޫނު ހަތިޔާރު ހިފައިގެންކަމަަށް ވެއެވެ.

Advertisement
Allied — Dhen Online (box)

ޒަހަމްވިމީހާގެ ފޮޓޯތައް މީސްމީޑިއާގައި ދައުރުވަމުންދާއިރު އެ ފޮޓޯ ތަކުން ފެންނަގޮތުގައި، އޭނާގެ ނިއްކުރިން ބޮޑުތަނެއް ކަފައިގެން ގޮސްފައިވާތަން ފެނެއެވެ. އަދި އެމީހާގެ ގައިގެ އެހެން ތަންތަނަށްވެސް އެކި ވަރުގެ ބޮޑެތި ޒަހަމްކޮށްލާފައިވާކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

މި ހާދިސާއާއި ގުޅިގެން، ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ މިހާރު ތަހުގީގުކުރަމުންދާކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް