Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޕީސީބީއަށް އައްޔަން ކުރެއްވި މެންބަރުންނަށް ރުހުން ހޯދަން މަޖިލީހަށް ހުށަހަޅައިފި

ޕީސީބީއަށް އައްޔަން ކުރެއްވި މެންބަރުންނަށް ރުހުން ހޯދަން މަޖިލީހަށް ހުށަހަޅައިފި
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރެއްވި ފަސް މެންބަރުންނަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ޕީސީބީގެ މެންބަރު ކަމަށް ރައީސް އައްޔަންކުރައްވާފައިވާ މެންބަރުންނަށް ރުހުން ހޯދުމުގެ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީއަށް ފޮނުވާފައެވެ.

ޕީސީބީއަށް އައްޔަނުކުރި މެންބަރުން:

1- ޕީސީބީގެ ރައީސަކަށް: ހަމްދީ އަގީލް 2- އިކޮނޮމިކްސް ދާއިރާއިން: ހަސަން ޒަރީރު 3- އެކައުންޓިން އަދި ފިނޭންސްގެ ދާއިރާއިން: އަހުމަދު މުޝްތާގު 4- ބޭންކިންގެ ދާއިރާއިން: ލީނާ އަބްދުލް ޖަލީލް 5- ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން: މޫސާ ފަތުހީ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ޕީސީބީއަކީ 2013 ވަނަ އަހަރު ވުޖޫދަށް އައި ދައުލަތުގެ ވިޔަފާރި ކުންފުނިތައް ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި މޮނިޓާކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން އުފެއްދި ބޯޑެކެވެ. ޕީސީބީއަކީ ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގުމުގައި މުހިންމު ދައުރެއް އަދާކުރާ ބޯޑެކެވެ.  

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް