ޚަބަރު

ޗާގޯސް މައްސަލާގައި ރާއްޖެއަށް ގެއްލުނު ސަރަހައްދު ހޯދުމުގެ މަސައްކަތް އަވަހަށް ފެށުމަށް ގާސިމް ގޮވައިލައްވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ޗާގޯސް މައްސަލާގައި ރާއްޖެއަށް ގެއްލުނު ސަރަހައްދު ހޯދުމުގެ މަސައްކަތް އަވަހަށް ފެށުމަށް ގާސިމް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ސަރުކާރަށް ގޮވައިލައްވައިފިއެވެ.

Ads by STELCO

އެކްސްގައި ގާސިމް މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިނގިރޭސި ދައުލަތުން ޗާގޮސް އެކިޕެލާގޯ، މޮރިޝަސް އާއި ހަވާލު ކުރުމަށް ކުރިން ނިންމި ނިންމުން ބަދަލު ކުރިކަން އެ ޤައުމުގެ ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާކަމަށެވެ.

އެހެންކަމުން މި ދަނޑިވަޅުގައި، އިޓްލޮސް ގެ ނިންމުމާއި އެކު ރާއްޖެއާއި ޗާގޮސްގެ މައްސަލައިގައި ދިވެހީންނަށް ގެއްލިފައިވާ ސަރަހައްދު ހޯއްދަވައިދެއްވުމަށް ވިސްނުންތެރިކަމާއެކު ވީހާވެސް ހަލުވިކޮށް މަސައްކަތްޕުޅު ފައްޓަވައިދެއްވުން އެދި ދިވެހިރާއްޖޭގެ ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އަރިހުގައި ދަންނަވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

“ ޚާއްޞަކޮށް ރައީސް ޑރ. މުޢިއްޒުވަނީ އެމަނިކުފާނުގެ ކެންޕޭނުގައި، ވެރިކަމަށް ވަޑައިގެންފިނަމަ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެ މައްސަލަ އިސްތިއުނާފަށް ވައްދާނެކަމަށްވެސް ވަޢުދުވެވަޑައިގެންފަ” ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ މިމައްސަލަ އަކީ ފާއިތުވި ރިޔާސީ އިންތިޚާބުގައި ހައްލު ހޯދުމުގެ ޢަޒުމުގައި ވަރަށް ބޮޑަށް ވަކާލާތު ކުރި ޤައުމީ މައްސަލައެއް ކަމަށެވެ. އަދި އިނގިރޭސި ދައުލަތުން ފަހުން ނިންމާފައިވާ ނިންމުމުގެ ސަބަބުން ދިވެހީން ޒަމާނުއްސުރެ މަސްވެރިކަންކުރަމުންއައި ކަނޑުގެ ސަރަޙައްދު އަލުން ދިވެހީންނަށް ފުރިހަމައަށް ލިބުމުގެ ފުރުޞަތު ބޮޑުވެފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

އިނގިރޭސި ދައުލަތާއިއެކު އަވަސް މަޝްވަރާތަކެއް ފައްޓަވާ ޒަމާނުއްސުރެ ދިވެހީން ގެންގުޅެމުން އައި ސްޓޭންޑް ދަމަހައްޓަވާ މި ކަމުގައި ދިވެހީންނަށް ކާމިޔާބު ހޯއްދަވައިދެއްވުމަށް ރައީސް ޑރ. މުޢިއްޒު މަސައްކަތްޕުޅު ކުރައްވާނޭކަމަށް ޔަޤީން ކުރައްވާ ކަމަށާއި މި މަސައްކަތުގައި ދެވެން އޮތް ކޮންމެ އެހީތެރިކަމަކާއި އެއްބާރުލުމެއް ދިނުމަށް އެމަނިކުފާނާއި ޕާޓީން ތައްޔާރަށް އޮތް ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

Ads by HDC
  1. ގައްދާރު

    ޗާގޯސް ކަނޑުވިއްކާލާފައިވާ މައްސަލަ އާއި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް މިސަރުކާރުން ކުރާއިރު ރައްޔިތުންނަށް ވާނުވާ ނޭގެއޭ ދިފާއީ ވަޒީރު އިއްޔެ ބޭއްވި ބައްދަލުވުމެއް އިންޑިއާ ސަފީރާއި ވާހަކަ ދެއްކީ މިލިޓަރީ ގުޅުން ބަދަހި ކުރަން އިންޑިއާ އިން ހުށައެޅީ އިންޑިއާގެ 15 ހާސް ސިފައިން ރާއްޖޭގައި ތިބެގެންނޭ އެކަން ވާނީ އެކަން އެގޮތަށް ކުރަން މިސަރުކާރުން ދަނީ ވިސްނަމުންނޭ ދެން ކިހިނެއް ވިއްކާފައި އޮތް ކަނޑެއް އަތުލާނީ ބަދަލުގައި ބާޓިނު ލިބޭނީ ރާއްޖެއަށް ބަލަން ތިބޭތި މުއިއްޒު އެއީ ގައްދާރެކޭ ގައްދާރެކޭ ގައްދާރެކޭ ގައްދާރެކޭ ގައްދާރެކޭ ގައްދާރެކޭ ގައްދާރެކޭ ގައްދާރެކޭ ގައްދާރެކޭ ގައްދާރެކޭ ގައްދާރެކޭ ގައްދާރެކޭ ގައްދާރެކޭ ގައްދާރެކޭ ގައްދާރެކޭ ގައްދާރެކޭ ގައްދާރެކޭ ގައްދާރެކޭ ގައްދާރެކޭ ގައްދާރެކޭ ގައްދާރެކޭ ގައްދާރެކޭ ގައްދާރެކޭ ގައްދާރެކޭ ގައްދާރެކޭ ގައްދާރެކޭ ގައްދާރެކޭ ގައްދާރެކޭ ގައްދާރެކޭ ގައްދާރެކޭ ގައްދާރެކޭ ގައްދާރެކޭ ގައްދާރެކޭ

  2. ބަލާތި

    މުއިއްޒު އިސްތިއުފާ ދާޚިލީ ވަޒީރު އިސްތިއުފާ މާލެ ތެރެ ފޯރި މަރަން ފުލުހުން އޭނާ އަށް ނުނެރެވުނޭ ވެރިކަމަށް މަސްދުވަސްވީއިރު ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރަން ފުލުހުން ކުރާ އެއްވެސް ކަމެއް ނެތޭ މުއިއްޒު ސަރުކާރު ވެގެންދާނީ ރާއްޖެ ދެކޭ އެންމެ ކައްޕަޅި ސަރުކާރަކަށް ބަލަން ތިބޭތި މާލެ ސިޓީ އޭނާ ހިންގިއިރު ކުރި ކަމަކީ އެއީ މަގުވިއްކުން އެކަން އެކަނި އޭނާ ކުރީ ދެން އޭނާ ކުރި ކަމެއް ދައްކަގަ ތަމެން ނެތް ދޯ…

  3. ބަނގުރަލާއި އޫރުމަސް ވިއްކަނީ ވިއްކާނެއް އެއްޗެއްވެސް ނުލިބިފައި ތިބޭ ވަރަށް ފަޤީރު ޤައުމުތަކުން، ދިވެހިރާއްޖެ ކަހަލަ މަސްވެރިކަމާއި ދަނޑުވެރިކަން ކުރާ މުއްސަދި ޤައުމަކުން އެކަހަލަ އެއްޗެހި ވިއްކުމަކީ ވަރަށް ހުތުރު ލަދުވެތިކަމެއް !