ޚަބަރު

ރައްޔިތުންގެ ފައިސާ އިސްރާފު ކުރާ އެއްވެސް ކަމެއްގައި ބައިވެރިނުވާނަން: އާޒިމް

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައްޔިތުންގެ ފައިސާ އިސްރާފު ކުރާ އެއްވެސް ކަމެއްގައި ބައިވެރިނުވާނެ ކަމަށް މާލޭ ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީން ވާދަކުރައްވާ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އާޒިމް މިފަދައިން ވިދާޅުވީ މާލޭ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގެ އެމްޑީޕީގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ރޭ ސޯސަން ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެ ޖަލްސާގައި އާޒިމް ވިދާޅުވީ، ގޯތީ ދޭން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމެވި ނިންމެވުމަށް އަބަދުވެސް ޝުކުރުވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ. އެކަމަކީ ވަރަށް ހިތްވަރުގަދަ، އޯގާތެރި ނިންމެވުމެއް ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

އަދި ރައީސް ޞާލިޙްގެ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހިންގި ބިންވެރިޔާ މަޝްރޫއުގެ ސަބަބުން އެރައްޔިތުންނަށް އުއްމީދެއް ލިބިފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަން ހައްލު ކުރުމަށް ފުށިދިއްގަރު ފަޅު ތަރައްގީ ކުރުމަށް ނިންމުމާއި ގުޅިގެން އާޒިމް ވިދާޅުވީ އެއީ މިވަގުތައް އޮތް “އޮޕްޝަނެއް ނޫން” ކަމަށެވެ.

“މިވަގުތު އަޅުގަނޑުމެން ކަންތައް ކުރަންވީ ގޮތަކީ ހިއްކާފައި ހުރި ބިންތަކުގައި ފެނާއި ނަރުދަމާ އާއި ކަރަންޓާއި މަގުތަކާއި ހޮސްޕިޓަލާއި މިސްކިތާއި ސްކޫލާއި އަޅާފައި އެތަނަށް މީހުންނަށް ދެވޭނެ ގޮތް ހަދައިދޭންވީ” އާޒިމް ވިދާޅުވިއެވެ.

އިތުރު ތަނެއް ހިއްކުމުގެ ބޭނުމަކީ ކޮބައިތޯ ސުވާލު ކުރައްވަމުން އާޒިމް ވަނީ އޭނާގެ މޭޔައު ކަމުގައި ރައްޔިތުންގެ ފައިސާ އިސްރާފު ކުރާ އެއްވެސް ކަމެއްގައި ބައިވެރިނުވާނެ ކަމަށް ވިދާޅުވެފައެވެ.

  1. ހާއުފާ

    ތިޔަބުނި ވާހަކަ ޤަބޫލު ކުރާނީ ކިހިނެތް؟ އެމްޓީސީސީއިން ނުޙައްޤުން ޖީބަށް އެޅީ ކިހާވަރެއް؟ އެމްޓީސީގެ ޗެއާރމަން ކަމުގައިހުރެ އެންމެ ފަހުންގެނައި ޝިޕްމެންޓްތަކުންވެސް ޖީބަށް އަޅާލީ މިލިޔަނުންނު. ތިޔަފަދަ މީހަކަށް ދޭނެ ވޯޓެއް އޮންނާނެތަ؟