ޚަބަރު

ޞަލާޙުއްދީން ސްކޫލްގައި ގްރޭޑް އެކެއްގައި ކިޔަވާ ދަރިވަރަކަށް ބުލީ ކުރި މައްސަލައެއް ބަލަނީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ޞަލާޙުއްދީން ސުކޫލްގެ ގްރޭޑް އެކެއްގައި ކިޔަވަމުންދާ ކުއްޖަކަށް "ބުލީ" ކުރި މައްސަލައެއް އެޑިއުކޭޝަން މިނިސްޓްރީން ބަލަން ފަށައިފިއެވެ.

Ads by MWSC

ކުއްޖާއަށް ބުލީ ކުރުމުގެ މައްސަލައިގެ ކަންބޮޑުވުން ފާޅުކޮށް ކުއްޖާގެ މަންމަ ސޯޝަލް މީޑިއާގައި ލިޔެފައިވާ މެސެޖެއްގައި ބުނެފައިވަނީ، ސްކޫލު ތެރޭގައި ކުއްޖާއަށް ބުލީކުރާތާ ދުވަސްކޮޅެއްވެފައިވާއިރު، މައްސަލަ ބޮޑުވެ ކުއްޖާއަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަނިޔާ ލިބެމުންދާ ކަމަށެވެ. ބުލީ ކުރި ކުދިން ވަނީ އެ ކުއްޖާގެ ބޯވެސް ކޮށައިލައިފައެވެ.

ކުއްޖާ އަށް ބުލީ ކުރަމުން ދިޔައީ އެއް ކުލާހުގައި ކިޔަވަމުން ދިޔަ ދަރިވަރުންތަކެކެވެ.

މި ކުދިން ބުލީ ކުރާތީ، ކުއްޖާއަށް ކުރާ އަސަރުން، ސްކޫލުން ގެންނައިރު ބޮޑުކަމުދެވިފައި ހުންނަ ކަމަށާއި، މިކަމުގެ ސަބަބުން ސްކޫލަށް ދާން ވެސް ކުއްޖާ ބޭނުން ނުވާ ކަމަށް، ކުއްޖާގެ މަންމަ ކުރި ޕޯސްޓުގައިވެއެވެ.

މި މައްސަލައިގައި ކުލާސް ޓީޗަރަށް ހުރިހައި ކަމެއް ކިޔައިދިނުމުން އެއީ އެ ކުއްޖާ އަމިއްލައަށް ކުރާ ކަންތައްތަކެއް ކަމަށް ޓީޗަރު ތުހުމަތު ކުރިއިރު، ޓީޗަރު ދައްކާ ވާހަކަތަކަށް ސްކޫލު ޕްރިންސިޕަލާއި ޑެޕިއުޓީ ޕްރިންސިޕަލް ތާއީދު ކުރި ކަމަށްވެސް ބުނެފައިވެއެވެ.

އަދި ކުއްޖާއަށް "ބުލީ" ކުރީ ހައިޕަރ އެކްޓިވް ކުދިންތަކެއް ކަމަށް ވެސް ޓީޗަރުން ބުނެފައިވާ ކަމަށް މަންމަ ކުރި ޕޯސްޓުގައިވެއެވެ.

ބުލީގެ ޝިކާރައަކަށްވި ކުއްޖާ ވަނީ އޭނާ އަށް ބުލީ ކުރި ކުއްޖާގެ ނަންވެސް ބުނެފައެވެ. އެންމެފަހުން ބުލީ ކުރި ކުއްޖާގެ ބެލެނިވެރިޔާ ވަނީ، ބުލީގެ ޝިކާރައަކަށްވި ކުއްޖާގެ މަންމައަށް ގުޅައި، މަޢާފަށް ވެސް އެދިފައެވެ. އަދި އެ ކުއްޖާގެ ބޯ ކޮށައިލި ކަމަށް ދަރިފުޅު އެއްބަސްވިކަން ވެސް އެ ބެލެނިވެރިޔާ ފާހަގަކުރި ކަމަށް ބުނެފައިވެއެވެ.

އެޑިއުކޭޝަނުން މި މައްސަލަ ބަލަމުންދާކަން ހާމަކުރިއިރު، މިކަމުގެ އިތުރު ތަފްސީލެއް ނުދެއެވެ.

 

  1. އެހެންވީމަ އަހަރެމެން ދަރިން ދެއަހަރުން ފެށިގެން ޓުރޭ ންކޮއްލަނީ އަތްލިއްޔާ އަތްލިއްޔާ އަތްލާނެ ޖެހިއްޔާ ޖަހާނެ.ހަޅޭލަވއިފިއްޔާ ހަޅޭ ވެސްލަވާނެ

  2. ބެލެނިވެރިޔާ

    މިހާރަކަށް އައިސް ކުރިމަތިވަމުން އަންނަ މިފަދަ ކަންކަމުގައި ތަނެއްދޮރެއް ނުބަލާ މުދަރިސުންނާ ޕުރިންސިޕަލާ މިފަދަ ބޭބޭފުޅުންގެ އަގުވައްޓާ އެމީހުންގެ ރައްކާތެރިކަން ގެއްލުވަން ތަންދޮރު ނޭނގޭ ބެލެނިވެރިން މަސައްކަތް ކުރަމުންދާއިރު ކޮބައިތޯ މުދަރިސުންގެ ރައްކާތެރިކަން؟؟ ދަރިވަރުން ގޯސްވެ ހައްދުފަހަނަ އަޅަމުން މިދާ ހާލަތުގައިވެސް މުދަރިސުންނާއި ޕުރިންސިޕަލުންގެ އަގުވައްޓާ އެމީހުން ބަދުނާމުކުރާއިރު މިފަދަ ބެލެނިވެރިންގެ މައްސަލަ ނުބެލެނީކީއްވެ؟ މުދްރިސިންގެ މައްސަލަތައް ބަލާގޮތަށް ދޮގުހަދާ ބެލެނިވެރިންނާ ކުދިންނަށް ވެސް އަދަބު ދެވެން ވާނެ. މުދަރިއްސުންގެ ވެސް ރައްކާތެރިކަން އޮންންނަންވާނެ. ކޮންމެ ފަހަރަކު ސުކޫލުތަކުން ކަމެއް ވާއިރަށް މުދައްރިސުންނަށް ފޫޅު ކަނޑައި ދަރިވަރުން އެކަނި ދިފާއު ކުރަައިރު ތިމަަގެ އަމިއްލަ ނަފްސާ ސުވާލު ކޮށްލަންޖެހޭ.

    • އިއްބެ

      ކޯޓުތަކުގެ ގާޒީން ނާ ފުލުހުން ކަންކަމުގަ ކަނޑާލާއިރު އަތް ޖަހާ ގުރޫޕަށް ވިސްނެންފެށީތޯއެވެ

    • ޓީޗަރު

      ބައެއް ޓީޗަރުންނާއި ޕްރިންސިޕަލުންނަށް ޒިންމާ ރަނގަޅަށް އަދާނުކުރެވޭ. ދެން މިހެން ބުނީމަ ރުޅިނުދުރުވާތި. އެންމެންގެ ވާހަކައެއް ނޫން މިދެންނެވީ. މިމައްސަލައިގައިވެސް ރަނގަޅަށް ނުބަލައި ބުލީގެ ޝިކާރަޔަކަށް ވީކުއްޖާ ގޯސްކޮށްލި ކަމަށް އެއޮތީ ލިޔުމުގައި. މިފަދަ ކަންތައްތައް ވަރަށް ހިކުމަތްތެރިކަމާއެކު ހައްލުކުރަންވާނެ. ގްރޭޑް އެކެއް އެއީ ވަރަށް ކުޑަ ގްރޭޑެއް.

    • ބަލަ މޮޔަޔާ.ބުލީ ކުރި ދަރިވަރުގެ ބެލެނިވެރިޔާ އެއްބަސް ވީމަ ދޮގު ހަދާނީ ބެލނިވެރިޔާއެއް ނޫންކަން އެބަ އެނގޭ. ހުރިހާ ކަމެއްގަ ޓީޗަރުން ބޮލަށް ކަންކަމެއް ނުކަނޑާ.

    • ބެލެނިވެރިޔެއް

      ދެން ތިބުނުއްވަނީ އުމުރުން ހަތް އަހަރުގެ ކުއްޖަކު ދޮގުހަދާނެއޭތަ؟ އެތައްކަމެއް ތަކުރާރުބުމަކީ ގަބޫލުކުރެވޭނެ ކަމެއްނޫން؟ ޓީޗަރސް ތިބޭ ވަރަށް ރަނގަޅު ކުދިންނާ ގުޅޭ ޓީޗަރސްވެސް. އެކަމަކު ހުރިހާ ޓީޗަރުންނެއް ނޫން

    • ތި ކިޔެނީ ކީކޭ ކަން އެންގޭތަ، ސްކޫލައް ކުއްޖާ ދޫކޮއްލަނީ އެމީހުންގެ ބެލުމުގެ ދަށައް. އެ މީހުންގެ ޒިންމާ އަދާ ނުކުރެވިގެން ކުދިންނައް ބޮޑެތި އަނިޔާ ލިބި ހައްލެއް ނުލިބުނީޔާ އެމީސްތަކުންގެ އަސްލު އަންގަން ޖެހޭ. މި އެތަކެއް މީހުންގެ ދަރީންނައް ކުރިމަތި ވާ ނުރައްކަލެއް. މޮޔަ ވެފަ ތަ ތިހެރީ؟؟