Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ބަންގްލަދޭޝް އިން ރާއްޖެއަށް މަސައްކަތު މީހުން ގެނައުމުގެ ހުއްދަ އަލުން ދޭން ފަށައިފި

ބަންގްލަދޭޝް އިން ރާއްޖެއަށް މަސައްކަތު މީހުން ގެނައުމުގެ ހުއްދަ އަލުން ދޭން ފަށައިފި

ބަންގްލާދޭޝް އަށް ނިސްބަތްވާ ލޭބަރުން (މަސައްކަތް ކުރާ މީހުން) ގެނެއުމުގެ ހުއްދަ އަލުން ދޭން ފަށައިފިއެވެ.

ބަންގްލާދޭޝް ލޭބަރުން ރާއްޖެ ގެނައުން މަނާކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ވެރިކަމުގައެވެ.

ބަންގްލާދޭޝްގެ ލޭބަރުން ގެނައުން މަނާކުރުމާ އެކު އިންޑިއާ އާއި ސްރީ ލަންކާ އަދި އެހެން ބައެއް ގައުމުތަކުން ރާއްޖެއަށް ލޭބަރުން ގެނައުން ވަރަށް ބޮޑަށް އިތުރުވިއެވެ.

Advertisement
Ooredoo — Square (box)

އެ ނިންމުން ބާތިލްކޮށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން މިއަދު ކުރި އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން ބަންގްލަދޭޝްއިން ދިވެހިރާއްޖެއަށް އަންސްކިލްޑް ލޭބަރުން ގެނެވޭގޮތަށް ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ.

އަދި އެހެންގައުމުތަކުން ރާއްޖެއަށް އަންސްކިލްޑް ލޭބަރުން މިވަގުތު މަޑުޖައްސާލާފައިވީ ނަމަވެސް މިއަދުގެ ނިޔަލަށް އެކްސްޕެޓް އޮންލައިން ސިސްޓަމަށް އަޕްލޯޑްކުރެވިފައިވާ ޑޮކިއުމަންޓްތައް ޕްރޮސެސް ކޮށްދޭނެ ކަމަށެވެ.

ގަވާއިދާ ހިލާފަށް ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ ގޮތުން ހާއްސަ އޮޕަރޭޝަންތަކެއް ފަށާ ގަވައިދާ ހިލާފަށް އުޅޭ ހުރިހާ ބިދޭސީން ރާއްޖެއިން ފޮނުވާލުމަށް ވަނީ އިމިގްރޭޝަނުން ނިންމާފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް