ޚަބަރު

ރާއްޖެއަށް ފަތުރުވެރިން ގެނެވޭނެ އައު މާކެޓުތަކެއް ހޯދުމަށް ދިރާސާ މަސައްކަތްތަކެއް ފަށައިފިން: ފާތުމަތު ތައުފީގު

ރައުފާ ރަޝީދު ، ދެން އޮންލައިން

ދިވެހިރާއްޖޭއަށް ފަތުރުވެރިން ގެނެވޭނެ އައު މާކެޓުތަކެއް ހޯދުމަށް ދިރާސާ މަސައްކަތްތަކެއް ފަށާފައިވާކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މެނޭޖިންގ ޑިރެކްޓަރު ފާތުމަތު ތައުފީގު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ފާތުމަތު ތައުފީގް ވިދާޅުވީ ރާއްޖެއަށް އިތުރު މާކެޓުތަކާއި، އެކްސްޕްލޯ ކުރެވެން ހުރި ތަންތަން މިހާރު ހޯދަމުންދާ ކަމަށެވެ.

އަދި ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެއަކީ ގިނަ މީހުންގެ މަގުބޫލުކަން ހޯދާފައިވާ ޤައުމެއް ކަމަށާއި ފަތުރުވެރިން އިތުރުކޮށް ރާއްޖެ އިސްތިހާރު ކުރަން ބޭނުންވާ ކަމަށް ފާތުމަތު ތައުފީގް ވިދާޅުވިއެވެ.

އޭނާ މިފަދައިން ވިދާޅުވެފައިވާއިރު މި އަހަރަށް ޓޫރިޒަމް މިނިސްޓްރީން ކަނޑައެޅި އަމާޒު ކަމުގައިވާ 1.8 މިލިއަން ވަނަ ފަތުރުވެރިޔާ އަށް އިއްޔެ ވަނީ މަރުޙަބާ ކިޔައިފައެވެ.

Ads by HDC
  1. އަޕްތީ

    މާކެޓިން ދާއިރާގަ އެއްވެސްހުނަރެއް ތަޖްރިބާ އެއްނެތި ޙާއްސަަކޮށް މިދާއިރާގަ ނޯހައު ނޭގޭ ގަބުޅިތާނައިން ކިޔަވާފަ ހުރިމީހަކަށް ކޮންކަމެއްބާ ކުރެވޭނީ!