Thursday, 5 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރޭ ދަންވަރު ވިލިމާލޭން މޫދަށް ގެނބުނު މީހަކު ސަލާމަތްކޮށްފި

ރޭ ދަންވަރު ވިލިމާލޭން މޫދަށް ގެނބުނު މީހަކު ސަލާމަތްކޮށްފި

ރޭ ދަންވަރު ވިލިމާލޭ މޫދަށް ގެނބުނު 32 އަހަރުގެ އަންހެނަކު ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ވިލިމާލޭ ބާބަކިއު ސަރަހައްދުގެ މޫދުގައި އަންހެނަކު ގެނބޭކަމަށް ރޭ 12:31 ހާއިރު މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

އަދި މި މަޢުލޫމާތު ލިބުމާއެކު ވަގުތުން ފުލުހުން އެޓެންޑުވެފައިވާ ކަމަށް ބުނެފައި ވެއެވެ.

Advertisement
Allied Insurance — Square (box)

އެގޮތުން އެޓެންޑުވި ފުލުސް މީހާގެ އެހީތެރިކަމާއެކު ގެނބުނު އަންހެންމީހާ ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ވިދާޅުވީ އެ އަންހެން މީހާއަށް ވިލިމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށާއި އޭނާގެ އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ގެނބުނު އެ މީހާ ސަލާމަތްކުރި ފުލުސް މީހާއަށްވެސް ލޮނު ބޮވި، ހާލު ގޯސް ވެގެން ވިލިމާލޭ ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ ކަމަށް ފުލުހުން ވިދާޅުވެފައި ވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް