Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ސްމާޓް ޓެގާއެކު ޙައްޖާޖީންގެ ރައްކާތެރިކަން ޙައްޖު ކޯޕަރޭޝްނުން އިތުރަށް ކަށަވަރު ކުރަނީ

ސްމާޓް ޓެގާއެކު ޙައްޖާޖީންގެ ރައްކާތެރިކަން ޙައްޖު ކޯޕަރޭޝްނުން އިތުރަށް ކަށަވަރު ކުރަނީ

ޙައްޖުގެ އަޅުކަމުގައި އުޅޭ ޙައްޖާޖީން ގެއްލޭތީ, އެކަމަށް ހައްލެއް ހޯދުމަށް ރާއްޖޭގައި ހައްޖަށް ގެންދާ ސަރުކާރުގެ ކުންފުނި, މޯލްޑިވްސް ކޯޕަރޭޝަނުން މަސައްކަތް ފަށައިފިއެވެ.

ކޮންމެ އަހަރެއްގެ  ޙައްޖުގެ އަޅުކަމުގައި 2 މިލިޔަންއަށްވުރެ ގިނަ މީހުން ބައިވެރިވެވެ. ރާއްޖެއިން ގިނަ ޙައްޖުވެރިން ޙައްޖުގެ އަޅުކަމަށް ދެއެވެ. އެގޮތަށް ގޮސް އުޅުމުގެ ތެރޭގައި ބައިބޯވެ, ގްރޫޕްއާ ވަކި ވެގެން ބައެއް ފަހަރު ޙައްޖާޖީން ގެއްލެއެވެ. އަދި މީހުން ހޯދުމަށް އިއުލާންކޮށް ވެސް ހަދައެވެ.

މި މައްސަލައަށް ހައްލު ހޯދަން ޙައްޖު ކޯޕަރޭޝަނުން ވަނީ އެންމެ ފަހުގެ ޓެކްނޮލޮޖީގެ ބޭނުން ކުރަން ނިންމާފައެވެ. ޙައްޖު ކޯޕަރޭޝަނުގެ ވިސްނުމަކީ ފަހުގެ ސެމްސަންގް ސްމާޓް ޓެގް ބޭނުން ކުރުމެވެ. ސްމާޓް ޓެގް ބޭނުންކޮށްގެން ޙައްޖާޖީން ތިބިތަން ވަގުތުން ބަލާލެވޭނެވެ. ސްމާޓް ޓެގްއަކީ ޙައްޖާޖީންގެ ދަބަހުގެ ތެރެއަށް ލާފައި ބާއްވާފައި އޮންނަ ޑިވައިސްއެކެވެ..

Advertisement
HDC — Sidebar (box)

"ޙައްޖުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޙައްޖު ކޯޕަރޭޝަން މެދުވެރިކޮށް ޙައްޖަށްދާ ހުރިހާ ޙައްޖާޖީންގެ އަތުގައި ސްމާޓް ޓެގް ބޭނުން ކުރުމަށް ޙައްޖު ކޯޕަރޭޝަނުން ނިންމައިފި" މިއަދު މީޑިއާއަށް ފޮނުވި މެސެއްގައި ޙައްޖު ކޯޕަރޭޝުން ބުންޏެވެ.

"ޙައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަން އެއީ އަޅުގަނޑުމެން އެންމެ ސަމާލުކަން ދޭކަންތައް. މިގޮތަށް ސްމާޓްޓެގް އޮތުމުން މާލޭގައި ތިއްބަވާ ބޭފުޅުންނަށް ހިތްހަމަޖެހުން އޮންނާނެ. ޙައްޖާޖީން ހޯދަން ޖެހޭ ހާލަތުގައި ފަސޭހައިން އެކަން ކުރެވޭނެ. އަދި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ވެސް މި ޑިވައިސް ބޭނުންކޮށް ލޮކޭޓްކޮށްލެވޭނެ"

އެކުންފުނިންވަނީ އެކަމަށް ބޭނުންވާ އާލާތްތައް ހޯދުމަށް އިއުލާންކޮށްފައެވެ.

<span lang="DIV">އެކުންފުނިން ހޯދަން އިއުލާންކޮށްފައިވަނީ ސެމްސަންގް ގެލެކްސީ ސްމާރޓް ޓެގް</span><span dir="LTR"> 2 </span><span lang="DIV">، ސެމްސަންގް ގެލެކްސީ އެސް 23 އަލްޓްރާ މޮބައިލް ފޯނު އަދި އެއާ ގުޅޭ ބައެއް ސާމާނެވެ. މި </span>ބީލަން ކަރުދާސް ހުޅުވުން އޮންނާނީ 03 ޖަނަވަރީ 2024 ވާ ބުދަ ދުވަހުގެ އެއް ގަޑި ސުންމިނެޓު (13:00) ގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް