ޚަބަރު

އާދަމް ޝަރީފަށް ރުހުން ދޭންޖެހޭ އެއްވެސް ސަބަބެއް ނުފެނޭ: ފައްޔާޒް

ރައުފާ ރަޝީދު ، ދެން އޮންލައިން

ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފަށް ރުހުން ދޭންޖެހޭ ސަބަބެއް ފެނިވަޑައިނުގަންނަވާކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު، އަދި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

Ads by MWSC

ފައްޔާޒް މިފަދައިން ވިދާޅުވީ ސަރުކާރުގެ ނިންމުންތަކަށް ފާޑު ކިޔައި ކޮރަޕްޝަންގެ އަމަލުތައް ހިންގަމުންދާ ކަމަށް ބުނެ، ހަބަރު ފަތުރަމުން ދިޔަ ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމްއަށް ނުވަދެވޭ ގޮތަށް ރޭ ބްލޮކް ކުރުމާއި ގުޅިގެންނެވެ.

މި ދެ ސައިޓު ބްލޮކް ކޮށްފައިވަނީ ލޯކަލް ގަވަނަންސް މިނިސްޓްރީގެ ދަށުގައިވާ މޯލްޑިވްސް ކޮމިއުނިކޭޝަންސް އޮތޯރިޓީ (ކޭމް) މެދުވެރިކޮށެވެ.

މިކަމާއި ގުޅިގެން ފައްޔާޒު ވިދާޅުވީ އާދަމް ޝަރީފް ޑިފެންސް މިނިސްޓްރީގައި ހުއްނެވިއިރު މަޖިލީހުގެ ތާރީހުގައި އަލަށް ސިފައިން ވައްދާ މެމްބަރުންނަށް އަނިޔާކުރެއްވި ކަމަށެވެ. އަދި މިހާރު ކޭމް މެދުވެރިކޮށް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނައްތާލުމަށް މަސައްކަތް ފައްޓަވާފައިވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

“ލާމަރުކަޒީ ނިޒާމް ވެސް ފުށިދިއްގަރަށް، ރުހުން ދޭންޖެހޭ އެއްވެސް ސަބަބެއް ނުފެނޭ” ފައްޔާޒު ވިދާޅުވިއެވެ.

ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި ރިޕޯޓް ފުރިހަމަނުވާ ކަމަށް ނިންމައި މިދިޔަ ބުދަ ދުވަހު ވަނީ އަލުން ކޮމިޓީއަށް ފޮނުވާފައެވެ. އެ ރިޕޯޓު އަލުން ދިރާސާކުރަން މާދަމާ ރޭ ކޮމިޓީ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

Ads by Allied Insurance
  1. ވަގުންނޭ

    ފުށި ދިއްގަރު ފަޅުހިއްކުން ތިޔާ ލަންކާ ކުންފުންނާއި އެކުވެފައިވާ އެއްބަސްވުން ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރޭ އެއިރުން ތިކަން ގަބޫލުކުރެވޭނީ އާރބަންކޯ އިން ހަދަނީ ރޯ ބުހުތާނު ދޮގޭ ތިޔާއީ ލަންކާ ކުންފުންނެކޭ މަމެން ގަބޫލެއް ނުކުރާނަމޭ ލަންކާ ކުންފުންނެއް ނަމަ ވަރަށް ވަގުވާނެއޭ ރާއްޖޭގެ އިގްތިސޯދު އަޅުވެތިކުރުމޭ ތީ ތިހުރިހާ ބިން ތައް އެމެން ވިއްކާނީ އިންޑިއާ ކުންފުނިތަކަށް ކަން ދުވާލު އިރު ފެންނަ ފަދައިން ޔަގީނޭ ލަންކާގެ ސީއެމްސީ އަތަކު ނެތް އެއްވެސް ކޮންނަ ބޯޓެއް ވެސް އަދި ވެހިކަލެއް ވެސް ހުރިހާ އެއްޗަކީ އެމްޓީސީސީގެ ތަކެތި އެމްޓީސީސީން ބިން ހިއްކަނީ ތެޔޮދެނީ ދަތުރު ޚަރަދުދެނީ މުސާރަދެނީ ލަންކާގެ ސީއެމްސީ ކުންފުނިން ކުރާ އެއްވެސް ޚަރަދެއް ނެތް ދެން އެކުންފުންނަށް ހުޅޫމާލޭން ޖުމްހޫރީ މައިދާން ވަރުގެ 1000 ބިން ހުޅުމާލޭން ދޭން ޖެހެންވީ ކީއްވެތޭ ތިގޮތަށޭ ފަލަސްތީނު ބިމުން ޔަހޫދީންނަށް ބިން ވިއްކީވެސް އެމްޓީސީސީ އާއި ބީއެމްއެލް ގުޅިގެން ތިކަން ނުކުރެވޭނެ އެއްވެސް ގޮތެއް ނުފެނޭ ތީ ސީދާ މުއިއްޒު އާއި އަދުރޭ ލަންކާގެ ވަގުންނާއި ގުޅިގެން ދިވެހި ފަސްގަނޑު ބޭރު ބަޔަކަށް ހިލޭދީގެން ކަޓްކާލަނީއޭ ތީ ސީދާ ގައުމަށް ގައްދާރުވުމޭ އެނޫންނަމަ އެއްވަސްވުން ނުފޮރުވާ ހާމަކުރޭ ހާމަކުރޭ ހާމަކުރޭ ހާމަކުރޭ

  2. ޢަޒްރާ

    ކަލޭމެން ފެބް ހަތެއްގަ ވެރިކަމުން އިސްތިއުފާދީފަ ފެބް 8ގަ މުޅިގައުމުގަ ހުޅުޖެހީމަވެސް ކލޭމެނަށް ރައްޔިތުން ވެރިކަންހަވާލު ކުރި އެހެން ބަޔަކު ކަމެއް ކުރީމަ ކަލޭމެނަށް ހަޖަމްވެސް ނުވޭ ދ؟

  3. މަޖިލިސް ގޮޅީގައި ސޭލް އަޅުވާ ނީލަން ކިޔައިގެން ތިބެ ސިޔާސީ ހަށި ވިއްކިޔަސް، ތިގޮޅި ގަންނާނެ ބަޔަކު ނުވާނެ، ތިޔަތަން ސާފު ކުރަން ވަރަށް އަވަހަށް ރައްޔިތުން ނިކުންނާނެ ކުޑަކާފު ބޮޑުކާފު ހިފައިގެން ! އިލެކްޝަން ކޮމިޝަނުން އެބަތައްޔާރުވޭ އަންނަ އަހަރު އެފުރުސަތު ރައްޔިތުންނަށް ދިނުމަށް، ކުޑަކާފު ބޮޑުކާފު ޖަހާ ދޮވެ ސާފުކުރާނީ !