ޚަބަރު

ސިވިލް ސާވެންޓުން އިންތިހާބެއްގައި ބައިވެރިވާނަމަ ހަ މަސް ކުރިން އިސްތިއުފާދޭން ޖެހޭ

އަލީ ސަމާޙް ، ދެން އޮންލައިން

ސިވިލް ސާވެންޓުން އިންތިހާބެއްގައި ބައިވެރިވާނަމަ 6 މަސް ކުރިން އިސްތިއުފާދޭން ޖެހޭނެ ކަމަށް އިލެކްޝަން ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.

Ads by STELCO

މާލެ ސިޓީގެ ބައި އިލެކްޝަން ގާތްވެފައި އޮއްވާ ރޭ ހަބީބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ  ގާނޫނު އަސާސީގައި ބަޔާންކުރެވިފައިވާ، އާންމު އިންތިހާބެއްގައި ވާދަކުރުމަށް ގަސްދުކުރާ، ސިވިލް ސާވިސްގެ މުވައްޒަފުން، އެ އިންތިހާބެއް ބާއްވާ ތާރީހުގެ މީލާދީ ހަ މަސްދުވަސް ކުރިން، އެ މުވައްޒަފަކު ހުރި ވަޒީފާއިން އިސްތިއުފާ ދޭންޖެހޭ ކަމަށެވެ.

ހަބީބް ވިދާޅުވި ގޮތުގައި މަގާމުން އިސްތިޢުފާ ނުދީހުރެ، އިންތިހާބަކަށް ކުރިމަތިލައިފިނަމަ، އެ މުވައްޒަފަކު ހުރި ސިވިލް ސާވިސްގެ ވަޒީފާއިން ވަކިކުރެވޭނެ ކަމަށް ސިވިލް ސާވިސްގެ ގާނޫނު ބުނާ ކަމަށެވެ.

އީސީގެ ނައިބް ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ސިވިލް ސާވަންޓުން އިންތިހާބުގައި ވާދަކޮށް ނުހޮވުނަސް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް އޮންނަ ފަދައިން، އަލުން އަނބުރާ ކުރިންހުރި ވަޒީފާއަށް އައުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާ އެއްގައި އުޅުން ނުވަތަ ނޫޅުން، އާންމު އިންތިހާބުތަކުގައި ބައިވެރިވުމުގެ ޝަރުތަކަށް އިލެކްޝަންސް ކޮމިޝަނުން ނުބަލާނެ.

ނަމަވެސް، ސިވިލް ސާވަންޓުން ސިވިލް ސާވިސްގެ ގާނޫނަށް އަމަލު ކުރޭތޯ ނުވަތަ ނޫންތޯ ސިވިލް ސަވީސް ކޮމިޝަނުން ބަލާނެ ކަމަށް ވިދާޅުވިއެވެ. ސިވިލް ސާވަންޓުން ދެ އިންތިހާބެއްގައި ދެގޮތަކަށް ޢއަމަލު ކުރަންޖެހުމުން، ބައެއް ފަހަރު މުވައްޒަފުންނަށް އޮޅޭގޮތްވުން އެކަށީގެންވާ ކަމަށް ހަބީބް ވިދާޅުވިއެވެ.

އެއީ ގާނޫނު ހަދާ މަޖިލީހުން ވިސްނާވަޑައިގަންނަވަންކަމު ހިނގައިދާނެ ނުކުތާއެއް.

ގާނޫނު އަސާސީން ލިބިދޭ އަސާސީ ހައްގުތައް ލިބިދިނުމުގައި ހުރި ތަފާތުތަކާމެދު، ދައުލަތުގެ ބަންޑާރަ ނައިބާއި، ގާނޫނުހަދާ މަޖިލީހުން މާބޮޑަށް ވެސް ވިސްނާވަޑައިގަންނަވާނެކަމީ ޝައްކެއް އޮތްކަމެއް ނޫން ކަމަށް ހަބީބް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!