Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ނައީޝް އަދިވެސް ނުފެނޭ، ހޯދުމުގެ މަސައްކަތް ކުރިއަށް

ނައީޝް އަދިވެސް ނުފެނޭ، ހޯދުމުގެ މަސައްކަތް ކުރިއަށް

ސ. މަރަދޫ ކުރެދުމާގޭ މުޙައްމަދު ނައީޝް (18) ހޯދުމަށް އެމްއެންޑީއެފް ސަދަން އޭރިޔާ ކޮމާންޑް ކޯސްޓްގާޑު ފޯތު ރަންއިން ކުރިއަށްދާ އޮޕަރޭޝަންގައި އަދިވެސް އޭނާ ހޯދިފައެއް ނުވެއެވެ.

އެމްއެންޑީއެފުން ރޭ ދަންވަރު ބުނީ ނައީޝް ހޯދުމަށް ވައިގެމަގުން 23.46 ސްކުއަރ ނޯޓިކަލް މޭލު، ކަނޑުމަގުން 490 ސްކުއަރ ނޯޓިކަލް މޭލު އަދި ޑައިވްކޮށްގެން 1 ސްކުއަރ ނޯޓިކަލް މޭލު ބެލިފައިވާ ކަމަށެވެ.

ނައީޝް ގެއްލިގެން ރިޕޯޓްކޮށްފައިވަނީ ބުރާސްފަތިދުވަހުގެރޭ 22:10 ހާއިރުއެވެ.

Advertisement
Allied Insurance — Square (box)

ގްރޭޑް 12 ގައި ތައުލީމު ހާސިލްކުރާ ޒުވާނާ، ގެއްލިފައިވަނީ އިތުރު ތިން މީހަކާއި އެކީ ސ.ގަމުގެ ދެކުނު ފަރާތަށް އިހި ނަގަން ގޮސް އުޅުމުގެ ތެރޭގައެވެ.

ނައީޝް ގެއްލުނުއިރު ލައިގެން ހުރީ އަތްދިގު ހުދު ކުލައިގެ ޓީޝާޓެއްކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

ގެއްލުނު ޒުވާނާ ހޯދުމުގެ މަސައްކަތް ވައިގެ މަގުންވެސް އަންނަނީ ކުރަމުންނެވެ.

ނައީޝް އާއި ބެހޭ އެއްވެސް ހަބަރެއް ވޭތޯ އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި، އެ ހިސާބުގެ ރަށްތަކުން ބަލައިދިނުމަށް އެމްއެންޑީއެފް އިން އެދެއެވެ. އަދި އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅައިގެން ހިއްސާކުރުމަށްވަނީ އެދިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް