ޚަބަރު

ވޯކް ޕާމިޓް މެޑިކަލްގައި ފައިލޭރިއާ ސްކްރީނިން ހެދުމަށް މަޝްވަރާތައް ދަނީ ކުރަމުން: ހެލްތް

އަލީ ސަމާޙް ، ދެން އޮންލައިން
ބިދޭސީންތަކެއް-- ފޮޓޯ: އަވަސް

ރާއްޖެއަށް މަސައްކަތު، ބިދޭސީން އެތެރެވާއިރު ހަދާ ވޯކް ޕާމިޓް މެޑިކަލްގައި ފައިލޭރިއާ ނުވަތަ ފައިފަލަ ބަލިގެ ސްކްރީނިން ހެދުމަށް މަޝްވަރާކުރަމުންދާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

Ads by MWSC

މަދިރީގެ ސަބަބުން ފެތުރޭ ބައްޔެއް ކަމަށްވާ ފައިލޭރިޔަކީ ރާއްޖެ އިން އެއްކޮށް ނައްތާލެވިފައިވާ ބައްޔެކެވެ. އެ ބަލި ރާއްޖެއިން ނައްތާލެވިފައިވާކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން އިއުލާންކޮށްފައިވަނީ 2016 ވަނަ އަހަރުގެ ޖޫން މަހުއެވެ. މި ފަހުން މި ބަލި ރާއްޖޭއިން ފެނިފައިވަނީ ކުޅުދުއްުފުށި ސިޓީގައި ހެލްތް މިނިސްޓްރީން ހިންގީ މެޑިކަލް ކޭމްޕެއްގެ ތެރެއިންނެވެ. ކުޅުދުއްުފުށިން ޕޮޒިޓިވްވި 25 މީހުންނާއި، ހުޅުމާލެއިން ޕޮޒިޓިވްވި މީހާއެކު ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 26 އަށް އަރާފައެވެ. އެ އެންމެންނަކީވެސް ބިދޭސީންނެވެ.

ފައިލޭރިއާ ގުޅޭ ގޮތުން ދައުލަތުގެ މީޑިއާ، ޕީއެސްއެމް ގައި ވާހަކަ ދައްކަމުން ހެލްތު މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު ސާވިސަސް ޑރ. އަހްމަދު އަޝްރަފް ވިދާޅުވީ، އާއްމު އުސޫލަކުންނަމަ ވޯކް ޕާމިޓް މެޑިކަލް ހައްދާއިރު ހައްދަނީީ ހެޕެޓައިޓިސް، އެޗްއައިއިވީ އަދި ޓިއުބަ ކްލޯސިސް (ޓީބީ) ފަދަ ބަލިތަކަށް ކަމަށެވެ. އެހެންކަމުން، މިހާތަނަށް ފައިލޭރިޔާ އަށް ސްކްރީން ކުރުން ވޯކް ޕާމިޓްގައި ހިމަނާފައިނުވާނެ ކަމަށް އަޝްރަފް ވިދާޅުވިއެވެ. ނަމަވެސް މިހާރު ރާއްޖެއިން ބަލި ފެނުމުން ވޯކްޕާމިޓް މެޑިކަލްގައި އެކަން ހިމެނުމުގެ މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށް ވިދާޅުވިއެވެ.

މިހާރު އަޅުގަނޑުމެން މަޝްވަރާކުރަމުން ގެންދަނީ މިގޮތަށް ވޯކްޕާމިޓް މެޑިކަލްގައި ހިމެނުން އެއީ ކިހާ މުހިއްމުތޯ އާއި، އަޅުގަނޑުމެންނަށް އިމްޕޯޓްވާ ކޭސްތައް ކަމެއްތޯ އާއި ދެނެގަތުމަށްޓަކައި ވޯކް ޕާމިޓް މެކޭނިޒަމްގެ ތެރެއިން އައިޑެންޓިފައި ކުރެވުނު ގޮތް ހޯދުން

އަޝްރަފް ވިދާޅުވި ގޮތުގައި ބިދޭސީއަކަށްވިޔަސް އެމީހެއް ފަރާތުން ބައްޔެއް ފެންނަ ހިސާބުން ފެށިގެން ދޭން ޖެހޭ ފަރުވާ އާއި ކައުންސިިލިން ދޭން ޖެހެއެވެ.

ކުޅުދުއްުފުށިން ފައިލޭރިޔާ ކޭސްތައް ފެނުމާއެކު ޓެސްޓިން ކެޕޭސިޓީ އިތުރުކޮށް ބައްޔަށް ސްކްރީން ކުރުމުގެ މަސައްކަތް ހެލްތް މިނިސްޓްރީން ވަނީ ފުޅާކޮށްފައެވެ. އޭގެ އިތުރުން ކައުންސިތަކާއި، އެޗްޕީއޭ ހިމެނޭ ގޮތަށް އެމެޖެންސީ އޮޕަރޭޝަން ޓާސްކް ފޯހެއް ކުޅުދުއްުފުށީގައި ވަނީ އެކުލަވާލާފައެވެ. މަދިރިން ރައްކާތެރިވުމުގެ ގޮތުން ރަށު ތެރެ ސާފުކުރުމާއި، މަދިރި އުފެދޭ ތަންތަން ނައްތާލުމާއި، ރަށު ތެރެ ފޮގް ކުރުން ފަދަ މަސައްކަތްތައްވެސް ވަނީ ފަށާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!