ޙައްޖު ކޯޕަރޭޝަނަށް ލިބުނު އިތުރު ކޯޓާގައި މިފަހަރު ޙައްޖުގެ އަޅުކަން އަދާކުރަން ފުރުސަތު ލިބުނު ފަރާތްތަކަށް އެކަން އަންގައިފި

ސަރުކާރުގެ ކުންފުނި, ޙައްޖު ކޯޕަރޭޝަނުގެ ފަރާތުން މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރަން ފުރުސަތު ލިބުނު ފަރާތްތަކަށް އެކަން އަންގައިފިއެވެ.
މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ރާއްޖެއަށް ލިބުނު ހުރިހާ ކޯޓާއެއް ޙައްޖު ކޯޕަރޭޝަނަށް ދޭން ނިންމާ, އިސްލާމިކް މިނިސްޓްރީން ކޯޓާތަށް ވަނީ ހަވާލުކޮށްފައެވެ. އެގޮތަށް ނިންމާފައިވަނީ ޙައްޖު ކިއު ދިގުވުމާއި, އަމިއްލަ ފަރާތަތަށް ދޫކުރާ ކޯޓާތަކުން ބޮޑު އަގުގައި ތަރުތީބެއްނެތި ހައްޖުގެ އަޅުކަން ކުރުމަށް ފުރުސަތު ދޭތީއެވެ.
މިއަދު މީސްމީޑިއާ "އެކްސް"ގައި ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަކީލް ވިދާޅުވީ, ހައްޖު ކޯޕަރޭޝަނަށް އިތުރަށް ލިބުނު ކޯޓާއަށް ހައްޖު ކިއު ސިސްޓަމްގެ ތަރުތީބުން ހައްޖަށް ދިއުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ހައްޖުގެ ދައުވަތު ފޮނުވާފައިވާ ކަމަށެވެ.
މިވަގުތު 5,900އަށްވުރެ ގިނަ މީހުންވަނީ ޙައްޖުގެ އަޅުކަން އަދާކުރުމަށް ނަން ނޯޓްކޮށްފައެވެ.ހައްޖު ކޯޕަރޭޝަނަށް އިތުރަށް ލިބުނު ކޯޓާއަށް ހައްޖު ކިއު ސިސްޓަމްގެ ތަރުތީބުން ހައްޖަށް ދިއުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ހައްޖުގެ ދައުވަތު ވަނީ ފޮނުވިފައެވެ. 1445މ ވަނަ އަހަރު ހައްޖުގެ މާތް އަޅުކަން އަދާ ކުރުމަށް ވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ހުރިހާ… pic.twitter.com/nmeltKcQrW
— Mohamed Shakeel 🇲🇻 (@schakyyl) December 27, 2023






ކޮމެންޓް