ޚަބަރު

ތިލަމާލެ ބްރިޖް މަޝްރޫޢު އަވަސް ކުރުމަށް އިންޑިއާ ސަރުކާރުގައި އެދިވަޑައިގެންފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދާ ދުވެލި ލަސްކަމުން، އެ މަސައްކަތް އަވަސްކުރުމަށް އިންޑިއާ ސަރުކާރުގައި އެދިވަޑައިގެންފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑުގެ 61 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ގެނެސްދިން "ބާއްޖަވެރި ހެނދުނެއް"ގެ ޚާއްޞަ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ރައީސް ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ބޭއްވެވި މަޝްވަރާތަކުގައި ބުރިޖުގެ މަސައްކަތް 2025 ވަނަ އަހަރާ ހަމައަށް ނިންމައި ދިނުމަށް އެދިފައިވާނެ ކަމަށެވެ.

ތިލަމާލެ ބްރިޖު އަޅަން އިންޑިއާގެ އެފްކޯންސް ކުންފުންޏާ އެކު އެއްބަސްވުމުގައި ސޮއި ކުރީ 2021 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 26 ވަނަ ދުވަހުއެވެ.

މި އެއްބަސްވުމުގައިވާ ގޮތުން މަސައްކަތް ނިމޭނީ 2026 ވަނަ އަހަރުގެ ފަހުކޮޅު ނުވަތަ 2027 ވަނަ އަހަރުގެ ކުރީކޮޅު ކަމަށް ރައީސް މުޢިޢްޒު ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ބްރިޖުގެ މަސައްކަތުގެ ތެރެއިން ވިލިމާލެއާއި ހަމައަށް އަންނަ އަހަރު ނިމޭއިރަށް ނުވަތަ 2025 ވަނަ އަހަރުގެ ކުރީކޮޅަށް ނިންމުމަކީ ވަރަށް ބޮޑު ވަރު،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސިނަމާލެ ބްރިޖްގެ މަސައްކަތް ކުރިއަށް ގެނދިޔަ ގޮތަށް ތިލަމާލޭގެ މަސައްކަތްތައްވެސް ބަދަލުކުރެވޭތޯ ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށާއި، މިމަސައްކަތުގައި ހުރި ޓެކްނިކަލް ކަންތައްތައް ދެ ޤައުމުގެ އިސްވެރިން ވާހަކަދައްކައިގެން ދެނެގަނެ ބްރިޖުގެ މަސައްކަތް އަވަހަށް ނިންމުމަށް ބާރުއަޅުއްވާނެ ކަމަށެވެ.

 

  1. ފޭކްދޯ

    ސިއްޚީ ވަޒީރަށް ނޭގޭނެއޭ ޑްރޯން މަސައްކަތް ކުރާގޮތް ރަނގަޅަށް ޑްރޯން އުދުއްސާ މަންޒިލާއި އަދި ލިބޭ މަންޒިލް ގައި ވެސް އޮޕަރޭޓަރުން 24 ގަޑިއިރު ތިބެން ޖެހޭނެއޭ ޑްރޯން ދުއްވާނަމަ އަދި ޑްރޯންސް ތަކަކީ އެއީ ވަކި ރޫޓަކުން ދަތުރު ކުރަން ޖެހޭނެ އެއްޗިއްސޭ އެނޫންނަމަ އޭގެ ސަބަބުން މަތިން ދުއްވާ ބޯޓް ތަކާއި ޑްރޯން އާއި މެދު މުޑިއަރާ އެތައް ބައެއްގެ ފުރާނަ ވެސް ހިނގައިދާނެއޭ ތިޔާ ޑްރޯން ގައި ބޭސް ފޮނުވުމަށް ވުރެން ޚަރަދުކުޑަވާނެއޭ އެއަރފްރައިޓް ކުރުން މާބޮޑަށް ޚަރަދުކުޑަވާނެއޭ އެއީ ޔަގީން ކަމެކޭ ޔަގީނޭ މުއިއްޒު އެއީ ކަނޑުކޮހެކޭ އޭނާ އެއީ ފޭކް ޕީއެޗްޑީ އެއް ކަން ބަލާލި ކޮންމެ ދިމާލަކުން ވެސް ދަނީ އެނގިސާބިތުވަމުންނޭ…