ޚަބަރު

ރިސޯޓަށް ހަދަން ދޫކުރި 63 ރަށެއް ނުހެދި، ސަބަބުތައް ހޯދަނީ

އަލީ ސަމާޙް ، ދެން އޮންލައިން
ރިސޯޓެއްގެ މަސައްކަތް ކުރިއަށް ދަނީ/

ރިސޯޓު ތަރައްގީކުރަން ދޫކުރި 63 ރަށެެއް ނުހެދި އެބައޮތް ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މިނިސްޓަރު ފައިސަލް އެހެން ވިދާޅުވީ، ރޭ ޕީއެސްއެމްގެ ''ރާއްޖެމިއަދު'' ޕްރޮގްރާމް ގައި ވާހަކަ ދައްކަވަމުންނެވެ. ފައިސަލް ވިދާޅުވީ އެގޮތަށް ދޫކޮށްފައިވާ ރަށްތައް މާކެޓަށް ނުނެރެވުމަކީ ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށެވެ.

މިނިސްޓްރިގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 63 ރަށެއް އެބައޮތް ދޫކުރެވި، އެވޯޑް ކުރެވިގެން ބައެއް ރަށްރަށް އެބަހުރި 20 އަހަރު، 10 އަހަރު 15 އަހަރު، އެހެން ނަމަވެސް އެ ރަށްތައް މާކެޓަށް ނުނިކުމެ

ފައިސަލް ވިދާޅުވީ އެކަމާއި ގުޅިގެން މިހާރު ކުރެވެމުންދާ މަސައްކަތްތަަކަކީ އެ ރަށްތައް އައިޑެންޓިފައިކޮށް އެ ރަށްތަކަށް އިންވެސްޓު ކޮށްފައި ތިބި ވިޔަފާރިވެރިންނާއެކު މަޝްވަރާ ކުރުމުގެ މަސައްކަތް ކަމަށެވެ. އެ މަޝްވަރާގެ ތެރެއިން ރަށްތައް ނުހެދި ހުރި ސަބަބު ބަަލައި ހޯދާނެ ކަމަށް ވިދާޅުވިއެވެ.

ކޮބައިތޯ އެ ވިޔަފާރިވެރިންނަށް ހުރި ދަތިތަކަކީ. ކީއްވެގެންތޯ މިހާ ދުވަސްވިއިރުވެސް އެ ރަށްތައް ޓޫރިޒަމް މާކެޓަށް ނުނެރެވި އެހުރީ ސަބަބކީ ކޮބައިތޯ.

މިނިސްޓަރު ވިދާޅުވީ އެ ރަށްތައް ވީހާވެސް އަވަހަކަށް މާކެޓަށް ނެރުމަށްޓަކައި ސަރުކާރަށް ކޮށްދެވޭނެ ކަންތައްތަ ކަންތައްތައްތަކީ ކޮބައިތޯ އޮޅުން ފިލުއްވާނެ ކަމަށެވެ. ނުހެދި ހުރި ރަށްތައް ހެދުމަށްޓަކައި ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ހޯދޭނެ ފަސޭހަތަކާއި ގުޅޭ ގޮތުން އެޓާނީ ޖެނެރަލްއާ އެކު މަޝްވަރާކުރެވެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ކޮންކަހަލަ ފަސޭހަތަކެއްތޯ އަޅުގަނޑުމެންނަށް ގަވާއިދު ތެރެއިން ގާނޫނު ތެރެއިން ހެދޭނީ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފަހު ގާނޫނު އަސާސީއަށް ވެސް ގެންނަން ޖެހޭ މުހިއްމު ބަދަލުތައް އިންޑަސްޓްރީގެ އެކްސްޕާޓުންގެ ހިޔާލުތަކަށް  ފަހު އެ ގަވާއިދު ޑްރާފްޓޫ ކުރެވިގެންދާނީ.

ފައިސަލް ވިދާޅުވި ގޮތުގައި އަމާޒު ހިފާފައިވަނީ ނުހެދި ހުރި ރަށްތަކުގެ ތެރެއިން 50 އިންސައްތަ ރަށްތައް މި ފަސް އަހަރުގެ ތެރޭ ނިންމާލުމަށެވެ.

އިންވެސްޓަރުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައިގެން އެކަން ބާރު ސްޕީޑެއްގައި ކުރިއަށްދާނެކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ، ރަށްތައް ނުހެދި ހުންނަ މައިގަނޑު ސަބަބަކީ އިންވެސްޓަރުން ހޯދަން ދަތިތަކާި ކުރިމަތިލާން ޖެހުމާއި ބޭންކުން ފައިނޭންސް ހޯދުން ކަމަށެވެ. ނަމަވެސް އެކަމުގެ ހައްލަކީ މި ސަރުކާރުން ވައުދުވެފައިވާ އިންވެސްޓްމެންޓް ބޭންކު ކަމަށް ވިދާޅުވިއެވެ.

އިންވެސްޓުމެންޓް ބޭންކެއް އުފައްދަން ރައީސް ޑރ މުހައްމަދު މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވީ އެ ފަދަ ކަންތައްތަކާއި ހެދި ކަމަށާއި، ބޭންކު ގާއިމްކުރެވިގެން ދިޔުމުން ފަތުރުވެރިކަމުގެ ދާއިރާއަށް އަލަށް ވަންނަން ބޭނުންވާ ވިޔަފާރިވެރިންނާއި ރަށްތައް ނަގާފައި ތިބި ވިޔަފާރިވެރިންނަށްވެސް ހައްލު ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އަންނަ އަހަރު 15 ރިސޯޓެއް ރާއްޖޭގައި ހުޅުވިގެންދާނެ ކަމަށާއި އެއާ އެކު 1000 އެނދު އިތުރުކުރެވިގެންދާނެ ކަމަށެވެ. އަދި އިތުރު އިންވެސްޓުމެންޓްތައްވެސް ރާއްޖެއަށް ގެނެވޭނެ ކަމުގެ އުއްމީދު ވަރަށް ބޮޑު ކަމަށް ވިދާޅުވިއެވެ.

ދާދި ފަހުން ރައީސް މުއިއްޒު ތުރުކީއަށް ކުރެއްވި ދަތުރުފުުގައި ބައިވެރިވެވަޑައިގެންނެވި ފައިސަލް ވިދާޅުވީ، އެ ދަތުރުގައިވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިންވެސްޓް ކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރެވިފައިވާ ކަމަށެވެ.

Ads by Ooredoo
  1. ވަގުންނޭ

    ބަސް ވަރަށް މަދު ފިރުއައުނުގެ ވެސް ފިރުއައުނު އޭނާގެ ގައުމުގެ މީހުންނާއި ދުވަަހަކު ވެސް މުޚާތަބު ކޮށް ވާހަކަ ނުދައްކާ އެކަަމަކު ސިއްރިއްޔާތުގައި އޭނާ ހާމާނާއި ވާހަކަ ދައްކައިގެން މުޅި ގައުމު ދަވާލިއޭ އެއަށް ކިޔަނީ މުނާފިގުންނޭ ހަމަ އެގޮތޭ މުއިއްޒު ވެރިކަަމަށް އަންނަން ވެސް ކަންކުރީ މާލޭގެ މޭޔަރަކަށް ހުރެގެން މުޅި މާލޭގެ މަގުތައް ފޮތި ފޮތި ކޮށްފައި ޕީޕީއެމް ޕީއެންސީ ސެނެޓް މެމްބަރުންނަށް ވިއްކާލާ ދެން އެމެން ބޮޑު އަގުގައި އެ ޕާރކިންގް ސްލޮޓް ތައް ވިއްކީދޯ މުއިއްޒު އެއީ ބޮޑުވަގެކޭ މުއިއްޒު އެއީ ބޮޑުވަގެކޭ މުއިއްޒު އެއީ ބޮޑުވަގެކޭ މުއިއްޒު އެއީ ބޮޑުވަގެކޭ މުއިއްޒު އެއީ ބޮޑުވަގެކޭ މުއިއްޒު އެއީ ބޮޑުވަގެކޭ މުއިއްޒު އެއީ ބޮޑުވަގެކޭ މުއިއްޒު އެއީ ބޮޑުވަގެކޭ މުއިއްޒު އެއީ ބޮޑުވަގެކޭ މުއިއްޒު އެއީ ބޮޑުވަގެކޭ މުއިއްޒު އެއީ ބޮޑުވަގެކޭ މުއިއްޒު އެއީ ބޮޑުވަގެކޭ މުއިއްޒު އެއީ ބޮޑުވަގެކޭ މުއިއްޒު އެއީ ބޮޑުވަގެކޭ މުއިއްޒު އެއީ ބޮޑުވަގެކޭ

  2. ވަގުންނޭ

    ނެހެދި ހުރި 63 ރިސޯރޓް ހަދަން ޓޫރިޒަމާއި ބެހޭ ގާނޫނަށް ބަދަލު ތަކެއް ގެންނާން ނުޖެހޭނެއޭ ބަދަލުގައި ކުރަން ޖެހޭނެ ކަމަކީ ނުހެދި ހުރި ރިސޯރޓް ތައް ފުރަތަމަ ޓޫރިޒަމް މިނިސްޓްރީން ދިނީ އެއީ ކައްޕަޅި ޕްރޮޕޯސަލް ތަކެއް ހުށައަޅަން ބުނެގެން ޓެނިސް ބޯޅަ ވައްޓައިގެން ކޮރަޕްޝަނާއި ފަސާދައިގެ ތެރޭން ދޫކޮށްފައިވާ ރަށްތަކޭ އެރަށްތައް ހެދޭނީ އެއްބަސްވުމުގައިވާ ގޮތަށް ސަރުކާރުން އެހުރިހާ ރަށްތައް އަތުލިިއްޔާއޭ ޅ. އަތޮޅު ހުދުފުށި ދުވަހަކު ވެސް ނެހެދޭނެއޭ ކަނޑުކޮހޭ އަދުރޭގެ ދަރި ފައިސަލް ގޮވަނީ އޭނާ އަކީ ކަނޑުކޮހެކޭ ތިޔާއީ ބޮޑުވަގެއްގެ ދަރިއެކޭ އޭނާ އަށް އިނގޭނީ ސަރުކާރުން ވައްކަން ކުރާށޭ އެނޫން ކަމެއް އޭނާ އަށް ނުވާނެއޭ ފައިސަލް އެއީ ބޮޑުވަގެކޭ ފައިސަލް އެއީ ބޮޑުވަގެކޭ ފައިސަލް އެއީ ބޮޑުވަގެކޭ ފައިސަލް އެއީ ބޮޑުވަގެކޭ ފައިސަލް އެއީ ބޮޑުވަގެކޭ ފައިސަލް އެއީ ބޮޑުވަގެކޭ ފައިސަލް އެއީ ބޮޑުވަގެކޭ ފައިސަލް އެއީ ބޮޑުވަގެކޭ ފައިސަލް އެއީ ބޮޑުވަގެކޭ ފައިސަލް އެއީ ބޮޑުވަގެކޭ ފައިސަލް އެއީ ބޮޑުވަގެކޭ ފައިސަލް އެއީ ބޮޑުވަގެކޭ ފައިސަލް އެއީ ބޮޑުވަގެކޭ ފައިސަލް އެއީ ބޮޑުވަގެކޭ ފައިސަލް އެއީ ބޮޑުވަގެކޭ ފައިސަލް އެއީ ބޮޑުވަގެކޭ ފައިސަލް އެއީ ބޮޑުވަގެކޭ ފައިސަލް އެއީ ބޮޑުވަގެކޭ ފައިސަލް އެއީ ބޮޑުވަގެކޭ ފައިސަލް އެއީ ބޮޑުވަގެކޭ ފައިސަލް އެއީ ބޮޑުވަގެކޭ ފައިސަލް އެއީ ބޮޑުވަގެކޭ ފައިސަލް އެއީ ބޮޑުވަގެކޭ