ޚަބަރު

ފެންބޮޑުވުމުން ގެއްލުން ލިބުނު ގެތަކަށް ރައީީސް ޒިޔާރަތް ކުރައްވައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މާލެއަށް ބޯކޮށް ވާރޭ ވެހި، ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބުނު ގެތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޒިޔާރަތް ކުރައްވައިފިއެވެ.

Ads by MWSC

މާލެއަށް މިއަދު ވެސް ވަރަށް ބޯކޮށް ވާރޭވެހިފައިވާއިރު، މަގުތަކުގައި ފެންބޮޑުވެ، ގެތަކަށާއި ފިހާރަތަކަށް ފެންވަދެ ގެއްލުންތަކެއްވެފައެވެ.

ރައީސް މުޢިއްޒު ވަނީ ގެއްލުން ލިބުނު މިއަދު ޒިޔާރަތް ކުރައްވައި، އެ ގެތަކުގައި ދިރިއުޅޭ މީހުންގެ ހާލު ބައްލާލައްވައިފައެވެ.

މި ޒިޔާރަތުގައި ނައިބު ރައީސް ޙުސެއިން މުޙައްމަދު ލަޠީފު އަދި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް ކ. އަތޮޅުން އދ. އަތޮޅަށް އަށް އޮރެންޖެ އެލާޓު ވެސް ވަނީ މޫސުމާ ބެހޭ ޤައުމީ އިދާރާ އިން ނެރެފައެވެ.

Ads by HDC
  1. ދިސްވޭ

    ޕީރިއަޑިކް ޓޭބަލް ގައި ވޯޓަރ އެޓޮމް ލިސްޓް ކޮށްފައި ނެތީ އެއީ ފެނުގައި ތިން އެޓޮމް އެކުލެވިފައިވާތީ ފެން މޮލިކިއުލް އަކީ ތިން އެޓޮމް އެއެކުރެވިގެން އުފެދިފައިވާ މޮލިކިއުލް އަށްވާތީއޭ ވޯޓަރ މޮލިކިއުލް އަކީ އެއީ ކޮމްޕައުންޑް ވޯޓަރ މޮލިކިއުލް އަކީ އޮކްސިޖެން އެޓޮމް މެދުގައި ހުރެމެ އޭގެ ދެފަރާތުގައި ދެ ހައިޑްރޮޖެން ސެލް ގުޅިފައިވާތީއޭ މީ ފެން އުފައްދަވާފައިވާ ގޮތަކީ އަދު ފެނުން ކަރަންޓް އުފައްދަން އުޅެނީ ހައިޑްްރޮޖެން މޮލިކިއުލްސް ބޭނުންކޮށްގެންނޭ

  2. ޢިސްތިއުފާ

    ހުޅުމާލޭން ޖުމްހޫރީ މައިދާން ވަރުގެ 100 ބިން ލަންކާ ކުންފުންނަކަށް ހިލޭ މިސަރުކާރުން ދޭން ޖެހުނީ ކިއެއްވެތޭ އެކުންފުނިން ކުރާ ކަމަކީ ކޮބައިތޭ އެމްޓީސީސީގެ ކޮންނަ ބޯޓް ހިލޭ އެކުންފުންނަށް ދިނީ ކިއެއްވެތޭ އެމްޓީސީސީ ބަނގުރޫޓް ކޮށްލަނީ ކިއެއްވެތޭ ހުޅުމޭ ބިން ލަންކާ ކުންފުންނަށްދިނުމުގެ ކުރިން ހުޅުމާލޭން ބިން ހުސްވެއްޖެކަމަށް މި ސަރުކާރުން ބުނީ ކިއެއްވެތޭ…