ޚަބަރު

ޖަޕާނަށް އައި ބިންހެލުމުގެ ނުރައްކަލެއް ރާއްޖެއަކަށް ނެތް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ޖަޕާނުގެ މެދުތެރެއަށް ބާރުގަދަ ބިންހެލުމެއް އައިސްފައިވާއިރު، މި ބިންހެލުމުގެ އެއްވެސް ނުރައްކަލެއް ރާއްޖެއަށް ނެތް ކަމަށް މެޓް އޮފީހުން ބުނެފިއެވެ.

Ads by STELCO

ޖަޕާނުގެ މެދުތެރެއަށް އައި މި ބިންހެލުން އައިސްފައި ވަނީ 7.3 މެގްނެޓިއުޑްގެ ބާރުމިނުގައިއެވެ.

މި ބިންހެލުމާއި ގުޅިގެން ޖަޕާނުގެ ހުޅަނގު އައްސޭރިފަށުގެ ބޮޑު ސަރަހައްދަކަށް ސުނާމީގެ އިންޒާރު ވަނީ ނެރެފައެވެ.

މިބިންހެލުން އައިސްފައި ވަނީ، ޖަޕާނުގެ ގަޑިން 11:10ގައި، ރާއްޖޭގަޑިން މެންދުރު 12:10 ގައެވެ.

މި ބިންހެލުން އައިސްފައި ވަނީ ޖަޕާނުގެ ރަށެއް ކަމުގައިވާ، އަނަމިޒޫގެ އިރު އުތުރުން 42 ކިލޯމީޓަރު ދުރަށެވެ.

ޖަޕާނަކީ އާއްމުކޮށް މިފަދަ ބިންހެލުންތައް އަންނަ ޤައުމެކެވެ. ދާދި ފަހުން އިންޑިއާ ކަނޑުގެ ސަރަހައްދަށް ވަނީ ހަތަރު ބިންހެލުމެއް އައިސްފައެވެ.

Ads by HDC
  1. ދިސްވޭ

    ބިން ހެލުމަކީ އެއީ އާންމު ގުދުރަތީ ކާރިސާއެކޭ ދުވާލަކު 9 ހާހަށް ވުރެން ގިނަ ބިންހެލުން ދުނިޔެ އަށް އަންނާނެއޭ އެކަަމަކު ގިނަ ބިންހެލުން ތަކަކީ ރިކްޓަރ މިންގަނޑުން 2 އަށް ވުރެން ދަށް ވުމުން އޭގެ އަސަރު ނުކުރަނީ މިނަން ގެންގުޅޭނީ ސައިޒްމޯގްރާފް ބިންހެލުން އަންނަ ވައްތަރު ތަކަކީ 1. ޓެކްޓޯނިކް ބިންހެލުން 2. ކޮލަޕްސް ބިންހެލުން 3. އަލިފާންފަރުބަދަ ގޮވާ ބިންހެލުން 4. ޑްރިލިންގް އެން މައިނިންގް ބިންހެލުން (4) މީ އިންސާނުންގެ ސަބަބުން އަންނާނެ ބިންހެލުން މިކަންކަމަކީ ގުދުރަތުން ދުނިޔެ އުފައްދަވާފައިވާ ގޮތޭ