ޚަބަރު

ތިން ސަރަހައްދެއްގައި ރިހިބިލިޓޭޝަން ފަރުވާ ދޭ މަރުކަޒު ޤާއިމު ކުރަނީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ކ.ކާށިދޫ، ނ.ވެލިދޫ އަދި ލ.އަތޮޅުގައި ރިހިބިލިޓޭޝަން ފަރުވާ ދިނުމަށް މަރުކަޒު ގާއިމު ކުރުމަށާއި، ޤާނޫނާ އެއްގޮތަށް ފަރުވާދޭ މަރުކަޒުތައް ހިންގުމުގެ ހުއްދަ ދެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

Ads by STELCO

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ މި ހަފުތާގެ އާދިއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، އިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

އެގޮތުން މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ކޮމިއުނިޓީބޭސްޑް ރިހެބިލިޓޭޝަން ޕްރޮގްރާމް، ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަން ހޯއްދަވައިގެން، ދިވެހިރާއްޖޭގެ ޤާނޫނާއި، ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން އަދި އިސްލާމީ ހަމަތަކަށް ފެތޭގޮތަށް ހިންގަން ފެށުމަށްވަނީ ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައެވެ.

  1. ވަގުންނޭ

    އިޚްލާސްތެރިކަން އެއޮތީ ސާބިތުވެފައި އިއްޔެ ކޯޓުން ކުރި ހުކުމް އިން ފެންނަން ދެން އަދުރޭ ސަރުކާރުގެ ޚަޒާނާއިން 4 މިލިއަން ރުފިޔާ ނަގާފައި އަވަހަށް އާޒިމާ އަށް ދީފައި އާޒިމާގެ ދަރަނި ޚަލާސް ކޮށްލާ އެއިރުން ހުންނާނީ އިޚްލާސްތެރިކަން ދެއްކިފައި ރަނގަޅަށް މީ ގައުމު ލޫޓުވަނީ ނޫންތޭ..

  2. މުނާފިގެކޭ

    އާޒިމާ އަކީ އެއީ ބޮޑުވަގެކޭ ވަގަކަށް މާލެ ސިޓީ ކައުންސިލް މޭޔަރު ކަންދޭން ހެޔޮނުވާނެއޭ ސަރުކާރުގެ ފައިސާ އިން އޭނާގެ ދަރަނި ޚަލާސްކުރާއިރު ދެން އޭނާ މޭޔަރު ކަމަށް އައިސް ކުރާނީ މުޅިންވެސް ވައްކަމޭ އެއީ ޔަގީން ކަމެކޭ ހެޔޮނުވާނެއޭ މުއިއްޒު އެއީ ބޮޑު ވަގެކޭ އޭނާ އެދަނީ ލަންކާ ވަގުންނަށް ހުޅުމާލެ ވިއްކާލާ ކަޓް ކަމުންނޭ އެފައިސާ އިންނޭ އޭނާ މެމްބަރުން ގަންނަނީ އާޒިމާ އަށް ވޯޓްދޭން ހެޔޮނުވާނެއޭ އެއީ ބޮޑު ވަގެކޭ ބޮޑު ވަގެކޭ ބޮޑު ވަގެކޭ ޓިނު ވަގެކޭ ވަގެކޭ ވަގެކޭ