Wednesday, 4 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މާލޭގެ ތަރައްގީގެ ސްޕީޑު ހަލުވިކުރެވޭނީ ސަރުކާރު ކެންޑިޑޭޓުން ހޮވައިގެން: ޝިޔާމް

މާލޭގެ ތަރައްގީގެ ސްޕީޑު ހަލުވިކުރެވޭނީ ސަރުކާރު ކެންޑިޑޭޓުން ހޮވައިގެން: ޝިޔާމް
މާލެ ސިޓީގެ ތަރައްގީގެ ސްޕީޑު މިހާރަށްވުރެ ބާރަށް ކުރިއަށް ގެންދެވޭނީ ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓުން މާލެ ސިޓީ ކައުންސިލަށް އިންތިހާބު ކޮށްގެން ކަމަށް މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ރޭ ވިދާޅުވެއްޖެއެވެ. ޝިޔާމް އެހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވާފައިވާ ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކުރޫގެ ކެމްޕޭނު ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. ޝިޔާމް ވިދާޅުވީ މާލޭގެ ރައްޔިތުން ހާސިލުކުރަން ބޭނުންވާ ވަރަށް ގިނަ އުއްމީދުތަކެއް އެބަހުރި ކަމަށެވެ. މާލޭ ރައްޔިތުންގެ އުއްމީދު ހާސިލުކުރެވޭނީ ސަރުކާރާއެކު މަސައްކަތްކުރާ ކައުންސިލެއް އޮތުމުންކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މާލޭގެ މޭޔަރުކަން ކުރައްވާފައިވާ ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ މާލެއަށް ބޭނުންވާ ޖުމްލަ ހައްލަކާއި އެކު ކަމަށެވެ. އެގޮތުން މާލެއަށް ދިމާވެފައިވާ މައްސަލަތަކާއި، ސިޓީގެ ރައްޔިތުންނަށް ތަހައްމަލުކުރަމުންދާ މައްސަލަތަކަށް ހައްލު ރައީސް މުއިއްޒު ހޯއްދަވައި ދެއްވާނެކަން ޝިޔާމް ތަކުރާރު ކުރެއްވިއެވެ. ވިދާޅުވީ އެކަން އެންމެ ރަނގަޅަށް އެކިވަަޑައިގަންނަވާ ބޭފުޅަކީ ރައީސް ކަމަށެވެ. ''.... މާލެ ސިޓީގެ މޭޔަރަކީ އެމަނިކުފާނާ އެއް ރާގެއްގައި އެމަނިކުފާނާ އެއް ސަފެއްގައި ހުންނަވާ ބޭފުޅަކަށްވުން އެއީ ކޮންމެހެން ލާޒިމުކަމެއް'' ޝިޔާމް ވިދާޅުވީ ރައީސްގެ މެނިފެސްޓޯގައި ހާސިލުކުރަން ބޭނުންވާ ކަންތައްތަކުގެ ތެރެއިން ގިނަ ކަންތައްތަކެއް ހުރީ މާލެ ސިޓީއަށް ހާއްސަކޮށްފައި ކަމަށެވެ. ޝިޔާމް ވިދާޅުވި ގޮތުގައި މާލެ ސިޓީގެ ކުރީގެ ބައެއް ކައުންސިލްތަކުން މަސައްކަތްކޮށްފައިވަނީ ތަރައްގީ އަށް ހުރަސްއަޅައި ތަރައްގީއާ ދެކޮޅަށެވެ. އެގޮތަށް އަމަލުކުރާނަމަ ތަރައްގީ މަޑުޖެހޭނެ ކަމަށް ވިދާޅުވިއެވެ.
އަޅުގަނޑުމެން މި ނަގާ ކައުންސިލަކީ ތަރައްގީ މަޑުޖައްސާނެ ބަޔަކަށްވެގެން ނުވާނެ. ތަރައްގީ މަޑުޖައްސާނެ ބަޔަކަށް ތިބޭފުޅުން އަޅުގަނޑުމެން ނަހައްދަން ބޭނުންވާ ކަމަށްވަންޏާ ސަރުކާރު ކެންޑިޑޭޓުުން ހިޔާރުކުރައްވާ
ޝިޔާމް ވިދާޅުވީ، ރައީސްއާ ދޭތެރޭގައި މާލޭ ރައްޔުތުންގެ އުއްމީދުތަކެއް އެބަހުރި ކަމަށާއި އެމަނިކުފާނަކީ މޭޔަރުކަމުގައި ރައްޔިތުންގެ އިތުބާރު ހޯއްދެވާފައިވާ ބޭފުޅެއް ކަމަށެވެ. މިހާތަނަށް މާލޭގެ ތަސައްވަރެއް ކުރެއްސެވި ބޭފުޅަކީވެސް ރައީސް ކަމަށާއި، މަސައްކަތްކުރަނީ އެ ތަސައްވަރު ކުލަ ޖައްސަން ކަމަށް ވިދާޅުވިއެވެ. ''ތަސައްވަރުގައި ކުލަ ޖެއްސޭނީ އެމަނިކުފާނުގެ ދަރިވަރުންނަށް. އެ ޕާޓީން ނިކުމެވަޑައިގަންނަވާ ބޭފުޅުންނަށް ވަކިން ހާއްސަކޮށް މާލޭ މޭޔަރު ކަމަށް ނިކުމެވަޑައިގަންނަވާ އެމަނިކުފާނުގެ ކެނޑިޑެޓަށް'' ޝިޔާމް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް