ކުޅިވަރު

މެސީ ލިވަރޕޫލަށް ދިއުމުގެ އެއްވެސް ފުރުސަތެއް ނެތް: ކްލޮޕް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ދުނިޔޭގެ އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީ އޭނާގެ ކެރިއަރު ފެށުނީއްސުރެ ކުޅެމުން އައީ ސްޕެއިންގެ ބާސެލޯނާ އަށެވެ. ނަމަވެސް ބާސެލޯނާ ދޫކޮށް ދާން ބޭނުންވާކަން އެ ކުލަބުގެ މެނޭޖްމަންޓަށް މެސީ ވަނީ އަންގާފައެވެ.

Ads by STELCO

މެސީ ބާސެލޯނާ ދޫކޮށް ދާނެ ކަމަށް ބޭރުގެ ގިނަ މީޑިއާތަކަކުން ބުނަނީ މެންޗެސްޓަރ ސިޓީ އަށެވެ. އެހެން ނަމަވެސް މެސީ އެހެން ޓީމުތަކަށް ދާ ކަމުގެ ވާހަކަ ވެސް ދެކެެވިފައި އެބަހުއްޓެވެ.

މެސީގެ ޓްރާންސްފާރ ގެ ވާހަކަ އެކި ގޮތަށް ދެކެވެމުން ދާއިރު ލިވަޕޫލްގެ ކޯޗް ޖަރގެން ކުލޮޕް ވަނީ މެސީ ލިވަޕޫލަށް އައުމުގެ އެއްވެސް ފުރުސަތެއް ނެތްކަމަށް ބުނެފައެވެ.

ކްލޮޕް މި މޭރުމުން ވާހަކަ ދައްކާފައިވަނީ ހުކުރު ދުވަހު ކޮމިއުނިޓީ ޝީލްޑް މެޗުގެ ޕްރެސް ކޮންފަރެންސްގައެވެ. ކްލޮޕް ބުނެފައިވަނީ މެސީ ގެނައުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށެވެ. މެސީ ބޭނުން ނުވާނީ ކޮން ކުލަބަކުން ތޯ އޭނާ ވަނީ ސުވާލު ކޮށްފައެވެ.

މެސީ ބޭނުންވި ނަމަވެސް މެސީ ލިވަޕޫލަށް އައުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމުގައި ކްލޮޕް ބުންޏެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!