Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މޭޔަރުގެ އިންތިޚާބު ލިބިގެން ނޫނީ ރިޔާސީ އިންތިޚާބުގައި ކުރި މަސައްކަތް ކާމިޔާބު ނުވާނެ: އާޒިމާ

މޭޔަރުގެ އިންތިޚާބު ލިބިގެން ނޫނީ ރިޔާސީ އިންތިޚާބުގައި ކުރި މަސައްކަތް ކާމިޔާބު ނުވާނެ: އާޒިމާ

ރިޔާސީ އިންތިޚާބުގައި ރައްޔިތުން ރައީސް ޑރ. މުޢިއްޒު ހޮއްވެވީ އެމަނިކުފާނުގެ ވިޝަން ޤަބޫލުފުޅު ކުރައްވާތީ ކަމަށާއި, ރައްޔިތުންގެ އުންމީދާ ގުޅިފައިވާ ކަންކަން ހާސިލްވާނީ މޭޔަރުގެ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ސަރުކާރަށް ކާމިޔާބުކޮށްދިނުމުން ކަމަށް ކޮންގްރެސް ޕާޓީގެ ޓިކެޓްގައި މާލޭގެ މޭޔަރުގެ މަގާމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ,

އާޒިމާ މިހެން ވިދާޅުވީ, ރައީސް މުޢިއްޒާއެކު ހުޅުމާލެ 2 ގައި ބޭއްވި ކެމްޕެއިން ބައްދަލުވުމެއްގައެވެ.

"މޭޔަރު އިންތިޚާބު އަދި މަޖިލިސް އިންތިޚާބު ލިބިގެން ނޫނީ މިދިޔަ އަހަރު ރިޔާސީ އިންތިޚާބުގައި ކުރި މަސައްކަތް ފުރިހަމަ ވެގެން ނުދާނެ" އާޒިމާ ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

އާޒިމާ އިތުރަށް ވިދާޅުވީ އެކަމަނާ މޭޔަރު ކަމަށް އިންތިޚާބުކޮށްފިނަމަ ރައްޔިތުން މާޔޫސް ވެގެންނުދާނެ ކަމަށެވެ. އަދި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދީ ރައްޔިތުންނަށް އުފާވެރިކަން ގެނެސް ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

"މި މަސައްކަތުގައި އަޅުގަނޑުމެން ޓެސްޓްކޮށްލައްވާށޭ. ޑރ. މުއިއްޒުގެ އަރިހުގައި އޮތް ޓީމެއް ތިބޭފުޅުން މާޔޫސްއެއް ނުކުރާނަން." އާޒިމާ ވިދާޅުވީ ހިދުމަތްތެރި ބަޔަކު ގައުމާއި ހަވާލުވުމުން އަންނަ ބަދަލު ރައްޔިތުންނަށް އެކަމަނާ އިންތިޚާބުކޮށްދެއްވައިފިނަމަ ދައްކައިދޭނެ ކަމަށެވެ.

ހުޅުމާލޭ ފޭސް ދޭއްގައި ޖަމާވެފައި ތިބި ސަޕޯޓަރުންނަށް މުޚާތަބުކުރައްވާ އާޒިމާ އިތުރަށް ވިދާޅުވީ, ކުރީ ސަރުކާރުން ފޭސް ދޭއްގެ ރައްޔިތުންނަށް ވަރަށް ބޮޑަށް އިޙްމާލުވެފައިވާ ކަމަށެވެ. އަދި އެފަދަ ބަޔަކަށް ވޯޓް ދޭން ޖެހޭ ސަބަބެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް