ޚަބަރު

މާލޭ މީހުންނާ ދަފްތަރާ ތަފާތެއް ނުކުރާނަން: ސައިފް

އަލީ ސަމާޙް ، ދެން އޮންލައިން

މޭޔަރު ކަމަށް ހޮވިއްޖެނަމަ މާލޭގެ ރައްޔިތުންނާ ދަފްތަރުގައި ޖެހިފައި ތިބި މީހުންނާ ވަކި ތަފާތެއް ނުކުރާނެ ކަމަށާއި އެމީހުންނާ މެދުވެސް ކަންތައް ކުރާނީ މާލޭ މީހުންނާ މެދު އަމަލުކުރާ އުސޫލުން ކަމަށް ދަ ޑިމޮކްރެޓްސްގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ސައިފް ފާތިހު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޕީއެސްއެމްއިން ކުރިއަށް ގެންދިޔަ މޭޔަރު ބަހުސްގައި ސައިފް ވިދާޅުވީ މާލޭގެ ނުވަ ހާސް ހަ ސަތެކާ މީހުން އެބަތިބި ކަމަށެވެ. އޭގެ ތެރޭގައި ތިބީ މީހުންނަކީ ހަމައެކަނި ރަށްރަށުން މާލެއަށް ހިޖުރަކުރި މީހުން ނޫންކަމަށް ސައިފް ވިދާޅުވިއެވެ.

މައިމުޅަވުމުގެ މައްސަލަ ދިމާވި އެތައް ބަޔަކު ދަފްތަރުގައި ޖެހިފައި ތިބިކަން ފާހަގަކުރައްވާ މާލެ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު ސައިފް ވިދާޅުވީ ދަފްތަރުގައި ތިބި މީހުންނަށް ހައްލެއް ނުލިބޭހާ ހިނދަަކު މާލޭގެ ބޯހިޔާވަހިކަމުގެ ހައްލެއް ނުލިބޭނެ ކަމަށެވެ.

ސައިފް ދެއްވި ޔަގީންކަމަކީ އޭނާ މޭޔަރަކަށް ހޮވިވަޑައިގެންފިނަމަ ހުރިހާ އެންމެންނާ މެދުވެސް ކަންތައް ކުރާނީ ހަމަހަމަކަމާއި އެކުއެވެ.

''މާލޭގެ ރައްޔިތުންނަށް އެ ލިބޭ ހުރިހާ ހައްގެއް ދަފްތަރުގައި ތިބި ރައްޔިތުންނަށްވެސް. އެ ވަކިކޮށްގެން ލިސްޓެއް ނުގެންގުޅޭނަން ސައިފް ވިދާޅުވިއެވެ.

މާލެއަކި ކުށުގެވެށިން ސަލާމަތްވެފައިވާ ތަނަކަށް ހެދުމާއި ގުޅޭ ގޮތުން ސައިފް ވިދާޅުވީ ކުށުގެ ތެރޭއަށް ޒުވާނުން ވަނުމުގެ އެންމެ ބޮޑު އަސްލަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށެވެ. ސައިފް ވިދާޅުވީ އޭނާގެ މޭޔަރު ކަމެއްގައި ސިޓީ ކައުންސިލުން ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށެވެ.

''އެގޮތަށް ސިޓީ އަށް ބޭނުންވާ ސްކިލްސް އިލެކްޓްރިޝަނުންނާއި ވެލްޑަރުންނާއި ސިމިންތި ޖަހާ ރާނާ މީހުންނާއި ބަގީޗާ ބަލަހައްޓާ މީހުންނާއި މިހެން ގޮސް މި ބާވަތުގެ ސްކިލްސް ޓިވެޓް ޕްރޮގްރާމެއްގައި ބައިވެރިވެގެން ފުރިހަމަ ކުރާ ޒުވާނުންނަށް އަޅުގަނޑުމެންގެ ސިޓީ ކައުންސިލުން ވަޒީފާ ޔަގީންކޮށްދޭނަން'' ސައިފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަސްތުވާތަކެތީގެ ބަވާގައި ޖެހިފައިވާ މީހުންނަށް ވަށައި ޖެހޭ ގޮތެއްގައި ފަރުވާ ލިބޭން ޖެހޭ ކަމަށެވެ. އެގޮތުން މާލޭގެ ދެ ސަރަހައްދެއްގައ ޑޮރޮޕިން ސެންޓާ ގާއިމްކުރާނެ ކަމަށެވެ. އަދި އޭގެ އިތުރުން މާލޭގެ މަގުމައްޗަކީ އަމާންތަނަކަށް ހެދުމަށްޓަކައި އިތުރު ފުލުހުން މަގުމައްޗަށް ނެރޭނެ ކަމަށްވެސް ވިދާޅުވިއެވެ.

Ads by HDC
  1. އައުޓް

    އަކްޝޭ ބޮއިކޮޓް ކުރަންވީއޭ އިންޑިއާ ރައްޔިތުންނަށް ރާއްޖެ އަށް އައުމުން ރާއްޖޭގެ ޓޫރިޒަމް ގެ އިހްސާސް ކުރެވޭނީ އިންޑިއާ ގައި ޗުއްޓީ ހޭދަ ކުރުމުން އެކަން އިހްސާސް ނުކުރެވޭނެއޭ އަންނަ މީހަކު އަންނަންވީ ނާންނަ މީހަކު ނާންނަންވީ އިންޑިއާ އަށް ވުރެން ޗައިނާ ގައި މުއްސަނދިން ގިނަވާނެއޭ ޗައިނާގެ ފަތުރުވެރިންނަށް ރާއްޖެ ފައްކާކުރަންވީއޭ އެއިރުން މާބޮޑަށް ރަނގަޅުވާނެއޭ އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް