ޚަބަރު

ޤައުމުގެ އިޤްތިސާދު ނުރައްކަލުގެ ތުންފަތް މައްޗަށް ވައްޓާލި މީހުން މަޤާމުން ވަކިކުރަންޖެހޭ: އަމްރު

ރައުފާ ރަޝީދު ، ދެން އޮންލައިން

ޤައުމުގެ އިޤްތިސާދު ނުރައްކަލުގެ ތުންފަތް މައްޗަށް ވައްޓާލި މީހުން މަޤާމުން ވަކިކުރަންޖެހޭ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހުސެން އަމްރު މުހައްމަދު ރަޝާދު ވިދާޅުވެއްޖެއެވެ.

Ads by STELCO

އަމްރު މިފަދައިން ވިދާޅުވެފައިވަނީ އިންޑިއާއާއި އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްވާގޮތަށް ޑެޕިއުޓީ މިނިސްޓަރުންތަކެއް މީސްމީޑިއާގައި ކޮށްފައިވާ ބައެއް ޕޯސްޓުތަކާ ގުޅިގެން، އެ ބޭފުޅުން މިއަދު ސަސްޕެންޑުކުރުމާއި ގުޅިގެންނެވެ.

“ޤައުމުގެ އިޤްތިސާދު ނުރައްކަލުގެ ތުންފަތް މައްޗަށް ވައްޓާލި މީހުން މަޤާމުން ވަކިކުރަންޖެހޭ” އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަމްރު ވިދާޅުވިއެވެ.

އިންޑިއާއިން، އެ ގައުމުގެ ލަކްޝަދުވީޕްގެ ފަތުރުވެރިކަން ޕްރޮމޯޓުކުރަން ފެށުމާ އެކު، ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވަނީ މޯދީއަށް ފުރައްސާރަކޮށް އެކްސްގައި އެކި ޕޯސްޓައް ކޮށްފައެވެ.

މިކަމާއި ގުޅިގެން މިއަދު ރައީސް އޮފީހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވެފައިވަނީ, އަވައްޓެރި އިންޑިއާއަށް ކުޑައިމީސްވާގޮތަށް މީސްމީޑިއާގައި ކޮށްފައިވާ ބައެއް ޕޯސްޓްތަކާ ގުޅިގެން، ދިވެހި ސަރުކާރުގެ ސްޓޭންޑަކީ މިނިސްޓްރީ އޮފް ފޮރިންއެފެއާޒް އިން މިއަދު ނެރުއްވި ބަޔާނުގައިވާ ސްޑޭންޓް ކަމަށެވެ.

އަދި ސަރުކާރުގެ މަޤާމުގައި ތިބެ މީސްމީޑިއާގައި މިފަދަ ޕޯސްޓްތައްކުރި ފަރާތްތައް މިހާރު ވަނީ ވަޒީފާއިން ސަސްޕެންޑް ކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.

މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސަރުކާރުގެ ބައެއް އޮފިޝަލުން މީސްމީޑިއާގައި ހާމަކޮށްފައި އެވަނީ ސަރުކާރުގެ ރަސްމީ ސިޔާސަތު ނޫން ކަމަށެވެ. އަދި، އެއީ އެ ބޭބޭފުޅުންގެ އަމިއްލަ ހިޔާލާއި ވިސްނުންފުޅު ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނަންވާނީ، ދޭދޭ ގައުމުތަކާ އެކު އޮންނަ ގާތް ގުޅުމަށް ބުރޫނާރައި ފަދަ ގޮތަކަށް، ނަފުރަތާއި ރުޅިވެރިކަން ވެސް ނުފެތުރޭ ފަަދަ ހަމަތަކުގެ ތެރޭގައި ކަމަށެވެ. އަދި ފުރައްސާރަ ކުރާ ސަރުކާރުގެ އޮފިޝަލުންދާ ދެކޮޅަށް ފިޔަވަޅު އަޅަން ސަރުކާރުން ފަސް ނުޖެހޭނެ ކަމަށް ބަޔާނުގައިވެއެވެ.

Ads by Allied Insurance
  1. ދަންނާށޭ

    މޯދީ އަށް މަލާމާތް ކުރުމެއް ނޫން މޯދީ އިޒްރޭލަށް ތާއީދު ކުރާ ވާހަކަ ދެއްކުމަކީ އެއީ އެއްގޮތަކަށް ވެސް މަލާމާތެއް ނޫނޭ އެއީ ހަގީގަތޭ ޓައިމް މެގެޒިންގެ ބޭރުގަނޑުގައި އިޒްރޭލުގެ ބޮޑުވަޒީރު ފަލަސްތީނު ކުޑަކުދިން ތަކެއް މަރަމުންދާ ފޮޓޯ ޖެހުމުން އެފޮޓޯ ނޫން ކުށްވެރިވާނީ އެއީ ހަގީގަތް ހާމަކުރުމޭ އެއީއޭ ޑިމޮކްރެޓިކް ހަމަތަކަކީ މޯދީ އަށް މަލާމާތް ކުރާ ދިވެހިން ސަސްޕެންޑް ކުރާނަމަ ޕީޕީއެމް ޕީއެންސީ ހުރިހާ މެމްބަރުން ޖެހޭނެއޭ ސަސްޕެންޑް ކުރަން

  2. އައުޓް

    އިންޑިއާ އައުޓް މޯދީ އައުޓް އިންޑިއާ އައުޓް މޯދީ އައުޓް އިންޑިއާ އައުޓް މޯދީ އައުޓް އިންޑިއާ އައުޓް މޯދީ އައުޓް އިންޑިއާ އައުޓް މޯދީ އައުޓް އިންޑިއާ އައުޓް މޯދީ އައުޓް އިންޑިއާ އައުޓް މޯދީ އައުޓް އިންޑިއާ އައުޓް މޯދީ އައުޓް އިންޑިއާ އައުޓް މޯދީ އައުޓް އިންޑިއާ އައުޓް މޯދީ އައުޓް އިންޑިއާ އައުޓް މޯދީ އައުޓް އިންޑިއާ އައުޓް މޯދީ އައުޓް އިންޑިއާ އައުޓް މޯދީ އައުޓް އިންޑިއާ އައުޓް މޯދީ އައުޓް އިންޑިއާ އައުޓް މޯދީ އައުޓް އިންޑިއާ އައުޓް މޯދީ އައުޓް އިންޑިއާ އައުޓް މޯދީ އައުޓް އިންޑިއާ އައުޓް

  3. ނިހާލް

    ގައުމުގެ މިނިވަންކަން ވިއްކާލި.މީހުނަށް އަދަބު ދިނުމަށްފަހު