Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އިންތިހާބީ ހައްގަށް އަރައިގަތް ކަމަށް ވިދާޅުވެ އާޒިމާ ކޯޓަށާއި ޕޮލިހަށް

އިންތިހާބީ ހައްގަށް އަރައިގަތް ކަމަށް ވިދާޅުވެ އާޒިމާ ކޯޓަށާއި ޕޮލިހަށް

ދޮގު ވާގަކަތަކެއް ފަތުރައިގެން އިންތިހާބީ ހައްގަކަށް އަރައިގެންފައިވާ ކަމަށް ވިދާޅުވެ، މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އާޒިމާ ޝުކޫރު، "ދައުރު" ނޫހާއި މޯލްޑިވްސް އިސްލާމިކް ބޭންކް އެމްއައިބީ) އަށް ދައުވާކުރަން ނިންމައިފި އެވެ.

ކުރީގެ އެޓާނީ ޖެނެރަލްއާ ބެހޭ ގޮތުން ދޮގު ވާހަކަތަކެއް ފެތުރި ކަމަށް ވިދާޅުވެ، އެ މައްސަލަ ބަލައިދޭން ވަނީ ފުލުހުންނަށް ވެސް ހުށަހަޅަން ނިންމައިފަ އެވެ. މިކަމާ ގުޅޭ ގޮތުން އާޒިމާ ރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އިސްލާމިކް ބޭންކަށް ހަތަރު މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމެއްކޮށްފައި ވަނީ ލޯނު ރީސްޓްރަކްޗާކުރުމަށް ވާހަކަ ދައްކަން ފަށައި ފައިސާ ދައްކާނެ ގޮތުގެ ޝެޑިއުލެއް ބޭންކަށް ހުށަހަޅާފައިވަނިކޮށް ކަމަށެވެ.

އާޒިމާ ވިދާޅުވި ގޮތުގައި ބޭންކުން ވަނީ ލޯނު ރީސްޓްރަކްޗާކުރުމާ މެދު ވަކި ގޮތެއް ނިމެންދެން ކޯޓުގައި ހިނގަމުން ދިޔަ މައްސަލަ މަޑުޖައްސައިލަން ކޯޓަށް ލިޔުމުން އަންގައި އެކަމުގެ ޔަގީންކަން ވެސް ދީފައި ކަމަށެވެ.ނަމަވެސް، އޭނާގެ ޣައިރު ހާޒިރުގައި ސިވިލް ކޯޓުން މައްސަލާގައި ހުކުމް ކުރީ އެކަމަށް ބޭންކުން އެދުމުން ކަަމަށް ވެސް ވިދާޅުވި އެވެ.

Advertisement
Allied Insurance — Square (box)

"މިއީ އަޅުގަނޑު ކުރިމަތިލާފައިވާ މާލެ ސިޓީގެ މޭޔަރު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންއަށް ނުފޫޒު ފޯރުވަން ބޭންކިންގެ ގާނޫނުތަކާއި އުސޫލުތަކާ ހިލާފަށް ބޭންކުގެ ވަކި މުވައްޒަފަކު ކޮށްފައިވާ ކަމެއް ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވޭ ވަރުގެ މައުލޫމާތު ވަނީ ލިބިފައި،" އާޒިމާ ވިދާޅުވި އެވެ.

އެހެންވެ އެމްއައިބީގެ މައްސަލަ އެމްއެމްއޭ އަށް ވެސް ހުށަހަޅަން ވަނީ ނިންމައިފަ އެވެ.

އާޒިމާ ވިދާޅުވީ އެމްއައިބީގެ ހުކުމާ ގުޅޭ ގޮތުން "ދައުރު" ނޫހުން ނޫހުން ޚަބަރު ގެނެސް ދިނީ ލިޔުންތަކެއް އުފައްދައި ފެބްރިކޭޓްކޮށްގެން ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އެހެންވެ އެ މައްސަލަ ތަހުގީގުކޮށް ދޭން ފުލުހަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވި އެވެ. އަދި އެއީ އިންތިހާބީ ހައްގަށް އަރައިގަތުން ކަމަށާއި އެ މައްސަލަ އިލެކްޝަން ކޮމިޝަން އީސީ) އަށް ވެސް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.

އާޒިމާ ވިދާޅުވީ އެމްއައިބީގެ މައްސަލަ އާއި "ދައުރު" ގެ މައްސަލައަކީ އިންތިހާބަށް ނުފޫޒު ފޯރުވައި، އިންތިހާބުގައި އޭނާ އަށް ގެއްލުން ދިނުމުގެ ނިޔަތުގައި ބަޔަކު ރާވައިގެން ހިންގާފައިވާ ކަމެކެވެ.

މާލޭގެ މޭޔަރު ހޮވަން ބާއްވާ ބައި-އިލެކްޝަން އޮންނާނީ މި މަހުގެ 13 ގަ އެވެ. މީގައި އާޒިމާއާ އެކީ ޖުމްލަ ފަސް ކެންޑިޑޭޓަކު ވާދަކުރައްވަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް