ރާއްޖެއަށް ޕޭޕަލް ގެނައުމުގެ މަސައްކަތް ސަރުކާރުން ފަށައިފި
![](https://dhen.mv/wp-content/uploads/2024/01/WEB_PayPal-usage_bigstock-129115862.webp)
ޤަވާއިދުން ޚިދުމަތްތައް އަޕްޑޭޓް ކުރަމުންދާ ޕޭޕަލް އަކީ ގިނަ ބަޔަކު ބޭނުންކުރާ އަދި އިތުބާރު ކުރެވޭ އޮންލައިން ޕޭމަންޓް ޕްލެޓްފޯމެއްގެ ގޮތުގައި ދެމިއޮތް ކުންފުންޏެކެވެ.
ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމް އިއްޔެ ވިދާޅުވީ، ރާއްޖޭގައި އޮންލައިން ބިޒްނަސް ކުރުމަށް ދިމާވެފައިވާ ދަތިތައް ނައްތާލުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން އިސްކަމެއް ދޭ ކަމަކަށް ވުމުން، އޮންލައިން ބިޒްނަސް ކުރުމަށް ހުރި ހުރަސްތައް ނެތިކޮށްލުމަށްޓަކައި އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ޕޭޕަލްގެ ހިދުމަތް ހޯދަން މަޝްވަރާތައް ކުރެވިފައިވާ ކަމަށެވެ.
ރާއްޖޭން މިހާރު ޕޭޕަލް މެދުވެރިކޮށް ކުރެވޭ ކަމަކީ ފައިސާ ފޮނުވުމެވެ. އެހެންވެ އިންޓަނެޓް މެދުވެރިކޮށް ހިންގާ ވިޔަފާރީގެ އެކި މުއާމަލާތްތަކާއި އާމްދަނީ ލިބޭ މަސައްކަތްތަކަށް ފައިސާ ލިބެން މިކަން ވެފައި ވަނީ ހުރަހަކަށެވެ.