ޚަބަރު

ރައީސްގެ ތަސައްވަރުގެ ކުލަ ޖެއްސޭނީ ބައި-އިލެކްޝަން ކާމިޔާބުކޮށްގެން: އަބްދުއްރަހީމް

އަލީ ސަމާޙް ، ދެން އޮންލައިން

ރައީސް ޑރ މުހައްމަދު މާލެއާ މެދު ގެންގުޅުއްވާ ތަސައްވަރުގައި ކުލަ ޖެއްސޭނީ އަންނަ ހޮނިހިރު ދުވަހު ބާއްވާ މާލެ ސިޓީ ކައުންސިލްގެ ބައި-އިލެކްޝަން ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީ އަށް ލިބިގެން ކަމަށް ރައީސްގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by MWSC

އަބްދުއްރަހީމް އެހެން ވިދާޅުވީ ބައި-އިލެކްޝަންގައި، ސަރުކާރުގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުން ރޭ ބޭއްވި ކެމްޕޭނު ބައްދަލުވުމުގައެވެ.

އަބްދުއްރަހީމް ވިދާޅުވީ މާލޭގެ ރައްޔިތުންނަކީ މާލެ ދެކެ ލޯބިވާ, މާލެ އަކީ ތަރައްގީވެފައިވާ ސިޓީއެއްގެ ގޮތައި ހަދަން ބޭނުންވާ ބަޔަކަށްވާން ޖެހޭ ކަމަށެވެ. މާލެ ރައްޔިތުންނަކީ އަމިއްލަ ފުދުންތެރިކަމަށް އިސްކަންދޭން ޖެހޭ ބަޔަކަށް ވާންޖެހޭކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ އެކަންކަން ކުރެވެން ފަސޭހަ މަގު އޮއްވައި އެކަން ދޫކޮށްލުމަކީ މާލޭގެ ރައްޔިތުން ކޮށްގެންވާނެ ކަމެއް ކަަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

''މިކަންކަން ކުރެވޭނެ މަގު އަންނަން ފެށިމާ ދެން މާލޭގެ ރައްޔިތުން ވާނީ އެ މަގުން ހިނގަން ކެރޭ ހިނގަން ދަންނަ ހިނގަން ބޭނުންވާ ބަޔަކަށް ވާން ކަމަށް އަޅުގަނޑުގެ ވިސްނުމަށް ފެންނަނީ'' އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ސިޓީ ކައުންސިލްގެ މެޖޯރިޓީ އޭރު އިދިކޮޅުގައި ގޮތް ޕީޕީއެމް/ޕީއެންސީ އަށް ދިނީ، މާލޭގެ ރައްޔިތުން ބޭނުންވި ކުރިއެރުމާއި ތަރައްގީ ގެނެސްދެވިފައިނުވާތީ ކަމަށެވެ. ސަބަބަކީ މާލޭގެ ރައްޔިތުންގެ ބޭނުންތަކަކީ ކޮބައިކަން އެމްޑީޕީއަށް ނޭގުން ނުވަތަ މާލޭ ރައްޔިތުންނަކީ ބޭކަރު ބައެއް ކަމަށް އެމްޑީޕީން ހެދީ ކަމަށް ވިދާޅުވިއެވެ.

ޕީޕީއެމް/ޕީއެންސީ އަށް މާލޭގެ މެޖޯރިޓީ ލިބުމުން މާލޭ ރައްޔިތުންނަށް ފެނިގެން ދިޔައީ ތަފާތު ސިޓީ ކައުންސިލެއް ކަމަށާއި، ރައްޔިތުންގެ ވިންދާ އިހުސާސް އެނގިތިބެ މަސައްކަތްކުރާ ސިޓ ކައުންސިލަރުންތަކެއް ކަމަށް ވިދާޅުވިއެވެ. ރައީސް ޑރ މުހައްމަދު މުއިއްޒު މާލޭގެ މޭޔަރު ކަމުގައި ހުންނެވި އިރު ގިނަގުނަ މަސައްކަތްތަކެއް މާލޭގެ ރައްޔިތުންނަށްޓަކައި ކޮށްދެއްވާފައިވާ ކަަމަށް ވިދާޅުވިއެވެ.

''ހަމައެކަނި މާލޭގެ ބޭރުން ދުއްވާލީމާވެސް ޑރ މުއިއްޒު މާލެއާ ދޭތެރޭ ގެންގުޅުއްވާ ތަސައްވަރު ފެނިވަޑައިގަންނަވާނެ، ކުޑަކުޑަ މަދީނާއެއް ފެންނަހެން އަޅުގަނޑުމެންނަށް ހީވަނީ'' އަބްދުއްރަހީމް ވިދާޅުވީ ގޮތުގައި ޑރ މުއިއްޒު މާލެއަށް ގެންނަން ބޭނުންފުޅުވި ތަރައްގީ ގެނައުމުގެ ހުރަހަކަށްވީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގައި މާލެ ރައްޔިތުން ޕީޕީއެމް/ޕީއެންސީއަށް މެޖޯރިޓީ ދިނީ އެމްޑީޕީއަށް އެކަށީވެގެންވާ ވަރުގެ ނަތިއްޖާ ނެރެދެވިފައިނުވާތީ ކަމަށް ވިދާޅުވިއެވެ. މާލޭ ރައްޔިތުން ބޭނުންވީ ކަންކަން ނަތިއްޖާ ނެރެވޭނެ އިހުލާސްތެރި ވެރިއަކު އިންތިހާބުކުރުން ކަމަށާއި އެ ސިފަތައް ހުންނެވި ބޭފުޅަކީ ރައީސް މުއިއްޒު ކަމަށް ވިދާޅުވިއެވެ. އަބްދުއްރަހީމް ވިދާޅުވީ ގޮތުގައި މާލޭގެ ރައްޔިތުން ނިންމި ނިންމުމުން އަންގައިދެނީ މާލޭގެ ތަރަައްގީ ރައީސް މުއިއްޒުއާ ގުޅިލާމެހިފައިވާ ކަމުގެ ސާފުހެކި ކަމަށެވެ.

ވާދަވެރިންގެ ފާޑުކިޔުމަށް ބެލުމެއް ނެތި އެމަނިކުފާނު ވެރިކަމުގެ ހުވާކުރެއްވީއްސުރެ މިއަދާއި ހަމަޔަށް އެ ގެންދަވަނީ ރައްޔިތުންނަށް ވެވަައިގެންނެވި ވައުދުތައް ރަނުން ރަނަށް ފުއްދުމުގެ މަސައްކަތް ކުރައްވަމުން

އޭނާ ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ މާލެއާ ދޭތެރޭގައި ފޮނި އުއްމީދުތަކަކާއި ރީތީ ތަސައްވަރުއް ކުރައްސަވައިގެން ކަމަށާއި އެ ތަސައްވަރުގެ ކުލަ ޖޭއްސޭނީ މި ސަރުކާރުގެ ކެންޑިޑޭޓުންނަށް ކަމަށެވެ.

އެ ކުލަޖެއްސެވެން އޮތީ މާލޭގެ މޭޔަރާ އެކީގައި ސިޓީ ކައުންސިލްގެ މެޖޯރިޓީ އެމަނިކުފާނުގެ ޕާޓީއަށް ލިބިވަޑައިގެން

މާލޭގެ މުސްތަގުބަލު ބިނާކުރުމަށްޓަކައި ސަރުކާރު ކެންޑިޑޭޓުން އިންތިހާބުކުރުން މުހިއްމު ކަމަށް ވިދާޅުވިއެވެ.

Ads by HDC
  1. އަވަސްކުރޭ

    ޗައިނީސް އިންޑަސްޓްރިއަލް ޕާރކް އަޅަން ގާފަރު ފަޅު ޗައިނާ އަށް ކުއްޔަށް ދޭންވީއޭ މަހަކު 100 މިލިއަން ޑޮލަރު ސަރުކާރަށް ކުއްޔެއްގެ ގޮތުގައި ކުރިއަށް އޮތް 100 އަހަރު ވަންދެން ދޭ ގޮތަށް ދެން ޗައިނާ އިން ޖެހޭނެއޭ ގާފަރު ފަޅު އެއްކޮށް އެއް އަހަރު ދުވަސް ތެރޭ ހިއްކާލާ އެތަނުގައި ޗައިނާގެ އިންޑަސްޓްރީސް ތައް ގާއިމް ކޮށް ހަދާ އިންޑިއާ އަށް ރާއްޖޭންވާ ބަރޯސާ އެއްކޮށް ކަނޑުވާލަން އެކަން ކުރެވެން ޖެހޭނެއޭ މިވެރިކަށް 3 އަހަރު ނުވަނީސް އެކަން އަވަސް ކުރާށޭ

  2. ކުރާށޭ

    މިނިވަން ވިޔާފާރިގެ އެއްބަސްވުން (ފްރީ ޓްރޭޑް) އެއްބަސްވުން ނެތިއެއް ރިއެކްސްޕޯރޓް ވިޔާފާރި ފުޅާ ނުކުރެވޭނެއޭ އެންމެ ގާތުގައި އޮތް ލަންކާ އަދި ޕާކިސްތާނާއި ބަންގާޅުގެ އިގްތިސާދުގެ މައްޗަށް ވެސް އަތްގަދަ ކުރެވޭނީ މިއެއްބަސްވުން ގާއިމް ކޮށް ފުށިދިއްގަރު ފަޅާއި މާލެ އާއި ދެމެދު ބްރިޖް އެޅި އަދި ގާފަރު ފަޅުގައި ޗައިނާގެ އިންޑަސްޓްރިއަލް ޕާރކް ފީންނެއް ގާއިމް ކުރެވިގެންނޭ މިކަން އަވަސް ކުރަންވީއޭ ދެއުއިޅި ދިގު ނުކޮށް މިކަންކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ

  3. ބަލާތި

    މުއިއްޒު ޗައިނާ އަށް ކުރާ ދަތުރު ކާމިޔާބުވި ކަމަށް ބެލެވޭނީ އެއީ ޗައިނާ އިން މާލެ ސަރަހައްދުގައި ތަރައްގީ ކުރާ ފުށިދިއްގަރު ފަޅު ހިއްކާ ތަރައްގީ ކުރަން އަހަރަކު 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް އަދި ކޮންމެ އަހަރަކު 1 ބިލިއަން ޑޮލަރުގެ ލޯން އެހީއެއް ދިނުމުންނޭ އެއިރުން މުއިއްޒުގެ ޗައިނާ ދަތުރު ކާމިޔުާބުވި ކަމަށް ބެލެވޭނީ…

  4. ޔަގީނޭ

    ޗައިނާގެ ސްޓޭޓް ޝިޕިންގް ކޮމްޕެީން އެބަޖެހޭ އެސްޓީއޯ އާއި ގުޅިގެން މަދުވެގެން 10 ކާރގޯ ޝިޕްސް މާލެ އާއި ޗައިނާ އާއި ދެމެދު އެކްސްޕްރެސް ދަތުރު ކުރަން ފަށަން އެއިރުން ޑެލިވެރީ ޕީރިއަޑް އެއް މަސްދުވަހަށް ތިރި ކޮށްލެވޭނެއޭ ޗައިނާ އާއި ރާއްޖެ އާއި ދެމެދު ޝިޕިންގް ވިޔާފާރި ފަށައިފިނަމަ މިހާރު އަވަށްޓެރި ބޮޑުގޮހޮޑާ އަށްވާ ބަރޯސާ ކުޑަވެ ފިޔާ އަލުވިވެސް އަގުހެޔޮވެގެންދާނެއޭ އެއީ ޔަގީން ކަމެކޭ ޔަގީނޭ ޔަގީނޭ ޔަގީނޭ ޔަގީނޭ