ޖުވެނައިލް ކޯޓުގެ ވެބްސައިޓް ހެކްކޮށް, އިންޑިއާގެ ހެކަރުންގެ އިންޒާރު ރާއްޖެއަށް!

18 އަހަރުން ދަށުގެ ކުޑަކުދިންގެ މައްސަލަތައް ބަލާ, ޖުވެނައިލް ކޯޓުގެ ވެބްސައިޓް ހެކްކޮށްފިއެވެ.
އެ ވެބްސައިޓް ހެކްކުރި ފަރާތުން ވަނީ އެކަމުގެ ޒިންމާ ނަގާފައެވެ. އެގޮތުން ވެބްސައިޓްގައި އިންޑިއާގެ ދިދަ ވަނީ ޖަހާފައެވެ.
އިންޑިއާ ދިދަދާއެކު އާއްމުކޮށްފައިވާ އިންޒާރުގެ މެސެޖްގައި ބުނެފައިވަނީ އިންޑިއާއިން ރާއްޖެއަށް ދީފައިވާ އެހީތެރިކަމާއި އެއްބާރުލުން ހަނދާން ކޮށްދިނުން ވަރަށް މުހިއްމު ކަމަށެވެ. އަދި އެ ޤައުމަށް ކުޑަ އިމީސްވާ ގޮތަށް ކަން ކުރުން ބަލައި ނުގަނެވޭނެ ކަމަށާއި, މިއީ އިންޒާރެއް ކަމަށް ބުނެފައިވެއެވެ.
އޭގައި އަދި #އެކްސްޕްލޯއިންޑިއަން އައިލޭންޑްސް#އެކްސްޕްލޯލަކްޝަދީޕް ވެސް ލިޔެފައިވެއެވެ.
މި ފަހަކަށް އައިސް ދައުލަތުގެ ވެބްސައިޓްތަކަށް ތަފާތު ހަމަލާތައް އަމާޒުވެފައިވެއެވެ.
ތިއި ދިވެހިން އަމިއްލައަށް ހޯދައިގަތް ކަމެއް.. ސިޔާސީންގެ ބަސް އަހަރެމެން އެހީ