ޚަބަރު

ސައިފު ވިދާޅުވަނީ އޭނާ އަކީ ރައީސް ނަޝީދުގެ “ހިޔަންޏެއް” ނޫން ކަމަށް

އަލީ ސަމާޙް ، ދެން އޮންލައިން
ދަ ޑިމޮކްރެތްސްގެ ފަރާތުން ވާދަކުރައްވާ ސައިފް

މާލޭގެ މޭޔަރަކުމަށް ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވާ ސައިފް ފާތިހު އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ 'ހިޔަންޏެއް' ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގުކޮށްފިއެވެ.

Ads by Sosun Fihaara

ސައިފް އަކީ މާލެ އަނބުރާ ހޯދުމަށް ނެރުނު ހިޔަންޏެއްތޯ ސަންގު ބަހުސް ގައި ކުރި ސުވާލަށް ޖަވާބުދެމުން ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު ސައިފް ވިދާޅުވީ އޭނާ އަކީ ނަޝީދުގެ އާއިލާގެ ބޭފުޅެއް ކަމަށާއި ނަމަވެސް ސިޔާސީ މަސައްކަތްކުރައްވަނީ ވަކި މީހެއްގެ ފަހަތުން ނޫން ކަމަށެވެ.

ތިއީ ރަނގަޅު ވާހަކައެއް ނޫން އަޅުގަނޑުމެންގެ ޕާޓީގެ ސިޔާސަތުތަކާއި ގަބޫލުކުރާ ފަލްސަފާގެ ތެރޭގައި އަޅުގަނޑުމެން ކުރިއަށް ދާނެ. ރައީސް ނަޝީދުގެ ވާހަކައެއް ތިޔަބޭފުޅުން ދެކިވަޑައިގަންތޯ އަޅުގަނޑުގެ މެނިފެސްޓޯގައި؟

ސައިފް ވިދާޅުވީ އެމްޑީޕީ ދޫކުރަން ޖެހުނީ ގަބޫލުކުރަމުން އައި ސިޔާސަތުތައް ފެއަށް ޖައްސާލުމުން ކަމަށެވެ. ސައިފް ވިދާޅުވި ގޮތުގައި އޭނާގެ މޭޔަރު ކަމުގައި މާލޭގެ މަގުތައް ނުވަތަ ޕަބްލިކް ސްޕޭސްތަކަކީ ނުކުޅެދިންތެރިކަން ހުންނަ މީހުންނަށް ނިކުމެ އުޅޭވޭ ތަނެއްކަން ކަށަވަރު ކުރާނެ ކަމެވެ.

އޭނާ ވިދާޅުވީ މާލޭގެ ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މި ވަގުތު އޮތް އެންމެ ބޮޑު ހުރަހަކީ ސްޓްރީޓް ސްކޭޕިން މަޝްރޫއު މަޑުޖެހިފައި އޮތުން ކަމަށެވެ. އެ މަޝްރުއޫގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތަތްކަށް މަގުތަކުގައި އެއްވެސް ދަތިކަމެއް ނެތި ހަރަކާތްތެރިވެވޭނެ ކަމަށެވެ.

އެހެންކަމުން މޭޔަރަކަށް އިންތިހާބުވެވަޑައިގެންފިނަމަ އެ މަޝްރޫއު އަލުން ފަށާނެ ކަމަށް ވިދާޅުވިއެވެ. އަދި ހަމައެއާއި އެކު ޕަބްލިކް ޓްރާންސްޕޯޓު ތެރޭގައި ހިމެނޭ ބަސްތަކާއި ފެރިތަކަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހަކަމާއި އެކު އަރާ ފޭބެނެ ގޮތަށް، މޭޔަރުކަމުގެ ފުރަތަމަ މަހުގައި ހައްލެއް ގެންނާނެ ކަމަށް ވިދާޅުވިއެވެ.

''... ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ގުޅޭ ގޮތުން ބޭނުންކުރެވޭ ޓާމިނޮލޮޖީ އަކީ ރަނގަޅު ޓަމިނޮލޮޖީ އަކަށް ހަދާނަން، އެމީހުންގެ އަބުރަށް އިއްޒަތަަށް ކަރާމަތަށް ގެއްލުން ލިބޭ ގޮތަށް ޕޮލިޓިކަލް ސީންގައި މި ދައްކާ ވާހަކަތައް ޑިސްކަރޭޖް ކުރުމުގެ ގޮތުން، ލަދުގެންވެމުުގެ ގޮތުން އަޅުގަނޑު ހާއްސަ ސަމާލުކަމެއް ދޭނަން'' ސައިފް ވިދާޅުވިއެވެ.

މާލޭގެ ބޯހިޔާވަހިކަމާއި ގުޅޭ ގޮތުން ސައިފް ވިދާޅުވީ ދަފްތަރުގައި ތިބި މީހުންނަށް މާލޭގެ ރައްޔިތުންނެކޭ އެއް ފަދައިން ގޯތި ލިބެންޖެހޭ ކަމަށެވެ. ނަމަވެސް ގޯތީ ދޭންވާނީ އެންމެ ބޮޑަށް ބޯހިޔާވަހިކަމަށް ބޭނުންވާ ފަރާތްތަކަށް ކަމަށް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!