ޚަބަރު

މިކުރަނީ ޤައުމީ ޖިހާދެއް, އިންތިޚާބުގެ ނަތީޖާ އެހެން ގޮތަކަށް ނިކުމެއްޖެނަމަ ކުރަން ޖެހޭ ހަނގުރާމަ ބޮޑުވާނެ: އާޒިމާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މިއަދުގެ އިވެންޓްގައި އާޒިމާ ވާހަކަފުޅު ދައްކަވަނީ.. ދެން އިމޭޖްސް

އަންނަ ހޮނިހިރު ދުވަހު އޮންނަ މާލޭ ސިޓީ ކައުންސިލްގެ މޭޔަރުގެ އިންތިޚާބުގެ ނަތީޖާ އަންނަ ގޮތަކުން ޤައުމަށްޓަކައި ކުރަން ޖެހޭ ހަނގުރާމަ އިތުރުވެގެންދާނެ ކަމަށް ސަރުކާރުގެ ކޮންގްރެސް ޕާޓީގެ ޓިކެޓްގައި ވާދަ ކުރައްވާ އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެވެ.

Ads by Sosun Fihaara

އާޒިމާގެ ކެންޕެއިން ހަރަކާތުގެ ތެރެއިން މިއަދު ވަނީ މާލޭގައި ސައިކަލު ބުރެއް ބާއްވާފައެވެ. ސައިކަލު ބުރު ނިންމާލުމަށްފަހު ބައިވެރިންނާ އާޒިމާ ވަނީ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

އާޒިމާގެ ވާހަކަފުޅުގައި ވިދާޅުވީ ސަރުކާރާ އިދިކޮޅު ކެނޑިޑޭޓުން ހޮވިއްޖެނަމަ ސަރުކާރުގެ މަޝްރޫއުތަކަށް ހުރަސް އަޅާނެ ކަމަށެވެ. މިސާލު ޖައްސަވަމުން ވިދާޅުވީ މާލޭ ސަރަހައްދަށް އެންމެ މުހިންމު މައްސަލަ ކަމަށްވާ ބޯހިޔާވެހިކަމުގެ މައްސަލައާ ސަރުކާރު ދެކޮޅު ކެނޑިޑޭޓުން ދެކޮޅު ހައްދަވަމުންދާ ކަަމށެެވެ.

"މިހާރު އަޅުގަނޑުމެން ކުރަމުން މިދާ މަސައްކަތުގައި, ރަައީސް ޑރ. މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތުގައި ހުރަސް އަޅާނެ ބަޔަކު މާލޭގެ މޭޔަރު ކަަމަށް ގެނެވިއްޖެ ކަމަށް ވަންޏާ, ރާއްޖޭގެ ކުރިއެރުމާއި ތަަރައްޤީއަށް ހުރަސްތަކެއް ކުރިމަތިވާނެ" އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ ހޮނިހިރު ދުވަހު ނެގޭ ވޯޓަކީ ވަރަށް މުހިންމު ވޯޓެއް ކަމަށާއި އެ ވޯޓަކީ ޤައުމިއްޔަތާ ގުޅިފައިވާ ވޯޓެއް ކަމަށެވެ.

"އަޅުގަނޑުމެން މިކުރަނީ ޤައުމީ ޖިހާދެކޭ. މި ޖިހާދުގައި ތިބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާށޭ." އާޒިމާ ވިދާޅުވިއެވެ.

އާޒިމާގެ ވާހަކަފުޅު އިތުރަށް ތިލަ ކުރައްވަމުން ވިދާޅުވީ, ދިވެހިންނަށް ނުކުރެވޭނެ އަދި ކޮށްގެން ނުވާނެ ކަމަކީ ދިވެހި ރާއްޖެއާ ދެކޮޅަށް ވާހަކަ ދެއްކުން ކަމަށާއި ނަމަވެސް މިއަދު އެމްޑީޕީން އެކަން ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތުގައި ޚިޔާލުތަފާތުވާ ކަންތައްކެއް ހުރެދާނެ. އެކަމަކު އަޅުގަނޑު ކަންބޮޑުވާ ކަމަކީ ސަރުކާރާ މި އޮންނަ ދެކޮވުންތަކުގައި ޤައުމާ ދެކޮޅު ޚިޔާލުތަކެއް އެހެން ފަރާތްތަކާ މެދުގައި ފާޅު ކުރާތީ" އާޒިމާ ވިދާޅުވއިެވެ.

Ads by Ooredoo
  1. ރަރަރާ

    އާޒިމާ ނުހޮވޭނެއޭ ދާނީ 3 ވަނަ އަށޭ 1 ވަނަ އަށް ދާނީ އެމްޑީޕީ އާޒިމް ދެވަނަ އަށް ދާނީ ސީޕީ ހުސެން 3 ވަނަ އަށް ދާނީ އާޒިމާ މީއޭ އިންތިޚާބުގެ ނަތީޖާ ދައްމާ ގޮތަކީ އާޒިމާ އަކީ ދަރަނިބޯ ދަރަނިބޯ ދަރަނިބޯ އައުޓް ރަރަރާރ
    ރަރަރާ ރަރަރާ ރަރަރާ ކްއޯއް ކްއޯއް ކްއޯއް ކްއޯއް ކްއޯއް ޑާންސް ޑާންސް ޑާންސް ޑާންސް….

  2. ރަރަރާ

    ޗައިނާ ޒިންދާބާދު ޗައިނާ ޒިންދާބާދު ޗައިނާ ޒިންދާބާދު ޗައިނާ ޒިންދާބާދު އިންޑިއާ ފެނޭތޭ ފެނޭދޯ ވައިޓް ހައުސް ބޮޑޭ ކޮށިއަރަނީއޭ ކޮސްވެ ސިޑިން ވެއްޓެނީ ވެއްޓެނީ ވެއްޓެނީއޭ ރަރަރާ ރަރަރާ ރަރަރާ ރަރަރާ ކްއޯއް ކްއޯއް ކްއޭއް ކްއޭއް ޑާންސް ޑާންސް ޑާންސް ޑާންސް…

  3. ދަރަނިބޯ

    ދަރަނިބޯ ދަރަނިބޯ ދަރަނިބޯ ދަރަނިބޯ ދަރަނިބޯ ދަރަނިބޯ ދަރަނިބޯ ދަރަނިބޯ ދަރަނިބޯ ދަރަނިބޯ ދަރަނިބޯ ދަރަނިބޯ ދަރަނިބޯ ދަރަނިބޯ ދަރަނިބޯ ދަރަނިބޯ ދަރަނިބޯ ދަރަނިބޯ ދަރަނިބޯ ދަރަނިބޯ ދަރަނިބޯ ދަރަނިބޯ ދަރަނިބޯ ދަރަނިބޯ ދަރަނިބޯ ދަރަނިބޯ ދަރަނިބޯ ދަރަނިބޯ ދަރަނިބޯ ދަރަނިބޯ

  4. ވަގުންނޭ

    ޗައިނާ ޒިންދާބާދު ސިވިލްސާރވިސް ގޮތަށް އަމިއްލަ ކުންފުނި ތަކުގެ މުވައްޒަފުން ވެސް ކުރަނީ ގައުމަށް ޚިދްމަތޭ އިގްތިސާދު ވަށާ ޖެހޭނީ އަމިއްލަ ކުންފުނި ތައް ވެސް ހިމަނައިގެންނޭ ސަރުކާރުން އަމިއްލަ ކުންފުނި ތަކުގެ ވިޔާފާރި ކުރިއަރުވަން އަދި އެމެންނަށް ހުޅުމާލެ އަދި ތިލަފުށިން ކުޑަ ކުލީގައި ބިންދީގެން ބަލަންވީ މާލޭގައި ހުރި ހުރިހާ ގަރާޖް ތައް ހުޅުމާލެ އަދި ތިލަފުއްޓަށް ބަދަލުކޮށްލެވޭތޯ އަދި ފޭދޫފިނޮޅު އިރުން އޮތް ފަޅު ޗައިނާއިން ލޯން ނަގައިގެން އެފަޅުހިއްކާށޭ ރައީސް ޔާމީން މުއިއްޒުގެ އަފްއާމްގެ ދަށުން ދޫކުރާށޭ އެނޫންނަމަ މިސަރުކާރު ދިފާއު ކުރާނެ ބަޔަކު ނުތިބޭނެއޭ މުއިއްޒު ވަގު އަދުރޭ ބުނާ ގޮތަށް ނަހަދާށޭ އެއީ އެއް ހިއްސު މަދު އުނގުން ވިސްނާ ބަތާހަރާމީ ހަރާމްކޯރެކޭ އެރުނޑިކާޅާއި ދޮންކެޔޮ ނިހާނާއި އަންހެނދުޅައިގެ އަލީ އާރިފް މެން ތިއްބާ ނޫންތޭ ޕީޕީއެމް 2018 ގެ ރިޔާސީ އިންތިޚާބުން ބަލިވީ އެއީ ނުކިޔަވާ ތިބި ތަނެއް ދޮރެއް ނުދަންނަ ގަމާރު ބީތާއިންނޭ މަމެން ބުނީމާ މުއިއްޒު ތަ ގަބޫލުކުރާށޭ ތަވެސް ތީ ބޮޑު ކަނޑުކޮހެކޭ އިނގޭތޭ

  5. ވަގުންނޭ

    ޗައިނާ އިންދަެ ސްކޮލަރޝިޕްސް ތައް ކޮލިޓީ ވާނެއޭ ބަލަންވީ ސަރުކާރުން ޗައިނީސް ލައިޓް އިންޑަސްޓްރިއަލް ޕާރކް ހަދަން ޗައިނާ އަށް މާލެ ސަރަހައްދުން މާފުށި ފަޅުން 500 ހެކްޓަތުގެ ފަޅު ޗައިނާ އަށް ދީގެން އެތަނުގައި ޓޫރިޒަމާއި އަދި މަސްބްރީޑިންގް ފެކްޓަރީސް ތަކާއި ޗައިނާގެ ޝޮޕިންގް މޯލްސް ތަކާއި މޮޓެލްސް ތަކާއި ހޮޓެލްސް ތަކާއި އަދި ފިޔާ އަލުވި ބިސް ޑިއުޓީފްރީ އަދި ޓެކްސް ފްރީކޮށް ލިބޭނެ ގޮތް ހެދުމާއި ހިލައާއި ހިލަވެލި ޑިއުޓީ ފްރީކޮށް ލިބޭނެ ގޮތްހަދާށޭ

  6. ބަލާތި

    ކޮބާތޭ ޗައިނާގެ ބެލްޓް އެން ރޯޑް އިނީޝިއޭޓިވް ގެ ދަށުން ރަސްމާލެ އާއި މާލެ އާއި ދެމެދު އަޅާ ބްރިޖްގެ ވާހަކަ ކަނޑުފަތާފައި ރަސްމާލެ އަށް ނުދެވޭނެއޭ އެއީ ވާނޭ ކަމެއް ނޫނޭ އެކަން އަވަސް ކުރަން ސަރުކާރުގެ އިކޮން ކައުންސިލުން ވިސްނާ އެމަގުން އެކަން ކުރާށޭ އެނޫންނަމަ މާބޮޑަށް ލަސްވާނެއޭ ދެން މުއިއްޒު ދާންވީ ޖަޕާން އަށް ޖަޕާން އާއި ޗައިނާ އާއި ދެމެދު ރާއްޖެއަށްދޭ އެހީގައި ވާދަވެރިކަން އުފައްދަން ސަރުކާރުން ޖެހޭނެ ވިސްނާ އެމަގުން އެކަން ކުރާށޭ ކުރާށޭ

  7. ބަލާތި

    ޗައިނާގައި ހުރި އެންމެ މަތީ ފެންވަރުގެ ޔުނިވަރސިޓީސް ތަކަށް ރަސްމާލޭން ބިން ވިއްކާ އެބިން ތަކުގައި އެ ޔުނިވަރސިޓީސް ތައް އަޅާ ރާއްޖެއަކީ ދުނިޔޭގެ 1 ވަނަ ތައްލީމީ މަންޒިލް ކަމަށް ހަދަންވީ އެއިރުން އިންޑިއާ އަދި ލަންކާ އަށް މިހާރު ރާއްޖޭން ހިޖްރަ ކޮށްފައިވާ ދިވެހިން އަނބުރާ ރައްޖެ ގެނެވޭނީ މިފަދަ ކަންކަން ސަރުކާރުން ރާވާށޭ ކުރާށޭ ރާއްޖޭން އަބަދުވެސް އިންޑިއާ އަދި ލަންކާ އާއި ހުރިހާ ދާއިރާ އަކުން ވާދަ ކުރަން ޖެހޭނެއޭ

  8. ބަލާތި

    ޗައިނާ އަކީ ދުވަހަކު ވެސް ރާއްޖެ ބޮއިކޮޓް ކުރަން ސަރުކާރުގެ ސްޕޮންސަރ ލިބިގެން އެކަން ކުރި ގައުމެއް ނޫނޭ އަދި އެގައުމުގެ ވެރިމީހާ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް ހަސަދަވެރި ނުވެއޭ ރާއްޖެއާއި އެންމެ ގާތް އެކުވެރިޔާ ކަމަށް ހެދިގެން އުޅުނު އިންޑިއާގެ ހަގީގަތް މިއަދު އެގިގެން މިދަނީ ރާއްޖެ ބޮއިކޮޓް ކުރަން ގޮވާލުމުން މިކަން ދަނެގެން ބިރު ކަނޑާލާ ޗައިނާ އަދި ރަޝިޔާ އާއި އެކު ގުޅުން ގަދަ ކޮށް ހަދާ އިންޑިއާ ލަންކާ އަށް ހޮންޖަހަންވީއަެ މިކަން ކުރާށޭ

  9. ބަލާތި

    ޗައިނާ އިން ދިވެހިން މަތީ ތައްލީމް ހާސިލް ކުރުމަށް ޓަކައި އަހަރަކު މަދުވެގެން 10 ހާސް ދިވެހިން ޗައިނާ އަށް ފޮނުވަންވީ ޑިގްރީން ފެށިގެން ގޮސް ޕީއެޗްޑީ އާއި ހަމައަށް ކިޔަވަން އެއިރުން ދެން އިންަޑިއާ އަަަށް ރަނަގަޅު ފިލާވަޅެއް ލިބިގެންދާނެއޭ އަދި އާސަންދަ ވެސް ޗައިނާގެ ހޮސްޕިޓާ ތަކުން ހަމަޖައްސަންވީއޭ މިކަން ލަސްނުކޮށް ކުރާށޭ ސަރުކާރު ވަރަށް ސްޕީޑް ލަސް ކަން ފާހަގަކުރެވެއޭ