Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ސަރުކާރުން ޗައިނާއަ އެކު ސިއްރު އެގްރީމެންޓުތަކެއްގައި ސޮއިކުރި: ފައްޔާޒު

ސަރުކާރުން ޗައިނާއަ އެކު ސިއްރު  އެގްރީމެންޓުތަކެއްގައި ސޮއިކުރި: ފައްޔާޒު
ރައީސް ޑރ މުހައްމަދު ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމާ އެކު ސިއްރު އެގްރީމެންޓްތަކެއްގައި ސޮއިކޮށްފައިވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ތުހުމަތު ކުރައްވައިފިއެވެ. ސަރުކާރުން ފަށާފައިވާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ފުށިދިއްގަރުފަޅު ތަރައްގީކުރުން ހިމެނޭ ގޮތަށް ޗައިނާއާއެކު 20 އެއްބަސްވުމެއްގައި އިއްޔެ ވަނީ ސޮއިކޮށްފައެވެ. ރާއްޖޭގެ ފަރާތުން ރޭ އެމްޑީޕީން ބޭއްވި ކެމްޕޭނުު ޖަލްސާގައި ފައްޔާޒު ވިދާޅުވީ، ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އިންޑިއާ އެކު 100 އެގްރީމެންޓުތަކެއް ހަދާފައިވާ ކަމަށް އޭރު އިދިކޮޅުގައި އޮތް ޕީޕީއެމް/ޕީއެންސީ އިން ތުހުމަތުކުރި ކަމަށެވެ. ނަމަވެސް އެއީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫން ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އެއަށް ފަހު އޭނާ ވިދާޅުވީ މި ސަރުކާރުން 20 އަށްވުރެ ގިނަ އެގްރީމެންޓުގައި ޗައިނާއާއެކު ސޮއިކޮށްފައިވާ ކަމަށެވެ.
20 އެއް ނޫން، 30 އެގްރީމެންޓުގައި ސޮއިކޮށްފައި އައީ، އަނެއް 10 އެގްރީމެންޓުގައި އޮތް އެއްޗެއް އެ ކުރިކަންވެސް މިއުޅެނީ ނޭގިގެން
ފައްޔާޒު ވިދާޅުވީ، ޗައިނާއާ އެކު ސޮއިކުރި އެގްރީމެންޓުތަކުގެ ތަފްސީލު ރައްޔިތުންނަށް ބޭނުންވާ ކަމަށެވެ. ޗައިނާއެކު ސޮއިކޮށްފައިވާ އެގްރީމެންޓުތަކުގެ ތެރޭގައި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އާއި ޗައިނާގެ މިނިސްޓްރީ އޮފް އިމަޖެންސީ މެނޭޖްމަންޓާ ދެމެދު ވެފައިވާ، ކާރިސާގެ ނުރައްކާ ކުޑަކުރުމުގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެމްއޯޔޫ، ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސް އާއި ރާއްޖޭގެ ފިޝަރީޒް މިނިސްޓްރީއާ ދެމެދު ވެފައިވާ، ބްލޫ އިކޮނޮމީ ކޯޕަރޭޝަން އިތުރަށް ބަދަހިކުރުމުގެ އެމްއޯޔޫ، ހޯމް މިނިސްޓްރީއާއި ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސްއާ ދެމެދު ވެފައިވާ، ޑިޖިޓަލް އިކޮނޮމީއާއި އިންވެސްޓްމަންޓް ކޯޕަރޭޝަން ހަރުދަނާކުރުމާ ބެހޭ އެމްއޯޔޫ، އިކޮނޮމިކް މިނިސްޓްރީއާއި ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސްއާ ދެމެދު ވެފައިވާ، ގްރީން ޑިވެލޮޕްމަންޓްގައި އިންވެސްޓްމަންޓް ކޯޕަރޭޝަން ޕްރޮމޯޓްކުރުމާ ބެހޭ އެމްއޯޔޫ ހިމެނެއެވެ. ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އާއި ޗައިނާ މީޑިއާ ގްރޫޕާ ދެމެދު ވެފައިވާ އެއްބަސްވުން އަދި އިކޮނޮމިކް މިނިސްޓްރީއާއި ޗައިނާގެ ނޭޝަނަލް ޑިވެލޮޕްމަންޓް އެންޑް ރިފޯމް ކޮމިޝަނާ ދެމެދު ވެފައިވާ، ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް ކޯޕަރޭޝަން ޕްލޭން އެކުލަވާލުން އަވަސްކުރުމާ ބެހޭ އެމްއޯޔޫގެ އިތުރުން އިކޮނޮމިކް މިނިސްޓްރީއާއި ޗައިނާގެ ނޭޝަނަލް ޑާޓާ އެޑްމިނިސްޓްރޭޝަންއާ ދެމެދު ވެފައިވާ، ޑިޖިޓަލް އިގްތިސާދުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުން ހިމެނެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް