Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ރޯދަމަހު ކޮންމެ ގެޔަކަށް ހިލޭ ހަނޑޫ ބަސްތާއަކާ ފުށް ބަސްތާއެއް

ރޯދަމަހު ކޮންމެ ގެޔަކަށް ހިލޭ ހަނޑޫ ބަސްތާއަކާ ފުށް ބަސްތާއެއް

ކުރިއަށް އޮތް ރަމަޟާން މަހު ސަރުކާރުގެ ޚަރަދުގައި ކޮންމެ ގެއަކަށް ހަނޑޫ ބަސްތާއަކާއި ފުށްބަސްތާ އެއް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ޗައިނާއަށް ކުރެއްވި ފުރަތަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ އަސާސީ ކާބޯތަކެތި ހޯދުމަށް އެންމެ ގައުމަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެންނަވާނެ ކަމަށެވެ.

Advertisement
Allied — Dhen Online (box)

މިހާރު ރާއްޖެއަށް ކާޑުގެ ބާވަތްތައް ގެންނަނީ އިންޑިއާއިންނެވެ. ރާއްޖެއާއި އިންޑިއާއާ ދެމެދުގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާ މިދަނޑިވަޅުގައި ރައީސް ވިދާޅުވީ, ހަޑުލާއި ހަކުރާއި ފުއް ހޯދުމަށް ތުރުކީއާ އެކު އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ.

ހަމައެކަނި އެ ގައުމުން ރާއްޖެ އަށް އަހަރު ދުވަހަށް ބޭނުންވާ ވަރަށްވުރެ 10 އިންސައްތަ އިތުރަށް ހަޑުލާއި ހަކުރާއި ފުށް ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ކުރިއަށް އޮތް ރޯދަ މަހު ކޮންމެ ގޭބީސީއަކަށް 10 ކިލޯގެ ހަނޑޫ ބަސްތާ އަކާއި 10 ކިލޯގެ ފުށް ބަސްތާއެއް ސަރުކާރުން ހަދިޔާ ކުރަން ނިންމާފައިވާ ހާމަކޮށްފައެވެ. "މިއަހަރުގެ ރޯދަ މަހު ފުރަތަމަ ފަހަރަށް ކޮންމެ ގޭބީސީއަކަށް ސަރުކާރުގެ ފަރާތުން 10 ކިލޯގެ ހަނޑޫ ބަސްތާ އަކާއި 10 ކިލޯގެ ފުއް ބަސްތާއެއް ހަދިޔާ ކުރާނަން. އޭގެ އިތުރު ކަންތައްތައް ވެސް ވާނެ. އަދި މި އަންނަ އަހަރު އެއަށް ވުރެ އިތުރު ވެސް ކުރާނަން،" ރައީސް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް