ޚަބަރު

މިއީ ހައްސާސް ދަނޑިވަޅެއްގައި ލިބުނު މުހިންމު ކާމިޔާބީއެއް: ފައްޔާޒް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މާލެ ސިޓީގެ މޭޔަރު އިންތިހާބު އާދަމް އާޒިމް ކާމިޔާބު ކުރުމަކީ ދިވެހިންނަށް ލިބުނު މުހިއްމު ކާމިޔާބެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިރޭ ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މާލޭގެ މޭޔަރު ކަމަށް އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް އިންތިހާބުވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ މިއީ ހައްސާސް ދަނޑިވަޅެއްގައި މާލޭގެ ރައްޔިތުން އަދި ޖުމްލަކޮށް ދިވެހިންނަށް ލިބުނު މުހިންމު ކާމިޔާބެއް އަދި މުހިންމު މެސެޖެއް ކަމަށެވެ.

މިއަދު ހެނދުނު 8 އިން ހަވީރު 5 ޖެހުމާ ހަމައަށް ބޭއްވި އިންތިހާބުގައި މިހާތަނަށް ގުނުނު 44 ވޯޓު ފޮށީގެ ނަތީޖާ ދައްކާ ގޮތުން އާޒިމް ވަނީ 5،303 ވޯޓު ކާމިޔާބުކުރައްވައިފަ އެވެ. މި އިންތިހާބުގައި ބެހެއްޓީ 55 ވޯޓު ފޮށްޓެވެ.

ޕީއެންސީގެ ކެންޑިޑޭޓު އައިޝަތު އާޒިމާ ޝަކޫރަށް ލިބިވަޑައިގެންފައިވަނީ 3،301 ވޯޓެވެ. ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު މުހައްމަދު ސައިފް ފާތިހަށް 1،634 ވޯޓު ލިބިވަޑައިގެންއިރު ޕީއެންއެފްގެ ކެންޑިޑޭޓު ހުސައިން ވަހީދަށް ލިބިވަޑައިގަތީ 1،236 ވޯޓެވެ. އަދި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވި ޝުއައިބު އަލީއަށް ލިބިވަޑައިގެންފައިވަނީ 91 ވޯޓެވެ.

މާލޭގެ މޭޔަރު ކަމުގެ އިތުރުން ސިޓީ ކައުންސިލުން ހުސްވެފައިވާ ތިން ދާއިރާ އަށް ކައުންސިލަރުން އިންތިހާބު ކުރުން ވެސް މިއަދު އޮތެވެ. އެ ތިން ދާއިރާ އަކީ ހެންވޭރު ދެކުނު ދާއިރާ އާއި މާފަންނު ދެކުނު ދާއިރާގެ އިތުރުން މެދު ހެންވޭރު ދާއިރާ އެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 54،680 މީހަކަށް ލިބިފައިވީ ނަމަވެސް ވޯޓުލުމުގެ ހައްގު ބޭނުންކޮށްފައިވަނީ ނިސްބަތުން މަދު ބައެއް ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

Ads by HDC
  1. މުހިންމުވީ ކިހިނެތް ތީ ޢާޒިމް ނޫން އެހެން މީހަކު ނެރުނު ނަމަ ތިގޮނޑި ހިއްލައެއް ނުލެވޭނެ ވޯޓްދިނީ ޢާޒިމް ވެގެން އެމްޑީޕީ ވެގެން ވޯޓެއްނުދޭނެ

  2. ކުރާށޭ

    ޕީޕީއެމް ޕީއެންސީ މާލޭގެ މޭޔަރު އިންތިޚާބުން ބަލިވީ ހަގީގީ ސަބަބަކީ މަސައްކަތް ނުކުރެވުމެއް ނޫނޭ އެއީ ރައްޔިތުން ވޯޓް ދިން ގޮތާއި ޚިލާފަށް އަދުރޭ އިސްވެ ހުރެ ކަންކަން ކުރުމުންނޭ މުއިއްޒު ހޮވޭއިރަށް މުއިއްޒު ބޮލަށް ވަދެގެން އަދުރޭ ދަމައިގަތީ އެއީ ރައީސް ޔާމީނަށް ލިބެން ޖެހޭ ބައި ދެން އަދުރޭ އަށް ފެންނަ މީހަކަށޭ ވަޒީރު ކަމާއި ސަރުކާރުގެ އިސްމަގާތް ތައް ދެނީ މިހާރު މާލެ ތެރޭގައި އަޑުއިވޭ 3 ލައްކަ ރުފިޔާ އަދުރޭ ބުނާ މީހަކަށް ދިނުމުން ސަރުކާރުގެ ބޯރޑް މެމްބަރު ކަންދެއޭ މުއިއްޒު އަވަހަށް މިކަމުގައި ވިސްނާ ރައީސް ޔާމީން މިހަފްތާގައި އަފްެއާމްގެ ދަށުން ދޫކޮށްލާ މާޒީ މާޒީ އަށް ދޫކޮށްލާ ޕީޕީއެމް ޕީއެންސީ އަދި ޕީއެން އެފް އަދި އެމްޑީއޭ ގުޅިގެން އަންނަ މަޖްލީސް އިންތިޚާބުގައި ވާދަ ކުރަންވީއޭ އެނޫން ނަމަ މަޖްލީސް އިންތިޚާބު ޕީޕީއެމް ޕީއެންސީ އަދި ޕީއެންއެފް އަށް ވެސް ނުލިބޭނެއޭ ޖޭޕީ އެއީ ގައްދާރުންނޭ އަލީ އާރިފަށް ނުލިބޭނެއޭ 10 ވޯޓް ވެސް މިވަރުގެ މީހުންނޭ މުއިއްޒު ގާތްކޮށްގެން އުޅެނީ މުއިއްޒުގެ ސަރުކާރު ސިޔާސީ ގޮތުން ވަރަށް ބަލިކައްޓޭ އެކަން މުއިއްޒު ދަނެގެން ރައީސް ޔާމީން ފޮނުވާފައިވާ މެސެޖަށް ޖަވާބުދީ ފުރަތަމަ ވެސް ރައީސް ޔާމީން އަފްއާމްގެ ދަށުން ދޫކޮށްލާ އަވަހަށް ޕީޕީއެމް ޕީއެންސީ އާއި ޕީއެންއެފް ވަކިން މަޖްލީސް އިންތިޚާބަށް ތައްޔާރު ވާންވީއޭ މިކަން އަވަސް ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ