ޚަބަރު

ބަލި ގަބޫލުކޮށް އާޒިމާ މޭޔަރު އިންތިހާބު ކާމިޔާބުކުރެއްވި އާޒިމަށް މަރުހަބާ ވިދާޅުވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

މާލޭގެ މޭޔަރު އިންތިޚާބު ކުރުމަށް އިއްޔެ ބޭއްވުނު ބައި-އިލެކްޝަން، އިނދިކޮޅު އެމްޑީޕީގެ ކެނޑިޑޭޓް އާދަމް އާޒިމް ކާމިޔާބު ކުރެއްވުމާއި ގުޅިގެން، އޭނާއާއި ވާދުކުރި ޕީއެންސީގެ ކެނޑިޑޭޓް އާޒިމާ ޝަކޫރު ބަލި ގަބޫލުކޮށް އާދަމް އާޒިމަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

Ads by MWSC

އެކްސްގައި އާޒިމާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އާޒިމް ހޯއްދެވި ކާމިޔާބީއަށް މަރުޙަބާ ދަންނަވާ ކަމަށާއި ޕާޓީގެ ތަފާތުކުރުމެއް ނެތި މާލޭގެ ރައްޔިތުންނަށް މަންފާކުރާނެ ހުރިހާ ޚިދުމަތަކަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.

އާޒިމް މި އިންތިޚާބު ކާމިޔާބު ކުރެއްވީ 45 އިންސައްތަ ވޯޓުންނެވެ. އާޒިމާއަށް ލިބިވަޑައިގެންނެވީ 29 އިންސައްތަ ވޯޓެވެ.

މި އިންތިޚާބުގައި އާޒިމް އާއި އާޒިމާގެ އިތުރުން ވާދަކުރެއްވީ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް ސައިފް ފާތިހު އާއި އަމިއްލަ ގޮތުން ވާދަކުރެއްވި ހުސައިން ވަހީދު އާއި ޝުއައިބު އަލީއެވެ.

Ads by HDC
  1. ބަލާތި

    މާލޭ މޭޔަތު ކަން ޕީޕީއެމް އަށް ގެއްލުނީ މުއިއްޒު އަދުރޭ ބުނާ ގޮތަށް ހަދައިގެންނޭ އަދުރޭ އެވަނީ ރައީސް ޔާމީނަށް ގައްދާރުވެފައޭ މުއިއްޒު ހޮވުނުރޭ އޭނާ ބުނީ އޭނާގެ ދަރި ގާތު ދެން ކޮންމެހެން ޔާންޓޭ މިނިވަން ކުރާ ވާހަކަ ދައްކަން ނުޖެހޭނެއޭ ޔާންޓޭ އަށް އޮތް ބައި ސަރުކާރުގެ ތެރޭން އޭނާ މުއިއްޒު އަށް އޮޅުވާލައިގެން ދަމައިގަންނާނީ ކަމަށޭ ދެން ޓޫރިޒަމް މިނިސްޓަރު ކަން އޭނާ ބުނެގެން އޭނާގެ ދަރި އަށް ދިނުން އެއީ ފުރަތަމ ގަބުޅި ކަތީބު ގޮތޭ އެހޮތަށް ސަރުމާރު