Tuesday, 3 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ދިރާސީ އައު އަހަރަށް "ދިވެހި ގައުމިއްޔަތު" މާއްދާ ތައާރަފު ކުރަނީ

ދިރާސީ އައު އަހަރަށް "ދިވެހި ގައުމިއްޔަތު" މާއްދާ ތައާރަފު ކުރަނީ

އަންނަ ދިރާސީ އައު އަހަރުގައި ޤައުމީ މަންހަޖުގުައި "ދިވެހި ޤައުމިޔައްތު"ގެ މާއްދާ ތައާރަފް ކުރާނެކަން ސަރުކާރުން ހާމަކޮށްފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ, މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގެ ތަފުސީލުތައް ދެއްވަމުން ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމެވެ.

ނާޒިމް ވިދާޅުވީ, ދިވެހި ޤައުމިއްޔަތުގެ ނަމުގައި މާއްދާއެއް ޤައުމީ މަންހަޖުގެ ތެރެއިން ސަރުކާރުގެ ސްކޫލުތަކުގައި ކިޔަވައިދޭން ނިންމާފައިވަނީ ދިވެހި ގައުމިއްޔަތާއި ރުކުންތަކަށް އިސްކަންދީ، ގައުމިއްޔަތަށް ލޯބިކުރާ ކުދިންތަކެއް އުފައްދަން ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމަށެވެ. އަދި މިކަމަކީ ދިވެހި ޤައުމިއްޔަތަށް އަހުލުވެރި ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރަން ނިންމި ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

ނާޒިމް އިތުރަށް ވިދާޅުވީ, ދިރާސީ އައު އަހަރުގެ ކިޔެވެން ފެށޭއިރު, މި މާއްދާ ކިޔަވައިދިނުމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ޓައިމްލައިންއާ އެއްގޮތަށް ވަމުން އަންނަ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް