ޚަބަރު

އުތުރާ މެދު ރާއްޖެ ތެރޭގެ ވައި ނުސާފުވެ، ހަމަ ލޮލަށް ފެންނަ ދުރުމިން ދަށްވެއްޖެ

ޙައްވާ އިނާޝާ ، ދެން އޮންލައިން

އުތުރާއި، މެދު ރާއްޖެ ތެރޭގެ ވައި ނުސާފުވެ ހަމަ ލޮލަށް ފެންނަ ދުރުމިން ދަށްވެއްޖެ ކަަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް) އިން ވިދާޅުވެއްޖެއެވެ.

Ads by STELCO

މެޓް އޮފީހުން މިއަދު ވިދާޅުވީ، މި ދުވަސްވަރު އިރުމަތިން ޖެހެމުންދާ ވައިގެ ސަބަބުން އުތުރާއި މެދު ރާއްޖެ ތެރޭގެ ވައި ނުސާފުވެ، ހަމަ ލޮލަށް ފެންނަ ދުރުމިން ވަރަށް ބޮޑަށް ދަށްވެފައިވާ ކަަމަށެވެ.

އެގޮތުން ސާފު ދުވަހެއްގައި 10 ކިލޯމީޓަރަށް ވުރެ ދުރު ފެނުނު ނަމަވެސް، ވޭތުވެދިޔަ 24 ގަޑިއިރު، ހާއްސަކޮށް މެދު ރާއްޖެތެރޭގެ ސަރަހައްދަށް މި މިންވަރު ފަސް ކިލޯމީޓަރަށް ދަށްވެފައިވާ ކަމަށް މެޓް އޮފީހުން ހާމަކުރެއެވެ.

މެޓް އިން ވިދާޅުވީ ދުރު ފެންނަ ނިސްބަތް ބަދަލުވުމުގައި ވައިގެ މިސްރާބާއި ބާރުމިން އަދި ވިއްސާރަވުންވެސް މުހިއްމު ދައުރެއް އަދާ ކުރާ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!