ރަސްމީ ޖަލްސާތަކުގައި ޤުރުއާން ކިޔަވާދޭ މީހުންގެ ދަފްތަރެއް އެކުލަވާލަނީ

ރަސްމީ ޖަލްސާތަކުގައު ޤުރުއާން ކިޔަވާދޭނެ ފަރާތްތަކުގެ ރަސްމީ ދަފްތަކެއް އެކުލަވާލުމަށް ނިންމާ، ޖަލްސާތަކުގައި ތަޖުވީދުމަގުން ރީތިކޮށް ގުރުއާން ކިޔެވުމަށް ޝައުގުވެރިވާ މީހުން ހޯދުމަށް ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން އިއުލާން ކޮށްފިއެވެ.
ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ކުރި އިއުލާނެއްގައި ވިދާޅުވެފައިވަނީ ޖަލްސާތަކުގައި ތަޖުވީދުމަގުން ރީތިކޮށް ޤުރްއާން ކިޔެވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.
އެގޮތުން މިކަމަށް އެދޭ ފޯމު ފުރުއްވުމަށްފަހު އެ މަރުކަޒަށް ހުށަހެޅުމަށް ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ވަނީ އެދިފައެވެ. މިކަމަށް އެދި ހުށަހަޅާ ފޯމު އެ މަރުކަޒުގެ ވެބްސައިޓުން ލިބޭނެކަމަށް ވިދާޅުވެފައިވެއެވެ.