Tuesday, 3 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ސިހުރުވެރިންގެ އެހީ ނުހޯދަން އިލްތިމާސްކޮށްފި

ސިހުރުވެރިންގެ އެހީ ނުހޯދަން އިލްތިމާސްކޮށްފި

ސިހުރުވެރިންގެ އެހީތެރިކަން ނުހޯދަން ފިގުހު އެކަޑަމީން އިލްތިމާސްކޮށްފިއެވެ.

ފިގްހު އެކަޑަމީން، ނެރުނު އިއުލާނެއްގައި ބުނީ، މި ފަހަކަށް އައިސް ދިވެހިރާއްޖޭގެ ބައެއް ހަބަރުފަތުރާ ވަސީލަތްތައް މެދުވެރިކޮށް ސިހުރު ހެދުމަށް ހިތްވަރު ލިބޭ ގޮތަށް ބަޔަކު މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

އަދި އިސްލާމްދީނުގެ ސާފު ތެދުމަގުން އެއްކިބާވެ މަގުފުރެދިގެން ހިނގައިދާނެކަމަކަށް ވާތީ އެފަދަ ތަކެތި ދިވެހިރާއްޖޭގެ ހަބަރު ފަތުރާ ވަސީލަތްތަކުން ނުފޮނުވުމަށް އިސްލާމީ ފިގްހު އެކަޑަމީން އިލްތިމާސްކުރާ ކަމަށް ވެސް ބުނެފައިވެއެެވެ.

Advertisement
Ooredoo — Square (box)

އެފަދަ މީހުންގެ ގާތަށް ގޮސް ހުއްދަ ރުގްޔާގެ ނަމުގައި ފަނޑިތައިގެ އެހީ ލިބިގަތުމަކީ ހަރާމް ކަމަކަށް ވާތީ އެފަދަ މީހުންގެ ގާތަށް ނުދިއުމަށް ފިގްހު އެކަޑަމީއިން އިލްތިމާސްކުރެއެވެ.

ފަހަކަށް އައިސް ފަންޑިތަ އާއި ރުގުޔާ ނަމުގައި ސިހުރު ހަދާ މީހުންގެ މައްސަލަ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް