Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ވިލިނގިލިން ނިޔާވި ކުއްޖާގެ މައްސަލަ މަޖިލީހަށް

ވިލިނގިލިން ނިޔާވި ކުއްޖާގެ މައްސަލަ މަޖިލީހަށް

ގއ. ވިލިނގިލިން ހާލު ދެރަވެގެން މާލެ ނުގެނެވި ލަސްވި ކުޑަ ކުއްޖާ ނިޔާވި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވެއްޖެއެވެ.

އުމުރުން 13 އަހަރުގެ އެ ކުއްޖާ ނިޔާވެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި އައިޖީއެމްއެޗް ހޮސްޕިޓަލަށެވެ. އެ ކުއްޖާގެ ހާލު ދެރަވެގެން މާލެ ގެންދަން ޑޮކްޓަރުން ލަފާދިން ނަމަވެސް ފުރުމުގެ އިންތިޒާމްތައް ހަމަނުޖެހިގެން އެ ކުއްޖާ މާލެ ގެނެވުނީ 16 ގަޑިއިރު ފަހުންނެވެ. އެ ކުއްޖާ އިތުރު ފަރުވާ އަށް މާލެ ގެނައުން ލަސްވީ ޗާޓަރު ފްލައިޓެއް ހަމަނުޖެހި ލަސްވުމުންނެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައުދު ވިދާޅުވީ މިއަދު ފެންނަމުން ދަނީ އިންޑިއާ އައުޓްގެ ނަމުގައި ގައުމުގައި ހިންގި ދޮގާއި އޮލުވާލުމުގެ ޝިކާރަޔަކަށް ދިވެހި ރައްޔިތުން ވަމުންދާތަން ކަމަށެވެ. ރައްޔިތުންނަށް ކޮންމެ ފަދަ ނިކަމެތި ހާލަތެއް ދިމާވިޔަސް ވަރިހަމަކޮށްލާފައި އަދި ރައްޔިތުންނަށް އިހުމާލު ވަމުންދާކަން ފާހަގަވާ ކަމަށާއި މިއީ ދޫކޮއްލައިގެން ތިބެވޭ ވަރަށް ވުރެ ސީރިއަސް މައްސަލައެއް ކަމަށް ސައުދު ވިދާޅުވި އެވެ.

Advertisement
Ooredoo — Square (box)

ސައުދު ވަނީ ގައުމުގައި ލިބެންހުރި ވަސީލަތެެއް ބޭނުންނުކޮށް ވިލިނގިލީގެ ޒުވާން ދަރިއަކު އަވަސް ފަރުވާއަށް މާލެ ނުގެނެވި ލަސްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި މިފަދަ ހާދިސާތައް ތަކުރާރު ވިޔަ ނުދިނުމަށް މި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބެލުމަށް ހުށަހަޅާނެ ކަމަށްވެސް ވިދާޅުވި އެވެ. މިއަދަކީ މިއީ ވިލިނގިލީ ރައްޔިތުންނަށް ހިތްދަތި ދުވަހެއް ކަމަށްވެސް ސައުދު ވިދާޅުވި އެވެ.

އެ ކުއްޖާ މާލެ ގެނައުން ލަސްވާތީ ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލު ކައިރީ މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުން ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް