ޚަބަރު

ސިޔާސީ މަޤާމުތަކުގެ އަދަދު 500އަށް ވެސް ނާރާ, މީހުން ނަގަކީ ކުރަންހުރި ކަންކަން ގިނަ ވީމަ: އަބްދުއްރަހީމް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވާހަކަފުޅު ދައްކަވަނީ.. ދެން އިމޭޖްސް

މި ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިބި މީހުންގެ އަދަދު 500އަށް ވެސް ނާރާ ކަމަށް ކޮންގްރެސް ޕާޓީގެ ޗެއަރމަން އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އަބްދުއްރަހީމް މިހެން ވިދާޅުވީ, އިދިކޮޅުގައި މިވަގުތު އޮތް ޑިމޮކްރެޓްސްއާއި އެމްޑީޕީ ގުޅިގެން ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ކެޕެއް އެޅުވުމަށް ޤާނޫނު ބަދަލު ކުރުމުގެ މަސައްކަތް ފަށާފައިވަނިށެވެ.

ކޮންގްރެސް ޕާޓީގެ ޕްރައިމަރީގެ އަދާހަމަ ހިއްސާ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ, މި ސަރުކާރުގައި ސިޔާސީ މަޤާމުތައް ގިނަ ނޫން ކަމަށެވެ. އެގޮތުން މިހާތަނަށް ސިިޔާސީ މަޤާމުތަކަށް އައްޔަން ކުރެވިފައިވާ މީހުންގެ އަދަދު 500އަށް. ވެސް ނާރާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

މި ސަރުކާރާ ރައީސް ޑރ. މުޢިއްޒު ހަވާލުވެ ވަޑައިގަތުމަށް ފަހު ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ވިދާޅުވެފައިވަނީ ސަރުކާރުގެ ސިޔާސީ މަޤާމުތަކުގެ އަދަދު 700އަށްވުރެ އިތުރު ނުކުރައްވާނެ ކަމަށެވެ.

އެމްޑީޕީއަށް ރައްދު ދެއްވަމުން އަބްދުއްރަހީމް މިއަދު ވިދާޅުވީ, އެމްޑީޕީ ސަރުކާރުގައި ސިޔާސީ މަޤާމުތަކުގެ އަދަދު އުޅެނީ 1400 ކަމަށެވެ. ސުޕަމެޖޯރިޓީއާއި ވެރިކަން އޮވެ, ކުރީ ސަރުކާރުން ސިޔާސީ މަޤާމުތަކުގައި ކެޕް ނޭޅުވީ ކީއްވެތޯ އަބްދުއްރަހީމް ވަނީ ސުވާލު އުފައްދަވާފައެވެ.

އަބްދުއްރަހީމްގެ ވާހަކަފުޅުގައި އިތުރަށް ވިދުވީ, މި ސަރުކާރުން ސިޔާސީ މަޤާމުތަކަށް މީހުން ނަގަނީ "އެ މީހުން އުޅޭނެހާ ތަނެއް އުޅެން ދޫކޮށްލަން" ނޫން ކަމަށެވެ. އަދި ސިޔާސީ މަޤާމުތަކުގައި ތިބި މީހުން ބޭކާރު ކަންކަމުގައި ވަގުތު ހޭދަކުރަން ފުރުސަތު ނޯންނާނެ ކަމަށާއި ރައީސް ޑރ. މުޢިއްޒުގެ ސިޔާސަތުތައް ތަންފީޒް ކުރަން އެ ބޭފުޅުން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ, މި ސަރުކާރަކީ ކަންކުރަން އައި ސަރުކާރެއް ކަމަށާއި ކަން ކުރެވޭނީ އެކަށީގެންވާ ޤާބިލް ޓީމަކާއެކުގައި ކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި ވެސް ސިޔާސީ މަޤާމުތައް އިތުރުވާނެ ކަމަށް ވިދާޅުވިއެވެ.

"ރަސްމާލެ ޕްރޮޖެކްޓު ފަދަ ބައިވަރު ޕްރޮޖެކްޓުތައް އެބަހުރި. އެކަންކަން ކުރެވެން ހުރީ އެކަށީގެންވާ ގާބިލު ޓީމެއް އޮވެގެން. އެހެންވީމަ މީހުން އައްޔަންކުރުން އަދިވެސް ކުރިއަށްދާނެ." އަބްދުއްރަހީމް ވިދާޅުވިއެވެ.

Ads by HDC
  1. ާއަލީ

    ދެން އެމަސައްކަތް ކުރެވެ ފެންވަރު މީހުން ލާނަމަ މަގާމުތަކަށް ކުފޫ ހަމަ ނުވާ މީހުންލާތީތާ މައްސަލަ އަކި